އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުލުހުން އެދޭތީ މީހަކު ބަންދުގައި ބެހެއްޓޭނެ އެންމެ ގިނަ ދުވަހު ޝައިޚް އާދަމް ނިޝާން ބަންދުގަ ބެހެއްޓި!

ފުލުހުން އެދޭތީ މީހަކު ބަންދުގައި ބެހެއްޓޭނެ އެންމެ ގިނަ ދުވަހު ޝައިޚް އާދަމް ނިޝާން ބަންދުގަ ބެހެއްޓި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 0 ސިކުންތު

ޓެރަރިޒަމް މަނާކުރާ ޤާނޫނުގެދަށުން ތަޙްޤީޤަށް ބޭނުންވާ ކަމަށްބުނެ ފުލުހުން އެދޭތީ މީހަކު ބަންދުގައި ބެހެއްޓޭނެ އެންމެ ގިނަ ދުވަހު ޝައިޚް އާދަމް ނިޝާން ބަންދުގަ ބެހެއްޓިއެވެ. ކޯޓުން އެކަންކޮށްދިނެވެ. މިއަދުގެ ބާއްވަން އޮތް ޝަރީޢަތުގެ މަޖިލިސްވެސް އެތައް ގަޑިއިރެއް ނުފަށައި ލަސްކުރީ ހަމަ "ގޭސްގަނޑު އަނބުރައި ހިލަން އުޅުނު މެޓާގަނޑު ހަރުކޮށްލެވޭނެ ގޮތެއް ފެނޭތޯ" ކަމަށް ބެލެވެއެވެ. 

ނަމަވެސް ﷲ އިރާދަކުރެއްވެވީ "ހިލަމުން އައި މެޓާގަނޑު ހަރުނުވެ ދިޔާވުމަށެވެ." އެހެންކަމުން މިއަދު ޝައިޚް އެވަނީ މިނިވަންވެފައެވެ. ޔަޤީންކުރަންވީ ޝިރުކު ފެތުރުމާ ދެކޮޅަށް މަސައްކަތްކުރާ ޝައިޚުންގެ ދުވަސްދުއްވާލަން މިސަރުކާރުން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ ކަމެވެ. ފައްޅިއަޅަންފަސާދުވަހު އެކަމާ ދެކޮޅަށް ބަހެ ބުނެލަންކެރޭ ހަމައެކަކު ޤަުމުގައި ނުހުންނާނެވަރުކުރާނެ ކަމެވެ. 

ޝައިޚް ޢާދަމް ނިޝާން ބަންދުން ސަލާމަތްވުމަކީ ރާއްޖޭގެ މުސްލިމުންނަށް ލިބުނު ވަރަށް ބޮޑު ނަޞްރެކެވެ. ފުލުހުން އެދުނު ގޮތަށް ޕީޖީއިން ކަންކަންކޮށްދީ މުއްދަތު އިތުރުކުރަން ފުރުޞަތުދިންނަމަ ޝައިޚަށް ޖެހިވަޑައިގަތީހީ އުމުރު ޖަލުގައި ހޭދަކުރައްވާށެވެ! ބުނާ ކަހަލަ އެވެ. "ﷲ ތަޢާލާގެ ދީނުގެ ހިމާޔަތުގަ ނުކުމެނަމަ ހަދައިލާނީ ހަމަމިހެންނެވެ!"

ޔާ ﷲ! އިސްލާމް ދީން ނޫން އެހެން ދީންތައް ރާއްޖެ ގެންނަން މަސައްކަތްކުރާ އެންމެން ބަލިކަށިކުރައްވަވާނދޭވެ! އޮޅުވާލުމުގެ ތެރެއިން ޝިރުކުރުކުރުން ފަތުރަން މަސައްކަތްކުރާ އެންމެން ނިކަމެތި ކުރައްވަވައި އެއެންމެންގެ ބާރު ދިވެހި ބައްރުން ނެތިކުރައްވަވާނދޭވެ! ޢާމީން

 

ގުޅުންހުރި ލިޔުން:  

ޝައިޚް އާދަމް ނިޝާން ގެ ބަންދާމެދު ގޮތެއްނިންމުމަށް ބާއްވާ މުއްދަތު މަޖިލިސް މާދަމާ ހެމދުނު 9 ޖަހާއިރު ބާއްވަން ހަމަޖެހިއްޖެ!

ޢަބްދުއްލަޠީފް 

"ޝައިޚް އާދަމް ނިޝާން ގެ ބަންދާމެދު ގޮތެއްނިންމުމަށް ބާއްވާ މުއްދަތު މަޖިލިސް މާދަމާ ( 07 އޮގަސްޓް 2022 ދުވަހު) ހެނދުނު 09:00 ގައި ކްރިމިނަލް ކޯޓުގައި އޮންނާނެ ކަމަށް ފުލުހުން ގެ ފަރާތުން އަންގައިފި.

އިންޝާﷲ މާދަމާ ޝައިޚް ދޫކޮށްލާނެ ކަމުގެ އުއްމީދު ކުރަން.

حسبناالله ونعم الوكيل"

- ޝައިޚް އާދަމް ނިޝާންގެ ޤާނޫނީ ވަކީލު.

ގުޅުންހުރި ލިޔުން: 

ޝައިޚް އާދަމް ނިޝާނަށް މިހާރު ޖަހާފައެވަނީ ޕީޖީގެ އަމުރެއް ނެތި ޤާނޫނުން ޖެހޭނެ އެންމެ ދިގު މުއްދަތު! ޕީޖީގެ ހުއްދަ ހޯދަން ފުލުހުން ދަނީ މަސައްކަތްކުރަމުން! 

ޢަވްދުއްލަޠީފް 

ސަރުކާރުން ބައިވެރިވެގެން ރާއްޖޭގައި ޝިރުކުފަތުރަން މަސައްކަތްކުރުމާއި ދެކޮޅަށް ވާހަކަފުޅު ދެއްކެވި ޝައިޚް އާދަމް ނިޝާންގެ ބަންދަށް މިހާރު ކްރިމިނަލް ކޯޓުން ޖަހާދީފައިވަނީ ޕީޖީގެ ޚާއްޞަ އަމުރެއް ނެތި ކޯޓަށް ޖަހައިދެވޭނެ އެންމެ ދިގު މުއްދަތެވެ. 

ފުލުހުން ޙަވާލާދޭ ޓެރަރިޒަމްގެ ޤާނޫނުގެ 26 ވަނަ މާއްދާގައިބުނާގޮތުން ބަންދުގެ މުއްދަތަކަށް ޖަހައިދެވޭނީ ގިނަވެގެން 45 ދުވަހެވެ. ވީމާ ޝައިޚް އާދަމް ނިޝާން ބަންދުކުރިތާ 45 ދުވަސް އަންނަ އާދީއްތަ ދުވަހަށް ހަމަވާނެއެވެ! 

ފުލުހުން މިއަދު ކޯޓުގައި އިތުރު 16 ދުވަސް ޖަހައިދިނުމަށެވެ. ނަމަވެސް ޤާޟީ 3 ދުވަސް ޖެއްސެވީ 45 ދުވަހުން ދެން ބާކީ އޮތީ 3 ދުވަސްކަމަށްވާތީއެވެ. މިއަދުވެސް އިތުރު ހެއްކެއް ފުލުހުންނަކަށް ނުދެއްކެއެވެ. ދެއްކީ ހަމަ ކުރީ 3 ދުވަހުވެސް ދެއްކި ހެކިތަކެވެ. 

ޓެރިޒަމަށް ހިތްވަރުދެއްވައި ޝައިޚް އާދަމް ނިޝާން ދެއްކެވި އެއްވެސް ވާހަކަފުޅެއް ފުލުހުންނަކަށް ކޯޓުގައި ބުނެދެވިފައެއް ނުވެއެވެ. ފުލުހުން ބަލަނީ ޤުރްއާނުގެ އާޔަތާއި ޙަދީޘް މީހުންނަށް ވިދާޅުވެދެއްވުމަކީ ޓެރަރިޒަމަށް ހިތްވަރުދެއްކުން ކަމަށެވެ. ޝައިޚް ވިދާޅުވަނީ ޝައިޚް ވިދާޅުވީ ސައުދީގެ ޢިލްމުވެރިންގެ މަޖިލީހުންނާއި މެލޭސިޔާގެ ޢިލްމުވެރިންގެ މަޖިލީހުން ފާސްކޮށްފައިވާ ކަންކަން ކަމަށެވެ. 

- މަޢުލޫމާތު: އަޙްމަދު ޞިއްދީޤް ؟ ޤާނޫނީ ވަކީލް 

ތިރީގައި އެވަނީ އަޙްމަދު ޞިއްދީޤް އޭނާގެ ފޭސްބުކްގައި ލިޔުއްޔާފައިވާ ޕޯސްޓެކެވެ. 

ޝައިޚް އާދަމް ނިޝާން ގެ ބަންދަށް ކްރިމިނަލް ކޯޓުން 5 ވަނަ ފަހަރަށް މުއްދަތު ޖަހައިފި.

ޝައިޚް އާދަމް ނިޝާންގެ ބަންދަށް ޤާޟީ މިޞްބާޙް އިތުރު ކުރެއްވީ 3 ދުވަސް.

ޓެރަރިޒަމްގެ ޤާނޫނުގެ 26 ވަނަ މާއްދާގެ ދަށުން މުއްދަތު އިތުރުކުރުމަށް އެދޭނަމަ ، ޤާނޫނު ބުނާގޮތުން 45 ދުވަހުގެ ތެރޭ ތަޙްޤީޤު ނިންމައި ޕީޖީއަށް މައްސަލަ ފޮނުވަން ތަޙްޤީޤީ އިދާރާއަށްޖެހޭ.

ޝައިޚް އާދަމް ނިޝާންގެ މުއްދަތު އިތުތުކުރުމަށް ފުުހުން އެދިފައިވަނީ ޓެރަރިރަމް މަނާ ކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ލ) ގެ ދަށުން. އެހެންކަމުން ގިނަވެގެން 45 ދުވަހުގެ ތެރޭ ޝައިޚަށް ކުރާ ތުހުމަތުގެ މައްސަލަ ތަޙްޤީޤުކޮށް ޕީޖީއަށް ހުށަހެޅުމަކީ ތަޙްޤީޤީ އިދާރާއަށް ލާޒިމް ވާކަމެއް. އެއަށް ވުރެން ގިނަދުވަސް ތަޙްޤީޤަށް ބޭޏުންވާނަމަ ފުލުހުން ޖެހޭނީ ޕީޖީގެ ފަރާތުން އެދިގެން ތަޙްޤީގަށް މުއްދަތު އިތުރު ކުރަން ކަމަށް ޤާނޫނުގައި ބަޔާން ވެފައިވެއެވެ. 

އެފަދަ އެދުމެއް ފުލުހުން ޕީޖީގަ އެދިފައިވާ ކަމަށް ބުނި ނަމަވެސް ލިޔުމެއް ލިބިފައި ނެތެވެ.

އަދި މި މައްސަލާގަ ފުލުހުން އާހެއްކެއް ހުށަހަޅާފަވެސް ނެތެވެ. 

* ޔޯޤާ ގެ ޝިރުކުގެ ހަރަކާތް އޮތީ 21 ޖޫން 2022 ގަ ގަލޮޅު ދަނޑުގަ

* ޞުލަޙަވެރި އަޑުއުފުލުން އޮތީ 21 ޖޫން ދުވަހުގެ ހެނދުުނު ފަތިސްނަމާދަށް ގަހު.

ޝައިޚް އާދަމް ނިޝާން:- 

- ކޯޓުއަމުރެއްގެ ދަށުން ފުލުހުން ހައްޔަރު ކުރީ 22 ޖޫން 22 ދުވަހުގެ ރޭ 

19:53 ގައި މަގުމަތިން، ތުއްތު ދަރިފުޅާއެކު ނަމާދަށް ވަޑައިގަންނަވަނިކޮށް.

- ފުރަތަމަ މުއްދަތު ޖެހީ 23 ޖޫން 2022 ގަ 7 ދުވަހަށް.

- ދެވަނަ މުއްދަތު ޖެހީ 30 ޖޫން 2022 ގަ 3 ދުވަހަށް.

- ތިނަވަނަ މުއްދަތު ޖެހީ 03 ޖުލައި 2022 ގަ 16 ދުވަހަށް.

- ހަތަރުވަނަ ފަހަރަށް މުއްދަތުޖެހީ 19 ޖުލައި 2022 ގަ 16 ދުވަހަށް.

- ފަސްވަނަ ފަހަރަށް މުްދަތު ޖެހީ 04 އޮގަސްޓް 2022 ގަ 3 ދުވަހަށް.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް