އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓްރައިބިޔުނަލުން ޙުކުމްކުރީމާވެސް ޑރ. އިޔާޟަށް ދޭންޖެހޭ ފައިސާ އަދިވެސް ނުދޭ! އެކަމަކު މިއަދު ވަޒީފާއަށް ނެރެފި!

ޓްރައިބިޔުނަލުން ޙުކުމްކުރީމާވެސް ޑރ. އިޔާޟަށް ދޭންޖެހޭ ފައިސާ އަދިވެސް ނުދޭ! އެކަމަކު މިއަދު ވަޒީފާއަށް ނެރެފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

އެމްއެންޔޫ ހިންގަން ލާފައި ތިބި އެމްޑީޕީ އެކްޓިވިސްޓުންގެ ނުފޫޒުގައި ވަޒީފާއިން ވަކިކުރި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ގެ މައްޗަށް ތުހުމަތުކުރި އެއްވެސްކަމެއް އެއީ ކުށަކަށް ނުވުމުން ވަޒީފާ އާއީ ބެހޭ ޓްރައިބިޔުނަލް އިން އަމުރުކޮށްފައިވީނަމަވެސް ޑރ. އިޔާޟަށް ދޭންޖެހޭ މުސާރައިން އަދި މިއަދާއި ހަމައަށް އެންމެ ރުފިޔާއެއްވެސް ދީފައެއް ނުވެއެވެ. 

ޑރ. އިޔާޟަށް ދޭންޖެހޭ ރުފިޔާކޮޅު ނުދީ ހިފަހައްޓަނީ އެއީ ވަރަށް ކުޑަކުޑަ ޢަދަދެއްގެ ފައިސާކޮޅެއް ކަމަށްވުމުންނާއި އެއީ ކޮންމެހެން ދޭންޖެހޭ ޙައްޤު ބަދަލަކަށްވުމުން ކަމަށް ބެލެވެއެވެ. ސަބަބަކީ ދުނިޔެއަށް އުފަންނުވާ ކަންކަމުންނާއި ކަނޑުގެ ލޮނުގަނޑުން ލޮނުރަހަލާނެކަން އިޝްތިހާރުކުރުން ފަދަ އިޝްތިހާރު ނުކުރިޔަސް އެންމެންނަށް އެނގޭ ކަންކަމާއި ގުޅުވައިގެން މިލިއަންތަކުން ބަދަލުދެމުންގެންދާތީއެވެ. 

ވަޒީފާ އާއި ބެހޭ ޓްރައިބިޔުނަލުން އެންގިގޮތަށް ދޭންޖެހޭ މުސާރަކޮޅު ނުދިންނަމަވެސް މިއަދު ވަނީ ޑރ. އިޔާޟް ވަޒީފާއަށް މަސައްކަތު ނެރެފައެވެ. އެއީ 1 އަހަރާ 1 މަސް ދުވަހު ވަޒީފާ އާއި ދުރުގައި ހުންނެވުމަށްފަހުގައެވެ. 

ދުޢާއަކީ ޑރ. އިޔާޟާއި އަދި އެހެންވެސް މިސަރުކާރުގެ އަނިޔާ ލިބެމުންދާ މުވައްޒިފުންނަށް ލިބެންޖެހޭ ޙައްޤު ބަދަލު އެއެންމެންނަށް މިންވަރުކުރެއްވެވުމެވެ!  

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް