އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤައިދީންނަށް އިސްލާމް ދީނަށްވުރެ ރަނގަޅު "ފަރުވާއެއް" ނެތް! ސަރުކާރުން ހުރަސްއެޅުމާ ފިއްތުންތަކާއެކުގަވެސް އެމެރިކާގެ ޖަލުތަކުގަ އެންމެ ބާރަށް ފެތުރެނީ އިސްލާމްދީން-

ޤައިދީންނަށް އިސްލާމް ދީނަށްވުރެ ރަނގަޅު "ފަރުވާއެއް" ނެތް! ސަރުކާރުން ހުރަސްއެޅުމާ ފިއްތުންތަކާއެކުގަވެސް އެމެރިކާގެ ޖަލުތަކުގަ އެންމެ ބާރަށް ފެތުރެނީ އިސްލާމްދީން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 17 ސިކުންތު

އެމެރިކާއަކީ އެންމެ ބޮޑަށް ތަޙްޛީބްވެ ކުރިއަރާފައިވާ ޤައުމުކަމަށް ދަޢުވާކުރާއިރު ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގެ ނިޞްބަތުން އެންމެ ގިނަ ބައަކު ޖަލުތަކުގައި ތިބީ އެމެރިކާގައެވެ. ރިޕޯޓްތައް ބުނާގޮތުން 2017 ވަނަ އަހަރު އެމެރިކާގެ ޖަލުގައި 2.3 މިލިއަނަށްވުރެ ގިނަ ޤައިދީން ތިއްބެވެ.  

ޤައިދީންގެ ތެރެއިން ގިނަ ބައަކު އިސްލާމްވެއެވެ. ސަރުކާރުގެ ހުރަސްތަކާ ފިއްތުންތަކާއިއެކުވެސް ޖަމާޢަތް ހަދައިގެން ނަމާދުކުރެވެ. ދީނީ ނަޞޭޙަތްދެއެވެ. 

ޤައިދީންގެ ގޮތުގައި އިސްކޮށްތިބޭ މުސްލިމުން ބުނާ ގޮތުގައި ގިނަ ބައަކު އިސްލާމްވަނީ އިސްލާމްވެ ދީނަށް ޢަމަލުކުރަން ފެށުމުން އެމީހުންނަށް ހިތްހަމަޖެހުން ލިބޭތީއެވެ. އަދި ކުށްކުރުން ހުއްޓި ރަނގަޅު ގޮތުގައި އުޅެން ފެށުމުން މިނިވަންވުންވެސް އަވަސްވެއެވެ. 

ވިސްނާލަންޖެހޭ ކަމަކީ އިސްލާމް ދީން ފެތުރުނަ ނުދިނުމަށް އެންމެ ބޮޑަށް މަސައްކަތްކުރަމުން އަންނަ އެއް ޤައުމުކަމަށްވާ އެމެރިކާގައި އިސްލާމް ދީން ފެތުރެމުން އަންނަ ގޮތާއިމެދުގައެވެ. އިސްލާމީ ނޫރު ދިއްލި އުޖާލާވަމުން އަންނަ ގޮތާއިމެދުގައެވެ. 

ތިރީގައިވާ ލިޔުމުން މިދެންނެވި ކަންކަމަށް އިތުރު ޔަޤީންކަމެއް ލިބިލައްވާނެއެވެ. އިން ޝާ ﷲ 

ގުއަންޓަނަމޯބޭ ޖަލުގެ ގާޑުން އިސްލާމްވުން ނުހުއްޓުވުނުކަން- އިސްލާމް ދީން ނުހުއްޓުވޭނެ ކަމުގެ ހެކި! 

އެމެރިކާއިން ކޮންމެ ގޮތަކަށް ވާހަކަތައް ދެއްކި ނަމަވެސް ގުއަންޓަނަމޯބޭ ޖަލުގެ އެންމެ ބޮޑު މަޤްޞަދަކީ އިސްލާމް ދީން ކުރިއަރުވަން ކުރެވޭ މަސައްކަތްތަކަށް ހުރަސް އެޅުންކަން އެނގިގެންދެއެވެ. އެ ޖަލުގައި ބަންދުކޮށް އަނިޔާކޮށް އަދި މެރި މީހުންގެ ތެރޭގައި ޓެރަރިޒަމާއި އެއްވެސް ވަރަކަށް ގުޅުން ނެތް މުސްލިމުން ހިމެނޭތީއެވެ. 

ޖަލުގެ ގާޑުންތެރެއިން އިސްލާމްވި ހޯލްޑްބްރޫކްސް ބުނާ ގޮތުގައި ދުނިޔޭގެ ހުރިހާ މިނިވަންކަމެއް ލިބުމުން އަޅުކަން ނުކޮށް މީހުން އުޅެމުން ގެންދާއިއރު ޖަލުގެ ގޮޅިތަކުގައި ބަންދުވެފައި ތިބެގެން މުސްލިމުން ހިނިތުންވާ މަންޒަރާއި ނަމާދުކުރާ މަންޒަރު ފެނުމުން އޭނާއަށް ޙައިރާންކަން ލިބެއެވެ. 

އޭނާ ދެކޭ ގޮތުގައި ކީރިތި ޤުރްއާނަކީ އުނގެނެން އެންމެ ފަސޭހަ ފޮތެވެ! އެފޮތުގައި ބަޔާންވެގެންވަނީ އިންސާނުން ދިރިއުޅުމުގައި ޢަމަލުކުރަންޖެހޭ ގޮތެވެ! އެންމެ ފައިދާހުރި ގޮތެވެ! 

އޭނާ އިސްލާމްވުމަށްފަހު، ކައިވެނި ރޫޅުމުން ކުރިމަތިވި މައްސަލަތަކުގައި އިސްލާމް ދީނުން ބޭރުވެސްވިއެވެ. ނަމަވެސް އެގޮތް އޭނާއަށް ކަމުދިއަ ކަމަކަށް ނުވިއެވެ. އެނބުރި ވަނީ އިސްލާމް ދީނަށް އައިސްފައެވެ. އަދި އިސްލާމް ދީނަކީ އެންމެ މަތިވެރި ދީންކަން ބަޔާންކޮށް ގެންދަނީ އިސްލާމް ދީން މަތިވެރިކުރަން މަސައްކަތްކުރަމުންނެވެ. 

މިފަދަ ކަންކަމުން އެނގިގެން މިދަނީ އިސްލާމް ދީނުގެ ނޫރު ފަނޑު ނުކުރެވޭނެ ކަމާއި އިސްލާމް ދީން ދާނީ ކުރިއަރަމުން ކަމެވެ. މީސްތަކުން އިސްލާމް ދީނަށް ވަނުން ވެސް ދާނީ އިތުރުވަމުން ކަމެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް