އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވާހަކަހިފައިގެން ހިނގައި ފިތުނަ އުފެއްދުމަށް ލޯބިކުރި އަންހެނަކު މަރުވުމުން ހިނަވަން ޤަބުރު ދެކޮޅުހެދި ވާހަކަ-

ވާހަކަހިފައިގެން ހިނގައި ފިތުނަ އުފެއްދުމަށް ލޯބިކުރި އަންހެނަކު މަރުވުމުން ހިނަވަން ޤަބުރު ދެކޮޅުހެދި ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 36 ސިކުންތު

އޭނާއަކީ ހަށިގަނޑަށް ބަލައިފިނަމަ ހިކި އަންހެނެކެވެ. ވީމާ ހަށިގަނޑުގެ ބަރުދަންވެސް ލުއިވާންޖެހޭނެ ނޫންހެއްޔެވެ؟ ނަމަވެސް އޭނާ މަރުވެގެން ހިނަވަން އަށިގަނޑު މައްޗަށް ލާން 6 އަނހެނުން މަސައްކަތްކޮށްގެންވެސް ނުލެވުނެވެ. އަދި ދެފަހަރުމަތިން (މަރުވެފައި އޮވެގެން) އޭނާގެ ދެއަތުން ސްޓްރެޗަރގެ ދެފަރާތުގައި ހިފަހައްޓައި ހަށިގަނޑު ނަގަން ދެކޮޅު ހެދިއެވެ. 

ހިނެވުމުގައި އިސްކޮށްހުރި އަންހެންމީހާ، އޭނާ މަރުނުވާކަމަށް ބަލައި ޝައިޚަށް ގުޅައިގެން ފޮނުވި ޑޮކްޓަރުންވެސް އޭނާ މަރުވެފައިވާކަން ޔަޤީންކޮށްދިނެވެ. އެއަށްފަހު ކުރި މަސައްކަތުން އޭނާ ހިނެވުނެވެ.

ހުރިހާ ކަމެއް ނިމިގެން ހިނެވުމުގައި އިސްކޮށްހުރި އަންހެންމީހާގެ އެދުމަށް އޭނާގެ އަންހެންދަރިފުޅު، އޭނާގެ މަންމަ ދުނިޔޭގައި އުޅުނު ގޮތް ކިޔައިދިނެވެ. 

މަންމަ ނަމާދުކުރެއެވެ. ސުންނަތް ރޯދަތައްވެސް ހިފައެވެ. ނަމަވެސް މަންމައަކީ ވާހަކަ ހިފައިގެން ދެމީހުންގެ މެދުގައި ހިނގައި ފިތުނަ އުފެއްދުމުން އުފާވެރިކަން ހޯދަމުން އައި އަންހެނެކެވެ. އަމިއްލައަށް މީހުންގެ ގާތަށް ގޮސް ވާހަކަދައްކައި ކަންކަން އޮޅުންފިލުވައިގެން ގޮސް އަނެކެއްގެ ގާތުގައި އޭނާ ބުނި ވާހަކަތައް ދައްކައި ފިތުނަ އުފައްދައެވެ. 

އެވަރަކުން ވެސް ނިންމައެއް ނުލައެވެ. ދެބެއިންގެ ދެމެދުގައިވެސް ފިތުނަ އުފައްދުވައެވެ. ބައްޕަ އަނެކާއަށް ދިނީ މާއަގުބޮޑު ހަދިޔާއެއްކަމަށްބުނެ ދެބެއިން ޙަސަދަވެރިކުރުވައެވެ. ބައްޕަ ނުވަތަ މަންމަގެ މައްޗަށް ނަފްރަތު އުފައްދުވައެވެ. 

އެހެންވެ މީސްތަކުން މަންމައަށް ނަފްރަތުކުރެއެވެ. އެކަން ބޮޑުވެ އަހަރެމެންނަށްވެސް ނަފްރަތުކުރަން ފެށިއެވެ. އެހެންވެ މަންމަގެ އެ ޢަމަލު އިޞްލާޙްކުރެވޭތޯ ޝައިޚުން ލައްވައި ނަޞޭޙަތްދިނީމެވެ. ދަރުސްތައް އަޑުއިއްވީމެވެ. ނަމަވެސް އެއްވެސް ބަދަލެއް ނައެވެ.

އެހިސާބުން ގެދޫކޮށްފައި އެހެން ހިސާބަކަށް އަހަރެމެން ބަދަލުވާން އުޅުމުންވެސް ބުނީ މަންމަ ކުރާ ކަމަކާއި ކަންބޮޑުވުމުގެ ބޭނުމެއް ނެތްކަމަށެވެ. އެކަން ވަނީ މަންމަ އާއި ﷲ ތަޢާލާ އާއި ދެމެދުގައި ކަމަށެވެ. އަދި އެކަމުގައި މަންމަ ﷲ ތަޢާލާ އާއި "ޑިލް" ކުރާނެ ކަމަށެވެ. 

މިއީ ކޮންފަދަ ނުބައިކަންބޮޑު ބަހެއް ހެއްޔެވެ؟ އެއްވެސް އިންށާނަކަށް ﷲ ތަޢާލާ އާއި ކުރެވޭނީ ކޮން ޑީލެއް ހެއްޔެވެ؟ ހަމައެކަނި އެބުނި ބަހަކީ ނުބައިކަން އެއިގެ އިންތިހާއަށް އޮތް ބަހެކެވެ. ކޮންމެއަކަސް ވާހަކަ ހިފައިގެން ހިނގުމަކީ ނަމީމާއެވެ. އެއީ ޣީބައަށްވުރެ ނުބައިކަންބޮޑު ކަމެކެވެ.

އަހުރެންގެ ވަޞިއްޔަތަކީ ހެޔޮނިޔަތެއްގައިވެސް ވާހަކަހިފައިގެން ނުހިނގާށެވެ. އެކަކު ބުނާ ވާހަކަ އަނެކެއްގެ ގާތުގައި ނުބުނާށެވެ. އެއީ އެވާހަކައެއް ބުނުމުން ފިތުނައެއް އުފެދިދާނެ ކަމަށްޓަކައެވެ. ކައްވަޅުގެ ޢަޛާބަށް ބިރުވެތިވާށެވެ. 

މައްޔިތާގެ ކިބައިން ދިރިތިބި މީހުންނަށް އެދެއްކެވީ ވާހަކަ ހިފައިގެން ހިނގުމުގެ ހުރި ނުބައިކަން ބޮޑުކަމެވެ. އޭނާގެ ހަށިގަނޑު ހިނަވައި ވަޅުލެވުމުން އޭނާއަށް ލިބޭނެ ގަދަފަދަ ޢަޛާބް އެނގޭތީ ﷲ ތަޢާލާގެ އިޛުނަފުޅާއިއެކު އެކަން ކުރެވުނީއެވެ. މިފަދަ ކަންކަން މިންވަރު ކުރައްވަވައި މީސްތަކުންނަށް ދައްކަވަނީ އެކަމުން ޢިބްރަތް ޙާޞިލްކުރުމަށެވެ. 

މިވާހަކައަކީ ޖިއްދާގެ އެންމެ ބޮޑު ޤަބުރުސްތާނުގައި މީހުން ހިނެވުމުގައި އެންމެ އިސްކޮށް އުޅުއްވި ޝައިޚް ޢައްބާސް އަޅުގަނޑަށް ކިޔައިދެއްވި ވާހަކަތަކުގެ ތެރެއިން ވާހަކައެވެ. 

- ޝައިޚް މުޙައްމަދު އަލް ނަޤްވީ

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


13%
ވ.ރަނގަޅު
24%
ރަނގަޅު
27%
އޯކޭ
34%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް