އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: 2 ދަރިން ތިބީތީ ގެއަށް ނުވެއްދި ޅީދަރިފުޅު ގެއަށް ވައްދަން މަޖުބޫރުވެ ޚިދުމަތް ލިބެން ފެށުމުން އަމިއްލަ ދަރިފުޅަށްވުރެ ލޯބިވާންޖެހުނު ގޮތުގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: 2 ދަރިން ތިބީތީ ގެއަށް ނުވެއްދި ޅީދަރިފުޅު ގެއަށް ވައްދަން މަޖުބޫރުވެ ޚިދުމަތް ލިބެން ފެށުމުން އަމިއްލަ ދަރިފުޅަށްވުރެ ލޯބިވާންޖެހުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 44 ސިކުންތު

އަޅުގަނޑުގެ ހުރީ އެންމެ ދަރިއެކެވެ. އެއީ ފިރިހެން ކުއްޖެކެވެ. ނުހަނު ލޯބިން ބަލައި ބޮޑުކޮށް ކިޔަވައިދީ އަދި ވަޒީފާވެސް ހޯދައިދިންތަނާ އެއް ދުވަހަކު ގެއަށް އައީ އަންހެނަކާއި އޭނާގެ ދެ ދަރިން ގޮވައިގެންނެވެ. ބުނީ އެދެކުދިން ދެކެ ވެސް ވަރަށް ލޯބިވާ ކަމަށާއި ދެކުދިންގެ މަންމަ ދެކެ ވަރަށް ބޮޑަށް ލޯބިވާ ކަމަށެވެ. އަދި ކައިވެނި ކުރުން އަވަސްކުރަން ބޭނުން ކަމަށެވެ. 

އަޅުގަނޑަކަށްވެސް އަޅުގަނޑުގެ މަންމައަކަށްވެސް އެކަން ބަލައެއް ނުގަނެވުނެވެ. ނަތީޖާއަކަށްވީ ދަރިފުޅު ގެއިން ނުކުމެގެންދިއުމެވެ. ހަމައެކަނި ގެއިން ދިއައީވެސް ނޫނެވެ. ކައިވެނިވެސްކުރީއެވެ. ކައިވެނިކޮށްގެންވެސް ގެއަށް އައިސް އަހަރެމެންގެ ހެޔޮދުޢާއަށް އެދުނެވެ. އަހަރެމެން ދެމައިން އެދުވަހުވެސް ދެކޮޅުހަދައި ފޮނުވައިލީއެވެ. އެދުވަހު ގެއިން ދަމުން ބުނީ ދެން ދުވަހަކުވެސް އެނބުރި ނުއަންނާނެ ކަމަށެވެ. 

ދަރިފުޅާއި ގުޅުން ކަނޑާލައިގެން ކެތްކުރެވުނީ ދުވަސްކޮޅަކުއެވެ. މަންމަގާތުގައި އެވާހަކަ ދެއްކުމުން ބުނީ ހުރީ އެންމެ މާމަ ދަރިއެއް ނަމަވެސް އެހެން މީހެއްގެ 2 ދަރިންނާއިއެކު ދެމަފިރިން ގެއަށް ނުވައްދާނެ ކަމަށެވެ. އަދި މަންމަ މިހުންނަނީ ދަރިފުޅު ކައިވެނިކުރަން ވަރަށް ރަނގަޅު ކުއްޖަކަށް ވިސްނައިގެންވެސް ކަމަށެވެ. 

އެއީ މަންމަގެ ކުރިމަތީގައި ބަހެއް ބުނެވުނު ފުރަތަމަ ދުވަހެވެ. ބުނެވުނެވެ. "މަންމާއެވެ! އަޅުގަނޑުވެސް ކައިވެނިކުރީ މަންމަ ދެއްކި މީހަކާއިއެވެ. އަނިޔާލިބި ބިކަޙާލުގަ ޖެހުން ނޫންކަމެއް ވެއްޖެހެއްޔެވެ؟ ދަރިއަކު ދީފައި ފިލައިގެން ދިއަފަހުން އަދިވެސް އިންނަންޖެހިފައި މިވަނީ ހުވަފަތް އަންހެނެއް ހެންނެވެ؟ މަންމަ ދެއްކި މީހާ އަހަރެމެން ދެމައިން އެއްލައިލާފައި ދިއުމުން ދެމައިން އެކަނިވީފަދައިން އަޅުގަނޑު އެކަނި ބަލައި ބޮޑުކުރި ދަރިފުޅު އެކަނި އުޅޭކަށް ދުލެއް ނުކުރާނަމެވެ. މިގެއަށް އެމީހުން ނުވައްދާނަމަ އަޅުގަނޑުވެސް ނުކުމެގެންދާނީ" ކަމަށެވެ.

މަންމަގެ ޖަވާބަކަށްވީ މަންމަގެ ނިންމުން ބަދަލުނުކުރާނެ ކަމަށާއި ދާންބޭނުންނަމަ އަޅުގަނޑުވެސް ގެއިން ދިއުމެވެ. މައިމީހާއަށް ހެޔޮކޮށް ހިތަން އޮންނަކަން އެނގެއެވެ. އެކަމަކު ދަރިފުޅަށް މައިމީހާ އެންމެ މުހިންމުވީ ދުވަހު ދަރިފުޅުވެސް އެއްލައިލާކަށް ނުއޮވެއެވެ. އެހެންވެ މަންމަގެ ޙާލުބަލަން އަންނާނެ ކަމަށާއި އެއްވެސް ކަމަކަށް ބޭނުންވެއްޖެނަމަ ގުޅަން ބުނެފައި ދިއައީއެވެ. 

ދަރިފުޅުގެ ދެމަފިރިންވެސް ދެކުދިންވެސް އަޅުގަނޑަށް ހޫނު މަރުޙަބާއެއް ކިޔެވެ. މާފަށް އެދުނީމެވެ. މާފުކުރިއެވެ. އެހިސާބަށް ކުރިން ހިނގާފައި ހުރިކަންކަމަކީ ނުހިނގާ ކަންކަމަށް ހަދައި "ޕީސް" ހަދައިލީއެވެ. މާމައަކަށް ހެދިގެން ލޯބިން އެކުގައި އުޅެން ފެށުމުން ދަރިން ވަރަށް އުފާވިއެވެ. އެކަމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ.  

އެވަރުންވެސް މަންމަ ޕީސް ނުހެދިއެވެ. އަމާންދިނީ ބަލިވެ ހިރިނުލެވޭވަރުވުމުންނެވެ. މަންމަގެ އެދުމަށް އެންމެން ގެއަށް ބަދަލުވެ ގޭގައި އުޅެ މަންމައަށް ޚިދުމަތްކުރަން ފެށުމުން އެދަރިފުޅުގެ އަގުވަޒަންކުރެވި ކުރިން ނަފްރަތުކުރި އެދަރިފުޅުގެ އަގުވަޒަންކުރެވި އެދަރިފުޅުވެގެންދިއައީ މަންމަ އެންމެ ލޯބިވާ ދަރިފުޅަށެވެ. އަޅުގަނޑަށްވުރެވެސް ބޮޑަށް ލޯބިވާ ދަރިއަކަށެވެ. 

މިއީ އަޅުގަނޑު ބެލި ޙަޤީޤީ ވާހަކަ ގެނެސްދޭ ސީރީޒެއްގެ އެޕިސޯޑެއްގައި ކަންކަން ހިނގައިދިއަ ގޮތެވެ.  މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ މިއީ މިބާވަތުގެ ކަންކަމުގައި ހަމަ މެދުވެރިވާ ގޮތެވެ. ރާއްޖޭގައިވެސް ކަންކަން ހިނގާ ގޮތެވެ. ގިނައިން ބަފައިންނަށް ކުރިއަށް ނެރެވެނީ ދަރިންގެ އުފަލަށްވުރެ އެމީހުން ބޭނުންވާ ގޮތެވެ. އަޅުގަނޑުގެ މަންމަވިއްޔާ ބަލިޙާލުގައި ޖެހުމުން އަމާންދީފިތާއެވެ. ގިނަ މައިންބަފައިން މަރުވަނީވެސް ހިތްހެޔޮކޮށްލައި މާފުނުކޮށެވެ. އަޅުގަނޑުގެ ސުވާލަކީ އަދިވެސް ހަމަ ޙަސަދަވެރިކަމާއި ގޮތްދޫނުކުރުމުގެ މިނުބައި ސިފަ އިޞްލާޙްކުރަން ނުވަނީތޯއެވެ؟

 

--ޚަދީޖާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު