އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނުދައްކަން ކޮންމެ ދުވަހަކު ޚުޠުބާގަ ކިޔަސް އިސްލާމިކް މިނިސްޓްރީގެ ވެރިން ކަންކަންކުރަނީ ބަރަވެލީގެ އުޞޫލުންކަމުގެ ވާހަކަ ދައްކާނެ!

ނުދައްކަން ކޮންމެ ދުވަހަކު ޚުޠުބާގަ ކިޔަސް އިސްލާމިކް މިނިސްޓްރީގެ ވެރިން ކަންކަންކުރަނީ ބަރަވެލީގެ އުޞޫލުންކަމުގެ ވާހަކަ ދައްކާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

ބަރަވެއްޔަކީ ވަރަށް މަޑުމަޑުން ކުރިއަށްދާ އެއްޗެކެވެ. މީހެއްގެ ހިލަނމެއްވާއިރަށް ތޮށިގަނޑުތެރެއަށް ވަދެ ފިލާނެއެވެ. އިސްލާމިކް މިނިސްޓްރީގެ ޢަމަލުތައް ހުރީ މިގޮތަކަސް ނޫންތޯއެވެ؟ ވިދުވަރު ސްޕީޑްގައި ދީނުގެ ކަންކަން ކުރިއަށް ގެންދަންޖެހިފައިވާއިރު ކަންކަން ކުރެވެނީ ކޮން ސްޕީޑެއްގައިތޯއެވެ؟ އިސްލާމް ދީނަށް ޙަމަލާދޭ މީހަކު ބަހެއް ބުނާއިރަށާއި ބަހެއް ބުނެފާނެކަމަށް ނިވާވެ ނުފިލާތޯއެވެ؟ 

ވިސްނަވައިލައްވާށެވެ! ސަލްމާން މިސްކިތް ހޫނު އަވަނެއްހެން ހުންނަތާ މަހަކަށްވުރެ ގިނަވީއެވެ. ރަނގަޅެވެ. ކަމެއް ދިމާވެދާނެއެވެ. ނަމަވެސް ކޮންމެ ކަމަކަށްވެސް ޙައްލެއްވެސް އޮވެއެވެ. ސްޓޭންޑް ފަންކާ ނުބެހެއްޓޭނީތޯއެވެ. އޭސީފަދައިން މަސައްކަތްކޮށް ފިނިކޮށްދޭ ކޫލަރުތައް ބާޒާރުން ލިބެން ނެތީތޯއެވެ؟ ޖަލާލުއްދީން މިސްކިތުގައި އެހުންނަނީ އިމާމު އުފެއްދި ކޫލަރެއްތޯއެވެ؟ 

ދެން އުފެދޭ ސުވާލަކީ މުލީއާގެ ނުވަތަ ރައީސް އޮފީސް ނުވަތަ އޭޕީގެ ރައީސް، ހޯމް މިނިސްޓަރު ޝައިޚް އިމްރާން އިންނަވާ ކޮޓަރިއާއި އިސްލާމިކް މިނިސްޓަރު އިންނަވާ ކޮޓަރީގެ އޭސީ ހަލާކުވެ މަސްދުވަސްދެން މިގޮތަށް ހުރިއަދޭނެތޯއެވެ؟ 

މިއަދުވެސް އިމާމަށް ކެތްނުވެގެން ހުކުރުނަމާދުގައި ވިދާޅުވީ ޤުރްއާނުގައި އޮތް އެންމެ ކުރު ދެ ސޫރަތެވެ. ސަލާމްދިނުމާއިއެކު މީހުންތައް ދައުތައް ފުހެމުން ނުކުންނަން ހިނގައިގަތެވެ. ހުޅުވެނީ އެންމެ ދޮރުފަތެކެވެ. އެހިސާބުން މީހުންތައް ތާށިވެ ފިތުނީއެވެ. 

މިފަދަ މައްސަލަތަކުގެ ވާހަކަތައް ނުދައްކައި ތިބެވޭނީ ކިހައި ދުވަހަކުތޯއެވެ؟ ހުކުރުން ފޭބި ގިނަ ބައަކު ދިއައީ އެވާހަކަތައް ދައްކަމުންނެވެ. ކަންބޮޑުވުން ފައުޅުކުރަމުންނެވެ. ޒަކާތު ފަންޑުގައި އެތައް މިލިއަން ރުފިޔާއެއް ހުންނައިރު މިކަންކަން ޙައްލުނުކުރެވި ދިގުލައިގެން މިހާގިނަ ދުވަހަށް ދިއައިމަ އެވާހަކަތައް ދެއްކީމާ ވާނީ ޣީބަ ބުނުން ކަމަށް ހައްދަވަން އުޅުއްވިނަމަވެސް އެކަން ރައްޔިތުން ޤަބޫލެއް ނުކުރާނެއެވެ. 

މިދިއަ މަހެއްހައި ދުވަހަށް ބެލިނަމަވެސް އެންމެ ގިނައިން ކިޔަނީ މިއަދު ކީ ޚުޠުބާގައިކީ ވާހަކަތަކެވެ. އެއީވެސް ދައްކަންޖެހޭ ވާހަކަތަކެއް ނަމަވެސް ރައްޔިތުން މިއަދު އެންމެ ބޮޑަށް ކަންބޮޑުވާންޖެހޭ ދީނީ ބޮޑެތި މައްސަލަތަކުގެ ވާހަކަވެސް ޚުޠުބާތަކުގައި ކިޔަންވާނެ ނޫންތޯއެވެ؟ 

ދިވެހިން އިސްލާމް ދީނާއި ދުރަށް ޖައްސުވަން ފައުޅުގައި ކުރަމުން ގެންދާ މަސައްކަތްތަކުގެ ވާހަކަތައްވެސް ކިޔައި އެކަމުގެ ދީނީ ޙުކުމްތައްވެސް ބަޔާންކޮށްދެއްވަންވާނެ ނޫންތޯއެވެ؟ މަޖިލީހުން މަލީޙް ޖަމާލު މަޤާމުން ދުރުކުރި ދުވަހު ތެޅިގެންފައި އިސްލާމިކް މިނިސްޓްރީން ޢަމަލުކުރި ގޮތަށް އަބަދު ކަންކަން ކުރަން ހެޔޮވެދާނެތޯއެވެ؟

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް