އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ކޮވިޑް" ހުއްޓުވަން" ރަނގަޅު ނިޔަތުގަ ވެސް ބޭނުންކުރަންޖެހޭނީ ޞައްޙަ ޢަޤީދާ އާ ފުށުނާރާ ޢިބާރާތެވެ!: ޝައިޚް އާދަމް ނިޝާން

"ކޮވިޑް" ހުއްޓުވަން" ރަނގަޅު ނިޔަތުގަ ވެސް ބޭނުންކުރަންޖެހޭނީ ޞައްޙަ ޢަޤީދާ އާ ފުށުނާރާ ޢިބާރާތެވެ!: ޝައިޚް އާދަމް ނިޝާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

"ކޮވިޑް19 ހުއްޓުވާނީ އަހަރުމެން"،މިއީ ކޮވިޑް19 ފެތުރުން ހުއްޓުމަށްޓަކައި ނުވަތަ ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށްޓަކައި، ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާ އަދާކުރުމަށް ބާރުއަޅާ މީޑިޔާތަކުން ކުރިއަށް ގެންދާ ރަނގަޅު ކެމްޕެއިނެއް ކަމާއިމެދަކު ދެކޮޅެއް ނުހަދަމަވެ. 

އެހެންނަމަވެސް މިކެމްޕެއިނަށް ދެވިފައިމިވާ ނަމަކީ ނިޔަތުގައި ރަނގަޅު ނަމަވެސް މުސްލިމުންގެ ޢަޤީދާގައި މިގޮތަށް ބޭނުންކުރުން ރަނގަޅު ނަމެއް ނޫނެވެ.

އެހެނީ ބަލިމަޑުކަން ޖައްސަވާ އަދި ފިއްލަވާ ނައްތަވާ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާ ކަމަށް ވީހިނދު މިފަދަ ޢިބާރާތެއް ބޭނުންކުރުމުން، މިޚާއްޞިއްޔަތާއި އިންސާނުންނަށް ލިބިގެންވާކަމަށް ދޭހަވާތީއެވެ.

الله ތަޢާލާ ވަޙީކިރައްވާފައިވެއެވެ:

(وَإِن يَمۡسَسۡكَ ٱللَّهُ بِضُرّٖ فَلَا كَاشِفَ لَهُۥٓ إِلَّا هُوَۖ وَإِن يُرِدۡكَ بِخَيۡرٖ فَلَا رَآدَّ لِفَضۡلِهِۦۚ يُصِيبُ بِهِۦ مَن يَشَآءُ مِنۡ عِبَادِهِۦۚ وَهُوَ ٱلۡغَفُورُ ٱلرَّحِيمُ) سورة يونس، آية ١٠٧

"އަދި اللَّه ތިބާއަށް ގެއްލުމެއް މެދުވެރިކުރައްވާނަމަ، އެކަލާނގެ މެނުވީ، އެކަން ފިއްލަވާނޭ އެހެންފަރާތެއް ނުވެއެވެ. އަދި އެކަލާނގެ ކަލޭގެފާނަށް ހެޔޮކަމަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ فضل ވަންތަކަން އަނބުރާ ރައްދުކުރެވޭނެ ފަރާތެއް ނުވެތެވެ. އެ فضل ވަންތަކަން އެކަލާނގެ ދެއްވަނީ، އެކަލާނގެ އަޅުންގެ ތެރެއިން، އެކަލާނގެ އިރާދަކުރެއްވި މީހަކަށެވެ. އަދި އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ."

އަދި ރަސޫލް (ޞޢވ)ގެ ޒަމާނުގައި ވެސް ރަނގަޅު ނިޔަތުގައިވެސް މާނަ ފުށޫއަރާ ޢިބާރާތް ބޭނުން ކުރުންވަނީ ނަހީކުރައްވަވައިފައެވެ. 

އެހެންކަމުން ބޭނުންކުރުން ރަނގަޅު ގޮތަކީ، "ކޮވިޑް19 ހުއްޓުވުމަށް އަހަރެމެން މަސައްކަތް ކުރާނަމެވެ، إن شاء الله"، ނުވަތަ މިގޮތަށް މިފަދަ ޢިބާރާތެކެވެ.

والله أعلم

- ޝައިޚް އާދަމް ނިޝާން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް