އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރެޑްވޭވްގެ ފިހާރަތައް ނުހިންގާނަމަ މުދަލުގެ އަގު ވަރަށް ބޮޑުތަނުން އުފުލިގެންދާނެ!: އަޙްމަދު ސަލީމް

ރެޑްވޭވްގެ ފިހާރަތައް ނުހިންގާނަމަ މުދަލުގެ އަގު ވަރަށް ބޮޑުތަނުން އުފުލިގެންދާނެ!: އަޙްމަދު ސަލީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

ރެޑްވޭވް ގްރޫޕުގފެ ފިހާރަތައް ނުހިންގާނަމަ ބޮޑުތަނުން ފިހާރަތަކުގައި މުދަލުގެ އުފުލިގެންދާނެ ކަމަށް ރެޑްވޭވް ގްރޫޕުގެ ޗެޢާމަން އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ. 

ކުރިން މަޖީދީމަގުގައި ހިންގި މަޝްހޫރު "އަގޯރާ ފިހާރަ" ރެޑްވޭވް ގްރޫޕުން ގަތުމަށްފަހު ބޮޑެތި ބަދަލުތަކަކާއިއެކު އަލުން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަލީމް ވިދާޅުވީ ރެޑްވޭވްގެ ފިހާރަތަކުން މުދައު ވިއްކާ އަގުހެޔޮ ކަމުން މިހާރުވެސް ގިނަ ބައަކު (ވިޔަފާރިވެރިން) ޝަކުވާކުރަމުން އަންނަ ކަމަށެވެ. "އަޅުގަނޑު ދަންނަވާނީ ރެޑްވޭވްގެ ފިހާރަތަކުން ހެޔޮ އަގުގައި ތަކެތި ވިއްކަން މަސައްކަތް ނުކުރާނަމަ މިހާރުވެސް ބާޒާރުގައި އެއްޗެތިގެ އަގު 30،40 އިންސައްތަ އުފުލިގެންދާނޭ!"

ސަލީމް މިމޭރުމުން ވިދާޅުވެފައިވާއިރު މިހާރުވެސް ރޯދަމަހަށް ޚާއްޞަކޮށްގެން ގިނަ ބާވަތްތަކެއް ރެޑްވޭވެގެ ފިހާރަތަކުން ގެންދަނީ ހޯލްސޭލްކުރަމުންނެވެ. އެއިގެ ތެރޭގައި އަލަނާސިދަޅާއި މިހެންގޮސް ރޯދަމަހަށް ބޭނުންވާނެ ތަފާތު ގިނަ ބާވަތްތައް ހިމެނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް