އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޮޑުތަކުރުފާނާ އެތަކުރުފާނުގެ ލަޝްކަރުގެ ގޮތުގަ އަނދިރިއަނދިރިންނާ ވިޔަޒޯރު ނުކުތުމަކީ ބޮޑުތަކުރުފާނަށް ހުތުރުއެރުވުން ނޫންތޯ؟

ބޮޑުތަކުރުފާނާ އެތަކުރުފާނުގެ ލަޝްކަރުގެ ގޮތުގަ އަނދިރިއަނދިރިންނާ ވިޔަޒޯރު ނުކުތުމަކީ ބޮޑުތަކުރުފާނަށް ހުތުރުއެރުވުން ނޫންތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 37 ސިކުންތު

ކޮންމެ އަހަރެއްވެސް ނިމިގެންދާނީ ޤައުމީދުވަސްވެސް ބައްދަލުކޮށްފައެވެ. ދިވެހިރާއްޖޭގައި ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ ރާއްޖެއަށްވެރިވެގަނެގެން ތިބި ޕޯޗުގީޒުންގެ އަޅުވެތި ކަމުން ރާއްޖެ މިނިވަންކުރެވުނު ދުވަހެވެ. އެކަން ކުރެވުނީ ދުނިޔޭގެ ތާރީޚު ސިއްސުވާލާފަދަ ހިތްވަރުގަދަ ޖިހާދެއް ބޮޑުތަކުރުފާނާއި އެތަކުރުފާނުގެ ކުޑަކުޑަ ލަޝަކަރުން ކޮށްގެންނެވެ. 

ތާރީޚް ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި "ކަޅޯއްފުންމި" ކިޔާ އަނގަމަތި ކުޑަކުޑަ އުޅަނދެއްގައި ބޮޑުތަކުރުފާނާއި އެތަކުރުފާނުގެ ލަޝްކަރު 4 އަހަރާއި 7 އަހަރާއި ދެމެދުގެ މުއްދަތެއްގައި ކަނޑުމަތީގައި ހޭދަކުރެއްވިއެވެ. ގަދަ ވިއްސާރައާއި ކޮޅިގަނޑުތަކާއި ގަދައަވީގައި ރެއާއި ދުވާލު ދަތުރުކުރެއްވެވިއެވެ. 

މަޤްޞަދަކީ ހަމަ އެންމެ މަޤްޞަދެކެވެ. ޕޯޗްގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރެއްވެވުމެވެ. ދިވެހި ޤައުމުގައި އިސްލާމް ދީން ނޫން އެއްވެސް ދީނަކަށް ފުރުޞަތު ނުދެއްވެވުމެވެ. ބޭރު ބައެއްގެ އަޅުވެތިކަން ދިވެހިންގެ މައްޗަށް އޮތަނުދިނުމެވެ. ދިވެހި ރައްޔިތުންނަށް ފުރިހަމަ މިނިވަންކަން ހޯއްދަވައި ދެއްވެވުމެވެ. 

ރާއްޖޭގެ މިއަދުގެ ޙާލަތަށް ބަލައިފިނަމަ ރާއްޖެއަކީ ނަމުން މިނިވަން ޤައުމެއް ނަމަވެސް ޙަޤީޤީ މިނިވަންކަމެއް ނެތެވެ. ބައިނަލްއަޤްވާމީ ދާއިރާގައި އިސްލާމް ދީނުގެ ދިފާޢުގައި ބުނަންޖެހޭ ޙައްޤުބަސް ބުނުމުގެ މިނިވަންކަމެއް ނެތެވެ. މުސްލިމުންގެ ދިފާޢުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވެސް ވަނީ ނުކުޅެދިފައެވެ. 

ސައްތައިން ސައްތަ އިސްލާމްކަން އޮތީ ނަމެއްގައެވެ. ސަރުކާރުގެ އިސްމަޤާމުތަކުން ފެންނަނީ އިސްލާމް ދީނާއި ދެކޮޅަށް ޙަރަކާތްތެރިވިކަން ސާބިތުވާ މީހުންނެވެ. ސަރުކާރުގެ ޢަމަލުތަކުން ފެންނަނީ ﷲ ތަޢާލާގެ ޙުކުމްފުޅުތައް އެއްކިބާކޮށްފައި ކާފިރުން ބޭނުންވާ ގޮތަށް ކަންކަން ކުރެވެމުން އަންނަތަނެވެ. 

މުންކަރާތްތައް ޢާންމުވެއްޖެއެވެ. ފައުޅުގައި ބޮޑެތި ފާފަތަކަށް އަރައިގަތުން ގިނަވެއްޖެއެވެ. އިސްލާމް ދީނަށާއި ﷲ ތަޢާލާއަށާއި ރަސޫލް އަށް ގޮންޖަހައި މަލާމާތާއި ފުރައްސާރަކުރުން މިވަނީ ޢާންމު ކަމަކަށްވެފައެވެ. ކާފިރުން އެގެންދަނީ ބިންމަތީގައި ހުރި ﷲ ތައާލާގެ ގެކޮޅުތަކަށް ބިރެއް ނެތި ޤަޟާޙާޖާތްކުރަމުންނެވެ. އެވަރުގެ ބޮޑެތި ނުބައިކަންކަން ކުރުމުންވެސް ފިޔަވަޅު އަޅަން ސަރުކާރު ވަނީ ނުކުޅެދިފައެވެ. ސަރުކާރު މިވަނީ ކާފިރުންގެ އަޅުވަތިކަމުގެ ކަސްތޮޅުން ކަސްތޮޅު އެޅި ނިމިފައެވެ.  

އެކަން އެންމެ ބޮޑަށް ޔަޤީންވެގެން ދިއައީ ސަރުކާރުން ފައުޅުގައި ޝިރުކު ފަތުރަން ނުކުތުމުން އެކަން އޮތްގޮތް ވިދާޅުވެދެއްވި ޢިލްމުވެރިންނަށް ސަރުކާރުން ކުރި އަނިޔާއިންނެވެ. ލިވާތުކުރި މީހުންނަށް އިއްވާ ކުޑަކުޑަ ޙުކުމް ލުއިކުރަން ދައުލަތުން ނުކުތުމުންނެވެ. މިހިރީ ރާއްޖޭގެ ތާރީޚުގައި ކަޅުއަކުރުން ލިޔަންޖެހޭނެ ކަންކަމެވެ. 

ޝިރު ފެތުރުމާއި ދެކޮޅަށް ނުކުތުމުން ބޮޑު ކޮމިޓީ އުފައްދައި ކަންކަން ފާސްކުރެވިއްޖެއެވެ. އިސްލާމް ދީނަށް ގޮނަޖަހައި ފައުޅުގައި ހިންގަމުން ގެންދާ ޢަމަލުތައް ހުއްޓުވަން ކުރަންވީ ކަންކަން ބަލަން އުފެއްދި ކޮމިޓީ އޮތީ ވެންޓިލޭޓަރުގައެވެ. ނޭވާލާކަންވެސް ޔަޤީނެއް ނޫނެވެ. ހީވަނީ ކޮމިޓީ ޖަނާޒާކުރިކަން އިޢުލާނުކުރަން ފަސްޖެހިގެން އުޅެނީ ރައްޔިތުންނަށް ކަމުގެ ޙަޤީޤަތް އޮޅުވާލުމުގެ މަޤްޞަދުގައިހެންނެވެ. 

ޤައުމީ ދުވަސް އައުމުން މިފެންނަނީ ބޮޑުތަކުރުފާނާ އެތަކުރުފާނުގެ ލަޝްކަރުގެ ގޮތުގައި އަނދިރިއަނދިރިންނާއި އޭނާގެ އެންމެ ގާތް މަޤާމުގައި ހުރި ވިޔަޒޯރު ނުކުމެ ރައްޔިތުންގެ ބޮލަށް ޗިޕްޖަހަން މަސައްކަތްކުރާތަނެވެ. މިކަންވާނީ ބޮޑުތަކުރުފާނަށް ހުތުރުއެރުވުން ނޫން އެހެން ކޮންކަމަކަށްކަން ނުކުމެ ތިއައުޅޭ "އަނދިރިއަނދިރިންނާއި ވިޔަޒޯރު" ނިކަން ބުނެދީބަލާށެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް