އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮޕަ ޑެލްރޭގެ އެންމެ ގަދަ މެޗުތައް ހަމައެކަނި މީޑިއާނެޓުން

ކޮޕަ ޑެލްރޭގެ އެންމެ ގަދަ މެޗުތައް ހަމައެކަނި މީޑިއާނެޓުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 41 ސިކުންތު

ދިވެހިންގެ މެދުގައި މަގްބޫލު ކުޅިވަރު މުބާރާތްތައް ދިވެހިންނާއި ހަމައަށް ފޯރުކޮށްދިނުމަށް އަބަދުވެސް މީޑިއާނެޓުންދަނީ މަސައްކަތްކުރަމުންނެވެ.

އެގޮތުން މިހާރުވެސް ހުރިހާ ބޮޑެތި ފުޓުބޯޅަ ލީގުތަކުގެ ހުރިހާ މެޗެއްގެ އިތުރުން އެހެން ކުޅުވަރުތައް ކަމުގައިވާ ކްރިކެޓް، ބެޑްމިންޓަން، ބާސްކެޓް އަދި ޓެނިސް މުބާރާތްތައް މީޑިއާނެޓު ކަސްޓަމަރުންނަށް ޓީވީ އަދި ފޯނު މެދުވެރިކޮށް ބަލާލެވެއެވެ. ފުޓުބޯޅައަށް ލޯބިކުރާ ހުރިހާ ފަރާތްތަކަށް މީޑިއާނެޓުން މިއަދު ފޯރުކޮށްދޭ އުފާވެރި ޚަބަރަކީ ސްޕެނިޝް ފުޓުބޯޅައިގެ އެންމެ ގިނަ ދުވަސްވީ ފުޓުބޯޅަ މުބާރާތް "ސްޕެނިޝް ކޮޕަ ޑެލް ރޭ" ފޯރިގަދަ ސެމީ ފައިނަލް މެޗުތަކުގެ ދެ ލެގާއި ފައިނަލް މެޗު މިފަހަރު މީޑީއާނެޓު ކަސްޓަމަރުންނަށް ލައިވް ކޮށް އައިސް ޕްލަސް ޗެނަލް މެދުވެރިކޮށް ބަލާލެވޭނެގޮތަށް ހަމަޖެހިފައިވާ ވާހަކައެވެ.

1903 ވަނަ އަހަރު ތަޢާރަފް ކުރެވުނު މި މުބާރާތަކީ ނޮކްއައުޓް އުސޫލުން ކުޅެވޭ، ސްޕެއިން ފުޓުބޯޅައިގެ ގަދަ ބާރުތައް ވާދަކުރާ މުބާރާތެކެވެ. ޖުމްލަ 126 ޓީމު ވާދަކުރާ މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ދެ ލެގަށް ބަހާލައިގެން ގޯލުގެ ގޮތުން ކުރި ލިބޭ ދެޓީމު ފައިނަލް ކުޅޭގޮތަށެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ 31 ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައިވާ ސްޕެއިންގެ އެންމެ ކާމިޔާބު އެއް ކްލަބު ކަމުގައިވާ ބާސެލޯނާއެވެ. 2022 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ވެލެންސިއާގެ މައްޗަށް ޕެނަލްޓީއިން ކުރި ހޯދައިގެން ރިއާލް ބެޓިސްއެވެ.

2023 ވަނަ އަހަރުގެ ކޮޕަ ޑެލްރޭ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ ޓީމުތަކަކީ އޮސަސޫނާ، އެތްލެޓިކް ކްލަބް، ބާސެލޯނާ އަދި ރިއާލް މެޑްރިޑްއެވެ. މިހާ ހިސާބުން މި މެޗުތަކަށް އަލިއަޅުވާލާނަމެވެ.

ސެމީ ފައިނަލް 1 : އޮސަސޫނާ – އެތްލެޓިކް ކްލަބް

ފުރަތަމަ ލެގް – 2 މާރޗް 2023 ، ރާއްޖެ ގަޑިން 01:00

ދެވަނަ ލެގް – 5 އޭޕްރިލް 2023 ، ރާއްޖެ ގަޑިން 01:00

މި މުބާރާތުގެ ސެމީ ފައިނުލަގައި ވާދަކުރާ އެތްލެޓިކް ކްލަބަކީ ތާރީޚަށް ބަލާއިރު ދެވަނައަށް މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެ ކްލަބުންވަނީ 39 ފަހަރު މި މުބާރާތުގެ ފައިނަލުގައި ކުޅެ 23 ފަހަރު ޗެމްޕިއަންކަން ހޯދާފައެވެ. އަނެއްކޮޅުން ވާދަކުރާ އޮސައޫނާ މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ 2005 ވަނަ އަހަރު އެކަނިއެވެ. އެފަހަރު އެ ޓީމުން ވަނީ މުބާރާތުގެ ރަނަރަޕްކަން ހޯދާފައެވެ.

ދެ ޓީމުގެ ކުޅުންތެރިންނަށް ބަލާލާއިރު އެތްލެޓިކް ކްލަބަކީ ސްޕެއިންއަށް ނިސްބަތްވާ މޮޅު ކުޅުންތެރިންތަކެއް ހިމެނޭ ޓީމެކެވެ. އެގޮތުން ސްޕެއިން ގައުމީ ޓީމުގެ ގޯލް ކީޕަރު އުނާއި ސިމޮން، ފޯވާރޑް ނީކޯ ވިލިއަމްސް އަދި ކުރިން މެންޗެސްޓަރ ޔުނައިޓެޑް އަދި ޕީ އެސް ޖީ ފަދަ ޓީމުތަކުން ވިދާލި މިޑްފީލްޑާރު އަންޑެރ ހެރޭރާ ފާހަގަކޮށްލެވެއެވެ. މި ލިސްޓުގައި ގާނާގެ ވަރުގަދަ މިޑްފީލްޑަރު އިނާކީ ވިލިއަމްސް ފާހަގަކޮށްލަން ޖެހެއެވެ. އިނާކީ ފާހަގަކޮށްލެވެނީ 3 ސީޒަނުގައި އެންމެ މިނެޓެއްވެސް ވައްޓާނުލާ ހުރިހާ މެޗެއް ކުޅުނު ކުޅުންތެރިޔަކަށް ވީމައެވެ.

އޮސަސޫނާ މިވަގުތު އޮތީ ސްޕެނިޝް ލީގުގެ 10 ވަނައިގައެވެ. ގިނަ މެޗުތަކުގައި ރަނގަޅު ކުޅުމެއް ނުދެއްކުނު ކަމުގައިވީނަމަވެސް ޓީމު ކޮޕް ޑެލްރޭ ސެމީ ފައިނަލަށް ދަތުރުކޮށްފައި މި ވަނީ ވަރުގަދަ ސެވިއްޔާ ފަހަތަށް ޖައްސާލުމަށްފަހުއެވެ. ޓީމުގެ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ ކެޕްޓަން ޑޭވިޑް ގާސިއާ އަދި ލޯނު އުސޫލުން ޓީމަށް ކުޅެމުން އަންނަ މުހިއްމު ކުޅުންތެރިއާ ބާސެލޯނާގެ އަބްދޭ އަދި އާރޖެންޓީނާ ފޯވަޑް ޗިމީ އަވިލާ އެވެ. 

ސެމީ ފައިނަލް 2 : ރިއާލް މެޑްރިޑް – ބާސެލޯނާ

ދުރަތަމަ ލެގް – 3 މާރޗް 2023 ، ރާއްޖެ ގަޑިން 01:00

ދެވަނަ ލެގް – 6 އޭޕްރިލް 2023 ، ރާއްޖެ ގަޑިން 01:00

"އެލް ކްލެސިކޯ" އޭ ބުނީމަ އެއީ ދިވެހިންނާ ބީރައްޓެހި ނަމަކަށް ނުވާނެއެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ދެ ޓީމު އަދި ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރާ ދެ ޓީމު ކަމުގައިވާ ބާސެލޯނާ އަދި ރިއާލް މެޑްރިޑް ގެ ކުރިމަތިލުން "އެލް ކްލެސިކޯ" މިފަހަރު ދިމާވެފައި މިވަނީ ކޮޕަ ޑެލްރޭގެ ސެމީ ފައިނަލާއެވެ. މި ދެޓީމު މި މެޗަށް ކުރިމަތިލާއިރު ފާހަގަކޮށްލެވޭ އަނެއްކަމަކީ ސްޕެނިޝް ލަލީގާގައި ބާސެލޯނާ އެއްވަނައިގައި އަދި ރެއާލް މެޑްރިޑް ދެވަނައިގައި އޮވެ އެ ތަށި ހޯދުމަށް ހަނގުރާމަ ކުރަމުންދާކަމެވެ.

މި މެޗުގައިވެސް ޗެމްޕިއަންސް ލީގުގައި ލިވަރޕޫލްއާއި ދެކޮޅަށް މޮޅު ކުޅުމެއް ދެއްކި ބްރެޒިލްގެ ވިނީޝިއަސް ޖޫނިއަރ އަދި ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ 2022 ވަނަ އަހަރު ބެލޮންޑިއޯރ ކާމިޔާބުކުރި ޕްރާންސްގެ ކަރީމް ބެންޒީމާގެ ހުނަރު ފެނިގެންދާނެއެވެ. ކޯޗް އެންޗެލޯޓީގެ ރޭވުންތައް ބޮޑެތި މެޗުތަކުގައި އަބަދުވެސް ފާހަގަކޮށްވެނީ ތަފާތު މޮޅުކޮށެވެ. ޗެމްޕިއަންސް ލީގުގައި ފަހަތުން އަރައި 5 ގޯލު ޖަހައި ލިވަރޕޫލް ބަލިކުރި މެޗުގައި އޭނާގެ ރޭވުންތެރިކަމަށް ތަޢުރީފު ހައްގެވެ.

ބާސެލޯނާގެ ހުނަރުވެރި މިޑްފީލްޑަރު ޒުވާން ކުޅުންތެރިއާ ޕެޑްރީ އަދި ހަލުވި ފޯވާރޑް ޑެމްބެލޭ އިންޖަރީގައި ހުރުމަކީ ޓީމުގެ ކުޅުމަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އައުން އެކަށީގެންވާ ކަމެކެވެ. ނަމަވެސް ހުނަރުން ފުރިގެންވާ ބާސެލޯނާ ޓީމުން އެތަން ފޫބައްދައި މޮޅު ކުޅުމެއް ދައްކާނެ ކަމީ ޝައްކެއްނެތް ކަމެކެވެ. ގޯލާއި ރައްޓެހި ފޯވަޑް ލެވަންޑޯސްކީ އަދި ޒުވާން މިޑްފީލްޑަރު ގަވީގެ ބޭނުން އެންމެ ހިފޭނެ ގޮތަކަށް ކޯޗް ޒަވީގެ ރޭވުންތެރިކަން ބައްޓަންކުރާނެކަން ޔަގީނެވެ. މި ޓީމުގެ ވަރުގަދަކަން ސްޕެނިޝް ލަލީގާގެ ޓޭބަލް 1 ވަނައިގައި 59 ޕޮއިންޓާއެކު އޮތުމުން އެނގިގެންދެއެވެ.

މީޑިއާނެޓުން ދިވެހިންނާއި ހަމައަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޅެވޭ ފުޓުބޯޅައިގެ އެންމެ ފޯރިގަދަ މުބާރާތްތަކާއި މެޗުތައް ގެނެސްދިނުމަށް ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މެޗުތައް ޓީވީ ސްކްރީންތަކުން އަދި މީޑިއާނެޓުގެ ފޯން އެޕްލިކޭޝަން އެމް އެސް ޑިޖިޓަލް މެދުވެރިކޮށްވެސް ބަލާލެވޭނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު