އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ ދަތި ދުވަސްވަރު ކުރީ އެންމެ ބޮޑެތި ވައްކަން- ބަނޑަށް ނުޖެހި ސަލާމަތްވެވުނީ ﷲ ގެ ރަޙްމަތް ބޮޑުކަމުން-

އެންމެ ދަތި ދުވަސްވަރު ކުރީ އެންމެ ބޮޑެތި ވައްކަން- ބަނޑަށް ނުޖެހި ސަލާމަތްވެވުނީ ﷲ ގެ ރަޙްމަތް ބޮޑުކަމުން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

ކޮވިޑުގެ އެންމެ ދަތި ދުވަސްވަރު ވެގެންދިއައީ ދައުލަތުގައި ހުރި ރައްޔިތުންގެ ފައިސާއިން އެންމެ ބޮޑެތި ވައްކަންތައް ކުރި ދުވަސްކަމމާއިމެދު ދެކޮޅޫ ހެދޭނެ އެއްވެސް ގޮތެއް ނެތްކަން އެނގެނީ މީހުން ދައްކާ ވާހަކައަކުން ނޫނެވެ. ހަމަ ސަރުކާރަށް ހާމަކުރެވުނު ކަންކަމުންނެވެ. 

އެދުވަހު އެކަންކަން ހާމަކުރި މަޤްޞަދު މިއަދު ވަރަށް ރަނގަޅަށް އެބަ އެނގެއެވެ. އެއީ އެކަންކަމާއި ގުޅިގެން އެއްވެސް މީހަކަށް އަދަބެއް ދީފައި ނެތުމާއި ސިޔާސީ ގޮތުން ނާޖާއިޒު ފައިދާ ނެގުން ނޫންކަމެއް ކޮށްފައިނުވާތީއެވެ.

ބައަކު ރާއްޖެ ބަދަލުކޮށްލަން ކިތަންމެ މަސައްކަތްތަކެއް ކުރިނަމަވެސް އަދިވެސް ދިވެހި ރައްޔިތުންގެ ގިނަ ބައަކު ތިބީ ﷲ ގެ ދީން މަތީގައެވެ. އެހެންކަމުން ރައްޔިތުންނަށް ބަނޑަށް ޖެހެން ނުޖެއްސެވީއެވެ. އެއީ ﷲ ގެ ދީލަތިވަންތަކަމެވެ. 

ރައްޔިތުން ﷲ ގެ މަގުގައި ތިބިނަމަ ﷲ ރަޙްމަތް ލައްވަވާނެތެވެ. ހިތްވަރުކުރަންވީ ﷲ ގެ ދީން މަތީގައި ސާބިތުވެ ތިބުމަށެވެ. ދިވެހިންގެ ޢަޤީދާ ބަލިކަށިކުރުވަން ރާވައިގެން ހިންގަމުން ގެންދާ ޖަރީމާތައް އެދަނީ ވަރަށް ރަނގަޅަށް ހާމަވަމުންނެވެ. މާފުށީގެ މިއަދުގެ ޙާލަތާއިބެހޭ ގޮތުން މިހާރުނޫހުގައި ދާދިފަހުން ޝާއިޢުކުރި ރިޕޯޓުން މިދެންނެވި ކަންކަން ވަރަށް ރަނގަޅަށް ސާފުވެގެންދެއެވެ. 

އިންސާނުން މަގުފުރައްދުވަން އެންމެ ފަސޭހަ އެއްގޮތަކީ މާއްދިއްޔަތުގެ އަވާގައި ޖެއްސުވުމެވެ. ސަރުކާރުގެ އަމާޒަކީ މާއްދިއްޔަތުގެ އަވާގައި ޖައްސުވައިގެން ރައްޔިތުންގެ ޢަޤީދާ ބަލިކަށިކޮށްލުވުންކަމާއިމެދު ޝައްކުކުރާނެ އެއްވެސް ޖާގައެއް މިހާރަކު ނެތެވެ. 

ލޯކަލް ޓޫރިޒަމް ފަތުރަންފެށީ ޤަވާއިދުތަކެއް ހަދައި އެއިގެދަށުން ކުރިއަށް ގެންދާނެ ކަމަށް ބުނަމުންނެވެ. ދިވެހިންގެ ދީނީ ޢަޤީދާއާއި އިސްލާމީ ޘަޤާފަތަށް ހުރަސް އެލޭނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށް ބުނަމުންނެވެ. އަދިވެސް އެޤަވާއިދުތައް އުވާލިކަން ހާމަކޮށްފައެއް ނުވެއެވެ. އެހެނަސް އެ ޤަވާޢިދުތައް ތަންފީޒުކުރާނެ ފަރާތެއް ނެތީއެވެ. ދާނެގޮތަކަށްދާން ކަންކަން ދޫކޮށްލީއެވެ.  

ޔާ ﷲ! އިނބަ ﷲ ގެ ދީނާއި ދުރަށް ދިވެހިރައްޔިތުން ޖެއްސުވުމަށް ހީލަތްތެރި ގޮތުގައި ހިންގަމުން ގެންދާ ޖަރީމާތަކަށް ލައްނަތް ލައްވަވާނދޭވެ! ދުޝްމިނުންގެ މަކަރުވެރި ރޭވުންތަކުން ދިވެހި އުންމަތް ސަލާމަތްކުރައްވަވާނދޭވެ! އާމީން  

މާފުށީގެ ޙާލަތު – "މިހާރު" ނޫހުން:

https://mihaaru.com/report/115321

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް