އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިޔަފާރިވެރިން މިހާރުވެސް އުފަލުން ނަށަނީ! ބޮލުގަ ހުންނަ އިސްތަށިން ޓެކްސް ނެގިޔަސް ރައްޔިތުންނަށް ފައިދާކުރާނީ ސަރުކާރުން ވައްކަންކުރުން ހުއްޓާލި ދުވަހަކުން ނޫންތޯ!

ވިޔަފާރިވެރިން މިހާރުވެސް އުފަލުން ނަށަނީ! ބޮލުގަ ހުންނަ އިސްތަށިން ޓެކްސް ނެގިޔަސް ރައްޔިތުންނަށް ފައިދާކުރާނީ ސަރުކާރުން ވައްކަންކުރުން ހުއްޓާލި ދުވަހަކުން ނޫންތޯ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

ވިޔަފާރިވެރިން މިހާރުވެސް އުފަލުން ނަށަނީއެވެ. މުދަލުގެ އަގު އުފުލައިލާނެ ރީތި މަގެއް ފެނުނީމައެވެ. ޖީއެސްޓީ ބޮޑުވީއެވެ. ކިހައި ރީތި ބަހަނާއެއްތޯއެވެ؟ މިނިވަން ވިޔަފާރި ވީމާ މިފަދަ އެއްވެސް ކަމެއް ބަލާނެ ފަރާތެއް ސަރުކާރަކު ނެތެވެ. 

ބޮލުގަ ހުންނަ އިސްތަށިން ޓެކްސް ނެގިޔަސް، ބިންމަތީގަ އަޅާ ކޮންމެ ފިޔަވަޅަކުން ޓެކްސް ނެގިޔަސް، ހަށިގަނޑުގަ މީޓަރު ހަރުކޮށް ލާނޭވާގެ ޢަދަދު ބަލައި އެއިން ޓެކްސް ނެގިޔަސް  ރައްޔިތުންނަށް ފައިދާކުރާނީ ސަރުކާރުން ވައްކަންކުރުން ހުއްޓާލައިގެންނެވެ. 

މަޝްހޫރުކޮށްލި ވެންޓިލޭޓަރު ވައްކަން ޒާތަށް މިވެރިކަމުގައި ކޮށްފައިވާ ވައްކަންތަކުގެ ޢަދަދު މިސަރުކާރުގެ ކުރިން ފާއިތުވި 20 އަހަރާއި ނުބައްދަލުވާނެކަން އެއީ މިހާރު ޔަޤީންކުރެވެން އޮތް ކަމެކެވެ. ތަފާތަކީ މަޖިލީހުގެ މެޖޯރިޓީ އޮތީމާ ކުރިން އެއީ ވައްކަން ކަމުގައި ބެލުނު ކަންކަން އެއީ ވައްކަން ކަމަށް ނުވާ ގޮތަށް މިހާރު ޤާނޫނުތައް ބަދަލުކޮށްގެން ތިބެ ވައްކަންކުރާކަމެވެ.

ލޮބުވެތި ރައްޔިތުންނޭވެ! ކިތަންމެ ގިނަ ފައިސާ ފައިސާއަށް ދެއްކިޔަސް އިމެއް ނެތި ވައްކަންކުރާނަމަ ދައުލަތުގެ ތިޖޫރީ ހުންނާނީ ހަމަ ހުހަކަށް ނޫންތޯއެވެ؟ ދެން އެދައްކަނީ ދައުލަތުގެ ރިޒާވް ގިނަވާނެ ވާހަކައެވެ. 

މުޙައްމަދު ރަސޫލްﷲ ޕްރޮގްރާމްގައި ދައްކާނެއެވެ. ޤާރޫނު ޒަކާތް ހިފައިގެން ރައްޔިތުން ގާތަށް ގޮސް ރަންފޮށިތައް ދައްކާލާފައި އެ ބަހައްޓަން އެންމެ ރަނގަޅުވާނީ އޭނާގެ އަތުގައި ކަމަށްބުނެ އެނބުރި ދަނީ ރައްޔިތަކަށް އެއްވެސް މިންވަރެއް ނުދީ ހިފައިގެން ނޫންތޯއެވެ؟ 

އެހެންވީމާ މިސަރުކާރަށް ބިލިއަނުން ދީގެން އެމްއެމްގޭ ރިޒާވްގައި ބިލިއަނުން ހުރިކަމަށް ދެއްކިނަމަވެސް ރައްޔިތަކަށް ކުރާނެ އެއްވެސް ފައިދާއެއް ނުއޮންނާނެއެވެ! ދޭތެރެއަކުން ވެންޓިލޭޓަރު ކަތުރުފަންޏެއް އަޅައި ކައި ހުސްކޮށްލާނެއެވެ!  

ޖީއެސްޓީ ބޮޑުކޮށް މުދަލުގެ އަގު އުފުލުވައި ރައްޔިތުންނަށް ދަތިކުރުވުމުގެ އިތުރު ވަރަށް ނުބައިކަންބޮޑު ބޭނުމެއް ފޮރުވާފައި އެބައޮތްކަންވެސް ތިންކް ޓޭންކް ރިޕޯޓުން މިހާރުވަނީ ޔަޤީން ކުރެވިފައެވެ. ދިރާސާ މުޅިން ނިންމައިލެވުނީމާ ހާމަކުރާނެމެވެ!

- މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


66%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
33%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް