އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވެރިކަމަށް ބޭނުންވަނީ ....!

ވެރިކަމަށް ބޭނުންވަނީ ....!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 32 ސިކުންތު

ޢަބްދުއްލަޠީފު ޢުމަރު

 

ވެރިކަމަށް ބޭނުންވަނީ ތެދުވެރި ވަފާތެރި ޚާދިމެއް

     ވެރިކަމުގެ ޒިންމާ އަދާކުރެވޭނެ ހިންގުންތެރި އަޚެއް

ދީނަށް ޤައުމަށް ވަފާތެރިވުން މަތީ ދެމި ހުންނަވަން

     ވީ ނުހަނު ބޮޑު ވާޢުދު ފުރިހަމަކޮށްދެވޭ ފަދަ ބޭފުޅެއް

އަންގަވާފައިވާ ގޮތަށް މަތިވެރި އިލާހީ ދީނުގައި

     އެންގެވުން ފުރިހަމަ ގޮތަށް ކުރެވޭނެ ޤާބިލު ބޭފުޅެއް

ޙައްޤުތައް މީހުންގެ ފުރިހަމައަށް އަދާކުރުމާއެކީ

     ޙައްދުތައް ދީނުގެ މިތާ ތަންފީޛުކުރެވޭ ވަރު އަޚެއް

ފެންވަރުން ހުރިހާ ޚަރަދުކޮށް ކުރިއެރުންވެސް ހޯދަމުން

     އެންމެނަށް ޚިދުމަތްކުރަން ވިސްނަން އިނގޭ ފަދަ ބޭފުޅެއް

ފިރިހެނެއް އަނބިދަށުނުވާ ކުރެވޭ ޙަޔާތުގެ ދަތުރުގައި

     ގިރިފަރަށް ނާރާ ދަތުރުކޮށްދޭން އެނގޭފަދަ ކެޕްޓަނެއް

މިލިއަނުން ޑޮލަރާއި ފައިސާ ލިބުމުގައި މަގުފަހިވިޔަސް

     ހިނިއައިސް ޖީބަށް ނުލާ ފުދިގެން އުޅޭ ފަދަ ބޭފުޅެއް

ހޯދުމާ އަދި ޚަރަދު ކުރުމާވެސް މިދީނުގެ މިންގަނޑުން

     ތޯދަނީ ވިސްނާމަގަށް އެޅުވޭނެ ގަޓުހުރި ލީޑަރެއް

 

11 ސެޕްޓެންބަރ 2022

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް