އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަންދުގަ ހުރީ ވަރަށް ދަތިޙާލުގަ! އެކަމަކު އަމިއްލަ ނަފްސަށާ ގިނަ ބައަކަށް ބޮޑެތި ފައިދާތެއް ކޮށްފި!: ޝައިޚް އާދަމް ނިޝާން

ބަންދުގަ ހުރީ ވަރަށް ދަތިޙާލުގަ! އެކަމަކު އަމިއްލަ ނަފްސަށާ ގިނަ ބައަކަށް ބޮޑެތި ފައިދާތެއް ކޮށްފި!: ޝައިޚް އާދަމް ނިޝާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

ބަންދުކޮށްގެން ދެރައެއް ނުވަމެވެ. ނަމަވެސް ބަންދުގައި ހުންނަން ޖެހުނީ ވަރަށް ދަތިޙާލުގައިކަމަށްވުމުން ތަކްލީފްތަކެއް އުފުލަންޖެހުނެވެ.  

ފުރަތަމަ ކަމަކީ ބަންދުގައި ބެހެއްޓި ގޮޅިއެވެ. އެއީ 25 ފޫޓު 16 ފޫޓުގެ ގޮޅިއެކެވެ. 3 ފަންކާ ހުންނަން ޖެހޭ ތަނެއްގައި ހުރީ އެންމެ ފަންކާއެކެވެ. ހޫނުގަދަކަމުން އިންތިހާއެވެ. 2 ވަނަ  ފަންކާ ހަރުކޮށްދިނީ އެތައް ވަރަކަށް ޝަކުވާކުރުމުން 25 ދުވަސްފަހުންނެވެ. މާލެގެނެސް ދޫކޮށްލިއިރުވެސް 3 ވަނަ ފަންކާއެއް ހަރެއް ނުކުރެއެވެ. ގޮޅީގައި ބޮތްކެއް ހަރުކޮށްދިނީވެސް ގޮޅިތެރެ އަނދިރިކަމުން ގޮޅީގައި ތިބި މީހުން ހަޅުތާލުކުރަންފެށީމައެވެ.   

ހަފްތާއަކު އެއްފަހަރު ޢާއިލީ ބައްދަލުވުން ލިބެންޖެހުނު ނަމަވެސް 46 ދުވަސް (7 ހަފްތާ) ތެރޭގައި ލިބުނީ 2 ބައްދަލުވުމެވެ.  

ލިބުނު އެންމެ ބޮޑު ފައިދާއަކީ ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވެލަން ރަނގަޅު ފުރުޞަތެއް ލިބުނު ކަމެވެ. ދެވަނަ ކަމަކީ ޔޯގާ ހެދުމަކީ ޝިރުކުގެ ޢަމަލެއްކަން މިހާރު ގިނަ ބައަކަށް އިތުރަށް ޔަޤީންވިކަމެވެ. ޔޯގާގެ ޙަޤީޤަތާއި އެކަމުގައި ހުރި ޙުކުމްތައް ކުރިން ނުއެނގޭ ގިނަ ބައަކަށް އެނގިގެންދިއަކަމެވެ. 

ބަންދުކުރުމުގެ ސަބަބުން ޢަޒުމަކަށް އެއްވެސް ބަދަލެއް ނައުދެއެވެ. ﷲ ގެ މަގުގައި ސާބިތުކަމާއިއެކު ކުރިއަށްދާން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރުންމަތީގައި ދެމިހުންނާނެއެވެ. މިއީ އެކަމަށް ލިބުނު އިތުރު ހިތްވަރެކެވެ.  އިން ޝާ ﷲ  

އެއްކަމެއް ވަރަށް ޚާއްޞަކޮށް ފާހަގަކޮށްލާނަމެވެ. އިސްވެރިންގެ ވިސްނުން ކޮންމެ ގޮތަކަށް ހުރިނަމަވެސް ބައްދަލުވި ހުރިހާ ފުލުހުންވެސް ވަރަށް އިޙްތިރާމްކުރިއެވެ. ޤަދަރުކުރިއެވެ. ހިތުގައި ޖެހޭފަދަ ބަހެއްވެސް ބުނެފައެއް ނުވެއެވެ. އަދި އެމީހުން ތިބީ އަޅުގަނޑުމެންނާއި އެކުގައިކަމަށްވެސް ބުނެފައިވެއެވެ.  

- ޝައިޚް އާދަމް ނިޝާން ޢަލީ / މިއަދުނޫހަށް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް