އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިރިމީހާއަށް ކުށެއް "ކުރެވުމުން" މާފުކުރުމުން ހީވެސް ނުކުރާފަދަ އުފާވެރި ތަޖުރިބާކުރެވުނު އަންހެނެއްގެ އިޙްޞާޞްތައް-

ފިރިމީހާއަށް ކުށެއް "ކުރެވުމުން" މާފުކުރުމުން ހީވެސް ނުކުރާފަދަ އުފާވެރި ތަޖުރިބާކުރެވުނު އަންހެނެއްގެ އިޙްޞާޞްތައް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 30 ސިކުންތު

ކުށެއް ކުރެވުމާއި ކުށް ކުރުމާއި މިއީ ވަރަށް ތަފާތު ދެކަމެކެވެ. ކުށެއް ނުކުރެވޭނެ ހަމަ އެކަކުވެސް ނުހުންނާނެ ކަމަށް ބުނެވިދާނެއެވެ. އެއިގެ ބަދަލުގައި ކުށް ކުރުމަކީ މުޅިން ތަފާތު ކަމެކެވެ. ކުށެއް ކުރެވޭ މީހުންނަށް އެކަމެއް ކުރެވުމުން މިކުރެވުނީ ކުށެއްކަން ވިސްނި އެކަން އިޞްލާޙްކުރާނެއެވެ. އަދި ތަކުރާރެއްވެސް ނުކުރާނެއެވެ. އަދި މާފަށްވެސް އެދޭނެއެވެ.  

އެއިގެ ބަދަލުގައި ކުށްކުރާ މީހުން އެމީހުންނަށް ކުރެވޭ ކުށް އެއީ ކުށެއް ކަމަކަށް ޤަބޫލެއް ނުކުރާނެއެވެ. މާފަކަށްވެސް ނުއެދޭނެއެވެ. މަސައްކަތްކުރާނީ އަނެކާއަށް ކޮންމެވެސް ޒަމާނެއްގައި ކުރެވިފައި އޮތް ކަމަކާއި އަޅުވައި އޭނާ ޢަމަލުކުރީ އިންޞާފުންކަން ހާމަކުރާށެވެ. އެފަދަ މީހުން އިޞްލާޙްވުމަކީ ވަރަށް ނާދިރު ކަމެކެވެ.  

މިއީ ޚިޔާލުތަފާތުވުން އޮތް މައްސަލައެކެވެ. ދެކޮޅަށްވެސް ބަހުސްކުރެވެން އޮތް މައްސަލައެކެވެ. އެހެންކަމުން މިފަހަރު މިގެނެސްދެނީ ފިރިމީހާއަށް ކުށެއް ކުރެވުމުން އޭނާއަށް މާފުކުރި އަންހެނަކަށް ކުރެވިފައިވާ އުފާވެރި ތަޖުރިބާތަކެވެ.  

ވިދާޅުވާށެވެ!:  

ދުނިޔޭގައި ތިބި އެންމެންނަކީވެސް ކުށްކުރެވޭނެ މީހުން ކަމަށްވާއިރު ކިތަންމެ ރަނގަޅު މީހަކަށްވެސް ކުށެއް ކުރެވިދާނެވެސް އިރު ކައިވެނި ކުރީ އެކަމަށް ވަރަށް ބޮޑަށް ވިސްނައިގެން ހުރެއެވެ. އެކަން އަހަރެން ބޭއްވީ އަހަރެންގެ ކައިވެނީގެ ބޮޑު ސިއްރުގެ ގޮތުގައެވެ. އެވާހަކަ އެއްގޮތަކަށްވެސް ފިރިމީހާ ގާތަކު ނުދައްކަމެވެ.  

އަހަރެން މިކިޔައިދޭ ވާހަކައަށް ސަމާލުކަން ދީގެން ވިސްނާށެވެ.  

ކިތަންމެ ލޯބިން ދިރިއުޅޭ ދެމަފިރިންގެ ތެރެއިން މީހަކަށްވެސް ކުށެއް ކުރެވިދާނެކަމާ އެކުށަށް މާފުކުރުމުން ކުރާ ފައިދާ އިންތިހާއަށް ބޮޑުކަން އަހަރެން މިހިރީ ވަރަށް ރަނގަޅަށް ތަޖުރިބާކޮށްގެންނެވެ. ފަށަމުން ބުނި ބޮޑު ސިއްރަކީ އެއީއެވެ. ފިރިމީހާއަށް ކުށެއް ކުރެވިއްޖެ ނަމަ މާފުކުރަން ނިންމާފައި އޮތް އޮތުމެވެ. އެކަން ފިރިމީހާ އާއި ކުރިން ހިއްޞާ ނުކުރީ އެއިރުން މާއަވަހަށް ކުށްކުރާނެތީއެވެ.  

ކޮންމެއަކަސް އަހަރެންގެ ފިރިމީހާ އަހަރެންނަށް ވަރަށް ބޮޑު ކުށެއް ކުރިއެވެ. ނުވަތަ ކުރެވުނެވެ. ފިރިމީހާ ބުނީ ކުރެވުނީ ކަމަށެވެ. އަހަރެން އެކަން ފިރިމީހާ ބުނި ގޮތަށް ޤަބޫލުކުރީމެވެ. އެނާއަށް މާފުވެސް ކުރީމެވެ. އަނެއްކާވެސް މިޖެހެނީ ކުޑަކޮށް ކުރިއަށް ޖެހިލާށެވެ. އެއީ މާފުކުރަން އެހައި ފަސޭހަވި ސަބަބެވެ. އެ ސަބަބަކީ ފިރިމީހާއަށް ކުށެއް ކުރެވިދާނެ ކަމަށާއި އެފަދަ ޙާލަތުގައި މާފަށް އެދިއްޖެ ނަމަ މާފުކުރަން އެންމެ ކުރިން ފެށިގެން ނިންމާފައި އޮތް އޮތުމެވެ.  

ކޮންމެއަކަސް އަހަރެންގެ ފިރިމީހާއަށް މާފުކުރި ހިނދުން ފެށިގެން ދުވަހަކުވެސް އެއީ ހިނގައި ދިއަ ކަމެއް ކަމަކަށްވެސް ނުހަދަމެވެ. އެކަމުގެ ފޮނި ނަތީޖާ މުޅި ހަޔާތުގައިވެސް ތަޖުރިބާކުރީމެވެ. ފިރިމީހާ މީހާ ދުނިޔެ ދޫކުރީ އުމުރުން 67 އަހަރުގައެވެ. ކައިވެންޏަށް 51 އަހަރުގައެވެ. އެ މައްސަލަ ޖަހުނީ ކައިވެންނަށް އެންމެ 10 އަހަރުގައެވެ. ވީމާ މައްސލައިގެ ފަހުން އަހަރެމެންނަށް ދިރިއުޅެން ލިބުނީ 41 އަހަރެވެ.  

ޤަބޫލުކުރަން އުނދަގޫވި ނަމަވެސް އަދި ފަސޭހަވި ނަމަވެސް އަހަރެމެންގެ މެދުގައި އެޖެހުނުކަމެއް ޖެހި ފިރިމީހާއަށް މާފުކުރިފަހުން ދިރިއުޅުނު 41 އަހަރު އެއިގެ ކުރީގެ 10 އަހަރަށްވުރެ ފިރިމީހާގެ ހެޔޮކަން ހުރިހާ ގޮތަކުން ވެސް މާބޮޑެވެ. އަހަރެންގެ އަގު މާބޮޑަށް ވަޒަންކުރިއެވެ. މާބޮޑަށް ލޯބިދިނެވެ. އޯގާތެރިވެސް ވިއެވެ.  

ބުނަންހެއްޔެވެ؟ ކުރީ 10 އަހަރު އޭނާ އަހަރެން ގެންގުޅުނީ އަތުގައި ހިފައިގެން ކަމަށްވާނަމަ އެއިގެ ފަހުން އަހަރެން ގުޅުނީ އުރާލައިގެންނެވެ. ބިންމަތީގައިވެސް ނުޖައްސައެވެ. އެހެން ނުބުނަންވީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ފިރިމީހާ އަހަރެންނާއި އަޅާލައި ލޯބި ނުދޭ ހަމައެއްވެސް ކަމެއް ނެތެވެ. ކިރިޔާ ރޯގާއެއް ޖެހިލި ނަމަވެސް "ދެން ނިދާށޭ" ބުނަންދެން އެކިއެކި ކަންކަން ކޮށްދެއެވެ.  

މިއީ އަހަރެން ވިސްނާ ގޮތެވެ. އެކަން އެގޮތަށް މެދުވެރިވީ ފިރިމިހާއަށް ކުށެއް ކުރެވުމުން އެކަން ބަހަނާއަކަށް ދައްކައި އޭނާގެ ކިބައިން ސަލާމަތްވާން ލިބުނު ފުރުޞަތުގެ ބޭނުން ނުހިފައި އޭނާއަށް މާފުކޮށް އެހީތެރިވެދީގެން ދިރިއުޅެން މަސައްކަތްކުރުމުންނެވެ. އަދި ތަޤްވާވެރިކަން އިތުރުކޮށް ކުރި ދުޢާއިންނެވެ.  

- ކިޔުންތެރިޔާގެ ވާހަކަ ނިމުނީ 

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް