އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެބޯޝަން ހަދައިގެން ފާފަވެރިވާން ބޭނުން ނުވެފަ ދައްތަގެ ހިތް ކަތިލައިގެން އުފާވެރިކަން ބޭނުންނުވުމުން ފިރިމީހާ، އަނބިމީހާގެ ކޮއްކޮ މަރާލި ގޮތުގެ ވާހަކަ-

އެބޯޝަން ހަދައިގެން ފާފަވެރިވާން ބޭނުން ނުވެފަ ދައްތަގެ ހިތް ކަތިލައިގެން އުފާވެރިކަން ބޭނުންނުވުމުން ފިރިމީހާ، އަނބިމީހާގެ ކޮއްކޮ މަރާލި ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 3 ސިކުންތު

މީހުންގެ އަމިއްލަ އެދުން ބޮޑުވެފައިވާވަރުން އިތުބާރުކުރެވެން އޮތީ ކާކަށް ހެއްޔެވެ؟ އެންމެ ޣާތް މީހުންނަކަށްވެސް، ދެމަފިރިން އެކަކު އަނެކަކަށްވެސް އިތުބާރުކުރެވޭކަށް ނެތެވެ. ހުރިހާވެސް މައްސަލައަކީ ތެދުވެރިކަމާއި ތެދުވެރިން ނެތި ހުސްވަމުން ދިއުމެވެ. ކޮންމެވެސް އެއްޗެއް ބޭނުންކޮށްގެން މަސްތުވެ ސިކުނޑި ގޮއްވާލުން ޢާންމުވުމެވެ. 

މިއަދުގެ މިޙާލަތުގައި އޮތީ ކޮންމެ މީހަކުވެސް އެކަންކަމަށް ހޭލުންތެރިވުމެވެ. އިތުބާރު ނުކުރާކަމަށް ނުބުނި ނަމަވެސް ހަމައެކަކަށްވެސް އިތުބާރު ނުކުރުމެވެ. މިކިޔައިދެނީ އެފަދަ ވަރަށް ޢިބްރަތްތެރި ޙާދިސާއެއްގެ ވާހަކައެކެވެ. 

އަހަރެން އެމީހަކު ދެކެ އެންމެ ލޯބިވީ މީހާ އާއި ކައިވެނިކުރީމެވެ. އެއީ ތަނަވަސް މީހެކެވެ ފުދުންތެރިއެކެވެ. ކައިވެންޏަށްފަހު ފިރިމީހާ ބޭނުންވީ އެއިރު އަހަރެމެންގެ ގޭގައި ދިރިއުޅެމުން ދިއަ އަހަރެންނާއި އަހަރެންގެ އަންހެން ކޮއްކޮވެސް އޭނާގެ ގެއަށް ގެންދާށެވެ. 

އަހަރެމެންގެ ހުރި ފަޤީރުކަމާއިއެކު ކޮއްކޮ އެކަނި ގޭގައި ބަހައްޓާފައި ދިއުމަށްވުރެ އެގޮތް ރަނގަޅުވާނެ ކަމަށް އުންމީދުކޮށް އަހަރެންވެސް ފިރިމީހާގެ ހުށަހެޅުން ޤަބޫލުކޮށް ކޮއްކޮވެސް ގެއަށް ގެންދިއައިމެވެ.  

ވަރަށް އުފަލުގައި ދިރިއުޅެމުންދާތާ އަހަރެއްހައި ދުވަސްވެސް ނުވަނީސް ކުރިމަތިވީ އެހައިތަނަށް ޙަޔާތުގައި ކުރިމަތިވި އެންމެ ބޮޑު ހިތާމައެވެ. ކޮއްކޮ ކައިވެންޏަކާއި ބަލިވެ އިނީއެވެ. ސުވާލުކޮށްކޮށްވެސް ކާކަށް ކަމެއް ނުބުންޏެވެ. 

އެކަމުގެ ކަންބޮޑުވުމުގައި ހުންނަތާ ދިހަވަރަކަށް ދުވަސްވީތަނާ ދެން ކުރިމަތިލާން ޖެހުނީ ޙަޔާތުގައި އެހައިތަނަށް ލިބުނު އެންމެ ބޮޑު ހިތްދަތިކަމާއިއެވެ. ކުރިމަތިލާން ޖެހުނީ ދުވަހަކު ވެސް ފޫނުބެއްދޭނެ ބޮޑު ގެއްލުމާއި އަނޔާ އާއިއެވެ. 

ފެނުނީ ކޮއްކޮ ކުއްލިގޮތަކަށް މަރުވެފައިވަނިކޮށެވެ. ޕޯސްޓްމޯޓޮމް އިން އެނގުނީ ބޮވިފައިވާ ވިހައެއްގެ ސަބަބުން ކަމެވެ. ސުވާލަކީ އެފަދަ ބާރުގަދަ ވިހައެއް އޭނާއަށް ލިބުނު ގޮތެކެވެ. އަދި ފުލުހުންގެ ތަޙްޤީޤަށްވެސް ކުރިމަތިވި އެންމެ ބޮޑު ސުވާލަކީ ސީސީޓީވީގެ ފުޓޭޖުން އެނގޭ ގޮތުގައި ކޮއްކޮ އަހަރެންނާއިއެކުގައި ނޫނީ ގެއިން ބޭރަށް ގޮސްފައެއް ނުވެއެވެ. ފިރިމާހާ އާއި އަހަރެން ނޫނީ ގެއަށް ވަދެފައެއް ނުވެއެވެ. ގޭގައި އުޅުނީ އަހަރެމެން 3 މީހުން އެކަންޏެވެ. ވަދެނުކުމެފައިވަނީވެސް އަހަރެމެން 3 މީހުން އެކަންޏެވެ. 

ހުރިހާ ކަމެއްގެ ޖަވާބުލިބިގެންދިއައީ 3 މަސް ދުވަސްފަހުންނެވެ. ހުރިހާ އެއްޗެއް ޑިލީޓްކޮށްފައިވީނަމަވެސް ފުލުހުންގެ މަސައްކަތުން ފޯނުގައި ހުރި މެސެޖުތަކާއި ކޮށްފައިވާ ކޯލްތަކުގެ ރެކޯޑް ލިބުމުންނެވެ. 

ޙަޤީޤަތް އެނގުމުން ބަސްހުއްޓުނެވެ. ބުނާނެ އެއްޗެއް ނުއެނގި މަޑުން އިންނަން ޖެހުނެވެ. ފުލުހުން މިހުރިހާ ކަމެއް ހާމަކުރީ ގެއަށް އައިސް އަހަރެންނާއި ފިރިމީހާގެ ޙާޒިރުގައެވެ. ކޮއްކޮ ބަލިވެ ބޭންދީވެސް އަދި ކޮއްކޮގެ ޤާތިލަކީވެސް އެކެކެވެ. އަހަރެން އެމީހަކު ދެކެ އިންތިހާއަށް ލޯބިވީ އަދި އެންމެ އިތުބާރުކުރި އަހަރެންގެ ފިރިމީހާ އެވެ. 

އަހަރެން އެވަގުތު ފުލުހުންގެ ކިބައިން އެދުނީ ހަމަ އެންމެ ކަމަކަށެވެ. އަހަރެން ބަލަހައްޓައދެވޭނެ ހޮސްޕިޓަލަކަށް އަހަރެން ގެންގޮސްދިނުމަށެވެ. އެކަން ފުލުހުން ކޮށްދިނެވެ. އަދި ޤަޞްދުގައި މީހަކު މެރިކަމުގެ ކުށުގައި ވަގުތުން ފިރިމީހާ ހައްޔަރުކުރިއެވެ. 

ފިރިމީހާ އަހަރެންގެ ކޮއްކޮ މަރައިލީ އެބޯޝަން ހަދަން އެއްބަސްނުވުމުންނެވެ. އަދި އަހަރެން ވަރިކޮށްފައި ކޮއްކޮއާއި ކައިވެނިކުރަން ހުށަހެޅި ހުށަހެޅުންވެސް ޤަބޫލުނުކުރުމުންނެވެ. ކޮއްކޮ ބުނެފައިވަނީ އެބޯޝަން ހަދައިގެން ފާފަވެރިވާން ބޭނުން ނުވާކަމަށެވެ. އަދި ދައްތަގެ ހިތް ކަތިލާފައި އުފާވެރިކަން ބޭނުންނުވާކަމަށެވެ. 

އަހަރެންގެ ކޮއްކޮއާއިމެދު ފަޚުރުވެރިވަމެވެ! ފުރަތަމަ ކަމަކަށް ﷲ އަށް ބިރުވެތިވެ އެބޯޝަން ހަދަން އެއްބަސްނުވީތީއެވެ. ކޮއްކައަށް ޝުކުރުވެރިވެސް ވަމެވެ. އަހަރެންނަށް ހިތްދަތިކަމެއް ދޭން ބޭނުންނުވީތީއެވެ. މިފަދަ ކޮއްކޮއިން މިހާރު ވަރަށް މަދުވާނެއެވެ. 

ފިރިމީހާ އޭނާއަށް އެބުއިން ދީފައިވަނީ ޤަޞްދުގައި މަރަން ނޫންކަމަށާއި ދަރިފުޅު ވައްޓައިލުމަށް ކަމަށް ތަޙްޤީޤްގައި ބުނެ އަހަރެންގެ ކިބައިން މާފަށް އެދުނެވެ. އަހަރެން ބުނީ ﷲ ގެ ޙަޟްރަތުންނާއި ކޮއްކޮގެ ކިބައިން މާފު ހޯދުމަށެވެ. 

އަހަރެން ކުރި ދުޢާއިންނާއި އަހަރެން ކުރި މަސައްކަތުން ދިރިހުރުމުގެ އުންމީދު އަހަރެންނަށް ލިބުނެވެ. ފިރިމީހާ އޭނާގެ ތަނަވަސްކަމާއި ގެދޮރުވެސް ބަދަލެއްގެ ގޮތުން އަހަރެންނަށް ހަދިޔާއަކަށް ހުށަހެޅިއެވެ. ނަމަވެސް ފިރިމީހާގެ އެއްވެސް އެއްޗެއް އަހަރެން ބޭނުމެއް ނުކުރަމެވެ. މައިންބަފައިންގެ ކިބައިން ވާރުތަވެފައި ހުރި ގެއަށް ގޮސް އެކަނިމާއެކަނި ދިރިއުޅެން ފެށީއެވެ. 

އެއިގެ އަހަރެއްހައި ދުވަށްފަހުން އަވަށްޓެރި އަހަރެން ފަދަ ފަޤީރަކާއި ކައިވެނިކޮށްގެން އެކުގައި ދިރިއުޅެން ފެށީއެވެ. އަހަރެންގެ ވަޞިއްޔަތް ޤަބޫލުކުރަން ގިނަ އަންހެނުންނަށް އުނދަގޫވެދާނެއެވެ. ނަމަވެސް އަހަރެންގެ ވަޞިއްޔަތަކީ އުޑުގައި ގެންގުޅެން ބުނި ނަމަވެސް ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބެން އޮތް ނަމަވެސް އެމީހަކާއި އެއްފެންވަރުގެ ފރިހެނަކާއި ނޫނީ ކައިވެނިނުކުރުމެވެ. 

މުއްސަނދިންނަކީ ހިތްފުރޭނެ ބައެއް ނޫނެވެ. ތީޖޫރީތައް ފުރެންދެން ފައިސާ ހުރުމުންވެސް ހިތް ނުފުރޭ ފަދައިން ޝަހުވަތްތެރިކަމުގައިވެސް އެމީހުންގެ ހިތެއް ނުފުރޭނެއެވެ. ނިކަމެތިންގެ ލޭބޯންވެސް އެމީހުން ޖެހިލުމެއް ނުވާނެއެވެ. 

ފރިމީހާ ކޮއްކޮ އަތުލައި ގަންނާނެ ފުރުޞަތު ހޯދި ގޮތްވެސް ބުނެދޭނަމެވެ. އޭނާގެ އެއް ވިޔަފާރި ހިންގަން އަހަރެންނާއި ޙަވާލުކުރީއެވެ. މަސައްކަތު އަހަރެން ދިއުމުން ލިބޭ ހުސްވަގުތުގެ ބޭނުން ހިފީއެވެ. މިކަމުން ވެސް އެނގެނީ އެމީހުންގެ އަމިއްލަ އުފާ ޙާޞިލުކުރަން ހަދާނެ މަކަރު ނުވެސް ވިސްނޭނެ ކަމެވެ.

 

--ޒައިނަބް ޚާން، ފައިޞަލް އާބާދު، އންޑިއާ

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް