އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

3 މިލިއަން ރިޔާލައިގެ ހަދިޔާ ގަނެފަ ދިނުމުން އަތް ނުލެވޭ ހަދިޔާ މާބޭނުންކަމަށް ބުނި އަންތބެއްގެ ވާހަކަ-

3 މިލިއަން ރިޔާލައިގެ ހަދިޔާ ގަނެފަ ދިނުމުން އަތް ނުލެވޭ ހަދިޔާ މާބޭނުންކަމަށް ބުނި އަންތބެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 26 ސިކުންތު

މިހައިތަނަށް ހޯދިފައިވާ ހޯދުންތަކަށް ބަލާއިރު ނުވަތަ ކުރެވިފައިވާ ދިރާސާތަކުން އެނގޭ ގޮތުގައި ދެމަފިރިން އެކުގައި އެއްދާން ކުރުމުގައި ދެމީހުން ބޭނުންވާ ގޮތުގައި ވަރަށް ތަފާތެއް އޮންނަ ކަމެއް ވަނީ ފާހަގަކުރެވިފައެވެ. 

އެއީ ގިނަ ފިރިހެނުން ބޭނުންވަނީ އެކުގައި ހޭދަކުރާ ވަޤުތުކުރުކޮށްލައި އަވަހަށް ބޭނުން ފުއްދާލައިގެން އަވަހަށް ނިދާށެވެ. ނަމަވެސް ގިނަ އަންހެނުން ބޭނުންވަނީ އެގޮތެއް ނޫނެވެ. ގިނަ އަންހެނުން ބޭނުންވަނީ އެނދުގައި އޮށޯވެލައިގެން ތިބެ ދެމީހުން އެކުގައި ހޭދަކުރާ ވަޤުތު ގިނަކުރާށެވެ. ލޯބިން ވާހަކަދައްކާލައި ގައިގައި ފިރުމައިލަން މަޑުކޮށްލާ ވަޤުތުގިނަކުރާށެވެ. 

ކޮންމެއަކަސް މިކަންކަމަކީ އެކި މީހުންނަށް ބޭނުންވާގޮތް ތަފާތުވެދާނެ ކަމެކެވެ. ދިރިއުޅެންޖެހޭ ޙާލަތާއި ކުރަންޖެހޭ މަސައްކަތުގެ ސަބަބުން މިއީ ބަދަލުތައް އަތުވެދާނެ ކަންކަމެވެ. ބޭނުންވާ ގޮތް ތަފާތުވެދާނެ ކަންކަމެވެ. 

މިހެން ބުނީމާ ތިއަދައްކާ ވާހަކައާއި ގުޅޭ އާޔަތެއް ނުވަތަ ޙަދީޘްފުޅެއް ދައްކަންބުނެފާނެއެވެ. އެހެންވެ ފަށަމުންވެސް ބުނީ މިވާހަކަ މިދައްކަނީ ދިރާސާތަކުގެ މައްޗަށް ބަލައިކަމަށެވެ. ދެން ކުރާނެ ސުވާލަކީ ދަރުސްތަކުގައި ތިއަވާހަކަ ދައްކަންޖެހޭހެއްޔެވެ؟

ޖަވާބަކީ އާނއެކެވެ! ދައްކަން ޖެހެއެވެ. އެއީ ދެމަފިރިންގެ މެދުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކުގެ ވާހަކަ ގިނަގިނައިން ދައްކަން އެބަޖެހެއެވެ. ދެމަފިރިންގެ މެދަށް ޝައިޠޯނާ ވަންނަން ކުރާ މަސައްކަތަށް ހުރަސް އަޅަން މަސައްކަތްކުރަން ޖެހެއެވެ. އެކަން ކުރެވެން އޮތީ އެކަކު އަނެކަކަށް އިޙްތިރާމްކޮށްގެންނެވެ. އަނެކާ ބޭނުންވާ ގޮތަށް ތިމާވެސް ދީލާލައިގެންނެވެ. 

މިހިސާބުން ވަރަށް ކުޑަކުޑަ މިޘާލެއް ވެސް ބުނެލާނަމެވެ. ތަނަވަސް މީހަކު އެންމެ އަގުބޮޑު އެއްކާރު ގަނެގެން އަދި އަގުބޮޑު ގަހަނާތަކެއް ގަނެގެންގެންގޮސް އަނބިމީހާއަށް ހަދިޔާކުރީމާ ބުނީ ކީކޭކަން އެނގޭހެއްޔެވެ؟ "ތިއަދިން އަތްލެވޭ ހަދިޔާއަށްޓަކާ ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. އެކަމަކު ބޮޑަށް ބޭނުންވެގެން އިންތިޒާރު މިކުރަނީ އަތްނުލެވޭ ހަދިޔާއަށެވެ." 

ފިރިމީހާވެސް ވަރަށް ލޯބިން ތިއަބުނާ އަތް ނުލެވޭ ހަދިޔާއަކީ ކޮބައިތޯ ސުވާލުކުރުމުން ދިން ޖަވާބަކީ، "އެކުގައި ބޭރަށް ގޮސް ވަޤުތުކޮޅެއް ހޭދަކޮށްލުން، ނިދަން އޮށޯވެފައި އަވަހަށް ނުނިދައި އެކުގައި ވަޤުތުކޮޅެއް ހޭދަކޮށްލުން" ކަމަށެވެ. ފިރިމީހާ ލޯބިން ބައްދާލާފައި ބުންޏެވެ. "އަޅެ! ކުރިން ވިސްނުނުނަމަ މިއަދު 3 މިލިއަން ރިޔާލަ އަތަކުން ނުދިއައީހެވެ! ދޭ އަތްލެވޭ ހަދިޔާވެސް ޤަބޫލުކުރާށެވެ! ތިއަބުނި ފަދަ އަތްނުލެވޭ ހަދިޔާތައްވެސް ދޭނަމެވެ. އިން ޝާ ﷲ" 

އަދިވެސް ފާހަގަކޮށްލާނަމެވެ. ފިރިމީހާގެ ޝަކުވާކުރަން އަންނަ ގިނަ އަނބިން ޝަކުވާކުރަނީވެސް މެސެޖްކުރަނީވެސް އެމީހުންނަށް ބޭނުންވާ ލޯތްބާއި އަޅައިލުން ނުލިބިގެންނެވެ. އެހެންކަމަށްވާއިރު ދެން ނިކަން ބުނެބަލާށެވެ! މިވާހަކަ ނުދައްކައި ތިބެވެން އެބައޮތް ހެއްޔެވެ؟ 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކިތަންމެ މަސައްކަތް ބުރަ ނަމަވެސް އެ އަނބިމީހާ އެބުނިފަދައިން އަތްނުލެވޭ ހަދިޔާދޭށެވެ. ގިނަގިނައިން ދޭށެވެ. ކިތަންމެ އަގުބޮޑު ތަންމައްޗެއްގައި ދެމަފިރިން ނިދި ނަމަވެސް އެނދުގައި އޮށޯންނަ ގޮތަށް ނިދީމާ ލިބޭނީ އުފަލެއް ހެއްޔެވެ؟ އުފާވެރިކަން ލިބޭނީ ދެމީހުން އެކުގައި ހޭލައި ތިބެ ހޭދަކުރާ ވަޤުތު ގިނަކޮށްގެން ނޫން ހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން    

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް