އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އީވާ އެވަނީ ފާޅުގަ ﷲ ގެ ވަޙީ ބަސްފުޅު ދޮގުކޮށް އިންކާރުކޮށް، ﷲ ގެ ވަޙީ މުޑުދާރު ކަމަށް ބުނެ އިންކާރުކޮށްފަ!: ޝައިޚް އާދަމް ނިޝާން

އީވާ އެވަނީ ފާޅުގަ ﷲ ގެ ވަޙީ ބަސްފުޅު ދޮގުކޮށް އިންކާރުކޮށް، ﷲ ގެ ވަޙީ މުޑުދާރު ކަމަށް ބުނެ އިންކާރުކޮށްފަ!: ޝައިޚް އާދަމް ނިޝާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

ﷲ ތަޢާލާ ވަޙީކުރައްވަަފައިވަނީ:

(يَٰٓأَيُّهَا ٱلنَّبِيُّ قُل لِّأَزۡوَٰجِكَ وَبَنَاتِكَ وَنِسَآءِ ٱلۡمُؤۡمِنِينَ يُدۡنِينَ عَلَيۡهِنَّ مِن جَلَٰبِيبِهِنَّۚ ذَٰلِكَ أَدۡنَىٰٓ أَن يُعۡرَفۡنَ فَلَا يُؤۡذَيۡنَۗ وَكَانَ ٱللَّهُ غَفُورٗا رَّحِيمٗا) سورة الأحزاب:59

"އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، މުއުމިނު އަންހެންކަނބަލުންނަށް، އެކަނބަލުންގެ ޖިލްބާބުތަކުން (ފޭރާންތަކުން) ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެއީ އެކަނބަލުންނަކީ މިނިވަން މުއުމިނު އަންހެން ކަނބަލުންކަން އެނގިގެން ވުމަށާއި، އަދި އެކަނބަލުންނަށް (ފާސިގުންގެ ފަރާތުން) ގޯނާއާއި އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑުވެގެންވާތީއެވެ."

އީވާ މިވަނީ ފާޅުގައި ﷲ ތަޢާލާގެ މިވަޙީ ބަސްފުޅު ދޮގުކޮށް އިންކާރުކޮށް، މިއާޔަތުގައި މިވާ ﷲ ތަޢާލާގެ ވަޙީ ބަސްފުޅަކީ މުޑުދާރު ބަސްފުޅެއް ކަމަށް ބުނެ، ﷲ ގެ ޙުކުމްފުޅުކަމުގައިވާ ޢައުރަ ނިވާކޮށް ޙިޖާބުވުމުގެ އާޔަތަށާއި ޙުކުމްފުޅަށް ފާޅުގައި ކާފަރުވެ އިންކާރުކޮށް ފުރައްސާރަކޮށްފައެވެ. 

މިއީ ދީނީގޮތުން އެންމެ ބޮޑު އެއްފާފައަށްވުމުގެ އިތުރަށް، މިރާއްޖޭގައި ހެދިފައި އޮތް ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރާ ޤާނޫނުގެ ދަށުންވެސް ބޮޑު ކުށެކެވެ! އެހެންކަމުން މިފަދަ ފަރާތްތަކާއިމެދު ވަޤުތުން ފިޔަވަޅު އެޅުމަކީ ޤާނޫނު ނެގެހެއްޓުމުގެ ޒިންމާ ބޮލުގައި އެޅިފައިވާ ކޮންމެ ފަރާތެއްގެވެސް ޒިންމާއެކެވެ!

އީވާޔަކަސް ޝަހިންދާޔަކަސް ޝާދިޔާއަކަސް އަދި އެނޫން ލާދީނީ ކޮންމެ މީހަކަށް ވިޔަސް، މިއިސްލާމީ ދީބުގައި؛ ބަރަހަނާވެ އޮރިޔާންވެ، ބަނގުރާބޮއެ މަސްތުވެ، ޒިނޭކޮށް އެއްޖިންސުން ގުޅުން ހިންގުން ހުއްދަކޮށް، ތިމާމެން ބޭނުންހާ ގޮތަކަށް ބިރަކާނުލާ މަޖާކުރަން ވަކާލާތުކޮށް، ﷲ ގެ ވަޙީ ބަސްފުޅު ދޮގުކޮށް އިންކާރުކޮށް އެއީ "މުޑުދާރު" އެއްޗެކޭ ބުނުމުގެ ޙައްޤެއް ނޯންނާނެއެވެ! 

އަންހެނުން ޖިލްބާބު ލައި، ޙިޖާބްވެ، ޢައުރަ ނިވާކުރުމަށް އަންގައި އަދި އެއީ ޖިންސީ ގޯނާތަކުން ރައްކާތެރިވާނެ ކަމެއްކަމަށް ބުނުމަކީ އެއީ ޑރ. ޢިޔާޟް ނުވަތަ އެއްވެސް ޝެއިޚެއްގެ ބަހެއް ނޫނެވެ. އެއީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅެއކެވެ! އެއިލާހުގެ ޙުކުމްފުޅެކެވެ! 

- الشيخ آدم نشان

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް