އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ހުންނަގޮތުން އެއީ ފަޤީރު ނޯކަރެއްކަމަށް ހީކޮށް އަންހެނަކަށް ހިލޭސާބަހަށް އެހީތެރިވަމުން އައި ފަޤީރު ޒުވާނަކަށް ތަނަވަސް އަންތބަކު ލިބުނު ގޮތުގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: ހުންނަގޮތުން އެއީ ފަޤީރު ނޯކަރެއްކަމަށް ހީކޮށް އަންހެނަކަށް ހިލޭސާބަހަށް އެހީތެރިވަމުން އައި ފަޤީރު ޒުވާނަކަށް ތަނަވަސް އަންތބަކު ލިބުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 35 ސިކުންތު

އަޅުގަނޑަކީ އޮފީހެއްގެ ވަރަށް އާދައިގެ ވަޒީފާއެއްގައި މަސައްކަތްކުރަމުން އައި ޒުވާނަކީމެވެ. ލިބެނީވެސް އެންމެ ކުޑަ އުޖޫރައެވެ. ރޭގަނޑު ލިބޭ ހުސްވަގުތުތަކުގައި ގާތް އެކުވެރިއެއްގެ ފިހާރައަށް ގޮސް ހުންނަމެވެ. އެއީ އޭނާއަށް އެހީތެރިވެ ގޭގެއަށް ޑެލިވަރީ ކޮށްލައިދީ ހެދުމުން ސައިބޮއެލާނެވަރު އޭނާކޮށްލައިދޭތީއެވެ. ނަމަވެސް ވަޒީފާއެއްގެ ގޮތަކު ނޫނެވެ. 

އެފިހާރައަށް ކޮންމެ ރެއަކު އަންނަ އަންހެނެކެވެ. ލައިގެން ހުންނަ ފޭރާމުންނާއި ވާހަކަދައްކައި އުޅޭ މަޑުމައިތިިރިކަމުން ހީވަނީ އޭނާއަކީ ކޮންމެވެސް ގެއެއްގައި ގެންގުޅޭ ނޯކަރު ކުއްޖެއްހެންނެވެ. އެހެންވެ އެކުއްޖާ އެއްޗެތި ގަތުމުން ކޮންމެ ރެއަކުވެސް އޭނާއުޅޭ ގެއަށް އެއްޗެތި ގެންގޮސްދެމެވެ. ކިތަންމެ ބަރުކޮށް އުފުލަން ޖެހުނަސް އުފަލާއިއެކު އެކަން ކޮށްދެމެވެ. 

އެއްޗެތި ގެންގޮސްދިނުމުން އޭނާ އެކަމަށް އަގެއް ދޭން އުޅެއެވެ. ނަމަވެސް ނުހިފަމެވެ. އެއީ ނޯކަރުކުއްޖަކަށް ލިބޭ މުސާރައިން އެންމެ ރުފިޔާއެއްވެސް ހޯދަން ބޭނުންނުވާތީއެވެ. އެވާހަކަ އޭނާ ގާތުގައި ބުނަމެވެ. އެކިރޭ މަތިން އަޅުގަނޑާއިބެހޭ މައުލޫމާތު ސުވާލުކުރީމާ އަޅުގަނޑަކީ ފަޤީރެއްކަމަށް ބުނެ ޙަޤީޤަތަކަށް ކިޔައިދިނީމެވެ. 

އެގޮތަށް އެކަން ހިނގަމުންދާތާ 2،3 މަސްވީތަނާ އެއްރެއަކު ވަރަށް ގިނަ އެއްޗެތިގަތުމުން ގެންގޮސްދިން ރެއަކު 100 ރުފިޔާ ދޭން އުޅުމުންވެސް އަޅުގަނޑު ބުނީ ލިބޭ ކުޑަކުޑަ މުސާރައިން ދޭނެކަމެއް ނެތެވެ. ރައްކާކުރާށެވެ. އެރޭ އަޅުގަނޑުގާތުގައި ބުނީ އަޅުގަނޑު މާދަމާރޭ ފިހާރައަށް ދިއުމުގެކުރިން އެގެއަށް ގޮސްލުމަށެވެ. އަދި އަޅުގަނޑަށް ކާންދޭން ގޭގެވެރިން ގާތުން ހުއްދަ ހޯދާފައިވާކަމަށާއި ކާން އައުމަށެވެ. އޭނާއަކީ ވަރަށް މީރުކޮށް ކައްކާ އަންހެނެއް ކަމަށާއި ރަހަދައްކާލަން ބޭނުންވަނީ ކަމަށެވެ. ދެމީހުންގެ މެދުގައި އެކުވެރިކަން އޮތީމާ އެދައުވަތު އަޅުގަނޑު ޤަބޫލުކުރީމެވެ.  

އަނެއްރޭ އަޅުގަނޑު ގޮސް ބެލްޖެހުމުން ދޮރުހުޅުވީ އޭނާއެވެ. ދިއައީ ސިއްސައިގެންނެވެ. ހުރީ ވަރަށް އަގުބޮޑު ރީތި ހެދުމެއްލައިގެންނެވެ. އަތާއި ކަރުގައި ރަނުގެ ގަހަނާތައްވެސްވަނީ އަޅާފައެވެ. އެހެންވެ އަޅުގަނޑި ދިއައީ ސިއްސައިގެންނެވެ. 

ގެއަށް ވައްދައި ގޮނޑީގައި ބައިންދާފައި ކިޔައިދިނެވެ. "އަހަރެންނަކީ ފަޤީރެއް ނޫނެވެ. އަމިއްލަ މަސައްކަތްކުރާ އަންހެނަކީމެއް ނޫނެވެ. އެގޮތަށް ބައުހެދުން ލައިގެން ފިހާރައަށް ދަނީ އަހަރެންނަކީ ކާކުކަމާ ކޮންފެންވަރެއްގެ އަންހެނެއްކަން މީހުންނަށް ނުއަންގަންވެގެންނެވެ. ފަހަރެއްގައި ނުބައި ބައަކު ލަނޑެއްދީފާނެތީއެވެ. މިހެން އެފިހާރައަށް ގޮސްއުޅޭތާ 2 އަހަރުވަރުވެދާނެއެވެ. 

ކަލޭ ފަދަ ޒުވާނަކާއި އަދި ބައްދަލުވެފައެއް ނެތެވެ. ކަލޭގެ ކިބައިގައި ތަނަވަސްކަން ނެތް ނަމަވެސް ކަލޭގެ ހިތަކީ ފުދިއިތުރުވެފައިވާ ހިތެކެވެ. އަހަރެން ދިން ފައިސާގައި ނުހިފީމާ އެކަން ރަނގަޅަށް އެބައެނގެއެވެ. ދެން ކޮންމެ ރެއަކުހެން ބައްދަލުވާއިއރުވެސް، އެކީގައި މިގެއަށް އައިސްފައިދާއިރުވެސް ހަޑިބަހެއްވެސް ނުބުނަމުއެވެ. އެއްވެސް ކަމަކަށްވެސް ނޭދެމުއެވެ. ވީމާ ކަލެއަކީ ހިތްހެޔޮ ވަރަށް އަޚްލާޤް ރަނގަޅު ޒުވާނެއްކަން ޔަޤިންވެއްޖެއެވެ. 

އެހެންވީމާ ބޮއްކުރާދޮށަށް އޮޑިކެނބީއެވެ. އަހަރެންނާއި ކައިވެނިކުރަން ކެރޭނެ ހެއްޔެވެ؟" 

ވިސްނަން އިރުކޮޅަކު އިނދެފައި ﷲ ލެއްވެވި ރަޙްމަތަށް ޝުކުރުކޮށް އެކަމަށް އެއްބަސްވީމެވެ. އަދި ބުނީމެވެ. "އިރާދަކުރެއްވިއްޔާ އަހަރެންނަކީ އަޚްލާޤް ރަނގަޅު މީހެއްކަން ޢުމުރުގައިވެސް ސާބިތުކޮށްދޭނަމެވެ." 

ދެހަފްތާއެއްހައި ދުވަސްތެރޭގައި ކައިވެނިކުރެވުނެވެ. ކައިވެންޏަށްފަހު ވަޒީފާއިން ވަކިވެ އުޅެނީ އަނބިމީހާގެ މަސައްކަތުގަ އެހީތެރިވެދޭށެވެ. ކައިވެނީގައި މިހާރު 22 އަހަރުވެއްޖެއެވެ. 6 ދަރިންވެސް ލިބިއްޖެއެވެ. މިހާރުވެސް ދިރިއުޅެމުން މިއަންނަނީ ހަމަ ވަރަށް ލޯބިންނެވެ. 

މިއީ އަޅުގަނޑުގެ ޙަޔާތުގެ ވާހަކައެވެ. އަޅުގަނޑު ބުނެލަން ބޭނުންވަނީ ކިތަންމެ ފަޤީރު ނަމަވެސް އެހެން މީހުންނަށް ހެޔޮކޮށް ހިތައި އެހީތެރިވެދީގެން ރިވެތި އަޚްލާޤުގެ މަތީގައި އުޅޭނަމަ ﷲ ހެޔޮ ރަޙްމަތް މިންވަރުކުރައްވަވާނެއެވެ. ރަޙްމަތް ލައްވަވާނީ ކޮންއިރަކު ކޮން ގޮތަކަށްކަމެއް ނުއެނގޭނެއެވެ. އޮންނާނީ ކެތްތެރިވެލުމެވެ. 

ދެން ބުނެލަން ބޭނުންވަނީ އަޅުގަނޑަކީ ދެން އެހެންގޮތެއް ނެތް މަދުފަހަރަކު ނޫނީ ޖަމާޢަތުގައި ކުޑައިރުންސުރެ ނަމާދުކުރަމުން އައިމީހަކީމެވެ. ނަމާދުކުރާ އަޅުންނަށް ﷲ ރަޙްމަތް ލައްވަވާނެކަން އަބަދުވެސް ޔަޤީންކުރީމެވެ. ދެއްކެވީ އެކަމުގެ ތެދުކަމެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތަކަސްވާނެ ކަމަށް ހީކުރަމެވެ.

 

- ސަލީމް / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް