އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަރްމްފުޅު އަރިހުގަހުރެ ފައިސާ ދެއްވެވުން އެދި ދުޢާކުރިމީހާ ކުރިދުޢާ-: މުފްތީ މެންކް

ޙަރްމްފުޅު އަރިހުގަހުރެ ފައިސާ ދެއްވެވުން އެދި ދުޢާކުރިމީހާ ކުރިދުޢާ-: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

އެއީ ދުވަސްކޮޅެއް ކުރިން ޢާންމުވި ވީޑިއޯއެކެވެ. އެތައް މިލިއަން ބައަކު ބަލައި ސަމާލުކަންދިން ވީޑިއޯއެކެވެ. ވީޑިއޯގައި ފެންނަނީ ޙަރަމްފުޅު އަރިހުގައި ހުރެގެން މީހަކު ދެއަތް އުފުލައި އޭނާއަށް ފައިސާ (ތަނަވަސްކަން) ދެއްވެވުން އެދި ދުޢާކުރާތަނެވެ. މީހަކު ބުނެއެވެ. ސުވަރުގެ ދެއްވެވުން އެދިގެން ދުޢާކުރާށެވެ. އޭނާ ބުނެއެވެ. އެކަމަށް ދުޢާކުރާނީ ފަހުންނެވެ. ފުރަތަމަ ބޭނުންވަނީ ތަނަވަސްކަމެވެ.

އޭނާ އެކުރީ ހުއްދަ ދުޢާއެކެވެ. ތަނަވސްކަނަ ދެއްވެވުން އެދިގެން ދުޢާކުރުން ހުއްދައެވެ. މުހިންމީ ތަނަވަސްކަން ދެއްވެވުމުން ހެޔޮ ގޮތުގައި ބޭނުން ހިފުމެވެ. އެހެން މީހުންނަށްވެސް އެއިން ޙިއްޞާކޮށް އެހީތެރިވެދިނުމެވެ. ވީމާ ތަނަވަސްކަމަށް އެދިގެން ދުޢާކުރުމަކީ މައްސަލައެއް ނޫނެވެ. 

ﷲ ތަޢާލާގެ މަގުގައި ހޭދަކުރާށެވެ! ނިޢްމަތްތައް އިތުރުކުރައްވަވައި ދެއްވަވާނެތެވެ. އެއީ އެއްވެސް މިންވަރަކަށް ޝައްކުވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އެއީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅެކެވެ. ވަޢުދުފުޅެކެވެ. މައްސަލައަކަށްވަނީ ތަނަވަސްކަން ލިބުމުން ދަހިވެތިވެ ﷲ ތަޢާލާގެ މަގުގައި ހޭދަނުކުރުމުންނެވެ. 

ތނަވސްކަން ލިބިގެންވާ މީހުން ބަލައިލަންޖެހޭނީ އެންމެ ކަމަކަށެވެ. އެއީ ތިމާއަށް ހޭދަމިކުރެވެނީ ރަނގަޅު މަގުގައިކަމެވެ. ރަނގަޅު ކަންކަމަށް ކަމެވެ. އެކަން ޔަޤިންކުރަން ވީހައި ބޮޑަށް މަސައްކަތްކުރަންވާނެއެވެ. ހޭދަކުރުމުގައި ދީލަތިވީވަރަކަށް އެމީހަކަށް ނިޢްމަތްތައް އިތުރުކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް