އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދައުލަތުގެ ތިޖޫރީތައް ފޫގޮސް ހުސްވެ އައިސްޕްލާންޓެއް އަޅައިލާނެ ފެންވަރު ނެތީމާ މެންކުގެ މިދުޢާ ކުރަން އެބަޖެހޭ!

ދައުލަތުގެ ތިޖޫރީތައް ފޫގޮސް ހުސްވެ އައިސްޕްލާންޓެއް އަޅައިލާނެ ފެންވަރު ނެތީމާ މެންކުގެ މިދުޢާ ކުރަން އެބަޖެހޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

މީރާއަށް ބަލައިގަންނަ ފައިސާ ބަރާބަރަށް ދަނީ އިތުރުވަމުންނެވެ. އެހެންނަމަވެސް އެންމެ ކުޑަމިނުން އައިސްޕްލާންޓެއް އަޅައިލެވޭނެ ފެންވަރުވެސް ނެތިގެން ބޭރު ޤައުމުތަކަށް ދަރައި ވިކެމުންދަނީއެވެ. ދެނީ ލޯނެވެ. ދައްކަން ޖެހެނީ ރައްޔިތުންނަށެވެ. މަޝްރޫޢު ހިންގުމުގެ ނަމުގައި އައިސް ފަތުރަނީ އެމީހުންގެ ދީނެވެ. މަޝްރޫޢުތައް ފަށަނީވެސް ފައުޅުގައި އެމީހުންގެ ދީންތަކަށް ބޮޑެތި އަޅުކަންކޮށް މުންކަރާތްތައް ޢާންމުކުރަމުންނެވެ. މާތް ﷲ ގެ ލަޢްނަތް ޙައްޤުވާ ގޮތަށެވެ. 

މިޙާލަތަށް ޤައުމުގެ ކަންކަން ވެއްޓުމުން މިލިޔުމުގެ ހަނދާން އައުކޮށްލަން އެބަޖެހެއެވެ. 

މުޅި ދުނިޔެއަށް ބެލި ނަމަވެސް މުސްލިމުން މިއަދު މިވަނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެތެރޭގައެވެ. ހާސްކަމާއި ކަންބޮޑުވުމުގެ ތެރޭގައެވެ. ޚަޒާނާގައި ތަނަވަސްކަން ހުރެ އެންމެ ފަޤީރު ޙާލަތުގައެވެ.

އެންމެ ބޮޑު ކަންބޮޑުވުމަކީ މުސްލިމް އުންމަތަކީ އެންމެ ތަނަވަސްކަން ބޮޑު އުންމަތް ނަމަވެސް ވެރިންގެ ކިބައިގައި ތެދުވެރިކަމާ އިޚްލާޞްތެރިކަން ނެތުމުން ކާފިރުންނަށް ވިކިހުސްވެގެން ތިބުމެވެ. ކާފިރުންނަށް އަޅުވެތިވެ ކާފިރުން ބުނާހައި ގޮތަކަށް ކަންކަން ކުރަމުން ގެންދިއުމެވެ. އެމީހުން ބޭނުންވާހައި ގޮތަކަށް ކަންކަންކުރަން ދޫކޮށްލެވޭކަމެވެ. ދެކޮޅަށް ބަހެއް ބުނުމުގެ ބާރު ވެރިންގެ ކިބައިގައި ނެތުމުންނެވެ. 

މިޙާލަތުގައި ކުރަން މުފްތީ މެންކް އިލްތިމާސްކުރައްވާފައިވާ ދުޢާ: 

ޔާ ﷲ! މިއަދު އަޅަމެންގެ ވަށައިގެން ހިނގަމުން މިދަނީ އެކަންކަމުގެ ހަޤީޤަތް ނުއެނގޭ ކަންތައްތަކެކެވެ. އެކަންކަމަށް ކުރިމަތިލުމުގެ ހިތްވަރު އަޅަމެންނަށް ދެއްވަވާނދޭވެ! ފެންނަމުން މިދަނީ އަޅަމެންގެ އެއްވެސް ބާރެއް ނެތްކަމާއި ނިކަމެތިކަމެވެ. އަބަދުވެސް ތިބެންޖެހިފައި މިވަނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. 

ހުރިހާ ކަމެއްގެ ކޮންޓްރޯލް ވަނީ ހަމަ އިނބަ ﷲ ގެ ޙަޟްރަތުގައެވެ. އަޅަމެންނަށް ކުރިމަތިވެފައިވާ ނުރައްކާތެރި ޙާލަތުން އަޅަމެން ސަލާމަތްކުރައްވަވައިދެއްވަވާނދޭވެ! އާމީން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް