އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ ދެރަވަނީ ފޭސް 2 ގަ ދިރިއުޅޭ ރައްޔިތުންނަށް ޚިދުމަތް ދެވެން ނެތީމަ: އަޙްމަދު ސަލީމް

އެންމެ ދެރަވަނީ ފޭސް 2 ގަ ދިރިއުޅޭ ރައްޔިތުންނަށް ޚިދުމަތް ދެވެން ނެތީމަ: އަޙްމަދު ސަލީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

ރޯދަމަސް ފެށެން ދާދިގާތްވެފައިވާއިރު އެންމެ ބޮޑަށް ދެރަވަނީ ހުޅުމާލޭ ފޭސް 2 ގައި ދިއުޅޭ ރައްޔިތުންނަށް ޚިދުމަތް ދެވެން ނެތުމުން ކަމަށް ރެޑްވޭވްގެ ފިހާރަތައް ހިންގާ ރެޑްވޭވް ގްރޫޕުގެ ޗެއާމަން އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ. 

ރެޑްވޭވް ގްރޫޕުން ހިންގާ ދެވަނައަށް އެންމެ ބޮޑު ފިހާރަ (ކުރީގެ އަގޯރާ މަޖީދީމަގު ފިހާރަ) މިއަދު ހަވީރު ހުޅުއްވައިދެއްވުމަށްފަހު ސަލީމް ވިދާޅުވީ ރެޑްވޭވްގެ އަމާޒަކީ ވީހައި ހެޔޮ އަގުގައި ވީހައި ގިނަ ބައަކަށް ވީހައި ގިނަ ބާވަތްތަކުގެ މުދައު ވީހައި ގާތުން ފޯރުކޮށްދިނުން ކަމަށެވެ.

"ހުޅުމާލެ ފޭސް 2 އެއީ ވަރަށް ގިނަ ބައަކު މިހާރުވެސް ދިރިއުޅޭ ސަރަހައްދެއް! އެތަނުގައި ދިރިއުޅޭ ގިނަ ބައަކު ރެޑްވޭވްގެ ފިހާރައެއް އެ ސަރަޙައްދުގައި ހުޅުވައިދޭން އަޅުގަނޑުމެންގެ ކިބައިން ވަރަށް ބޮޑަށް އެބައެދޭ. ކޮންމެ ދުވަހަކުހެން އެދޭ. އެހެންވެ ފިހާރައެއް އަޅާނެ ބިންކޮޅަކަށް އެދި ޕްރަޕޯސަލް އަބަދުވެސް ލަމުން މިގެންދަނީ. މިހާރުވެސް ލައިގެން މިއުޅެނީ!"

ސަލީމް ވިދާޅުވީ ރެޑްވޭވް ގްރޫޕުން ތަކެތި ވިއްކަނީ ވިއްކެން އޮންނަ އެންމެ ހެޔޮ އަގަށް ކަމަށެވެ. ހެޔޮ އަގުގައި ވިއްކައި ކަސްޓަމަރުންނަށް ލުއިފަސޭހަކަން ހޯދައިދޭން ކަމަށެވެ. 

ސަލީމް ވިދާޅުވެފައިވަނީ ސަރުކާރުން ޖީއެސްޓީ ބޮޑުކުރުމުން މުދަލުގެ އަގަން ގެންނަން ޖެހުނު ބަދަލު ރެޑްވޭވްގެ ފިހާރަތުން ވިއްކާ މުދަލުގެ އަގުތަކުން ނުފެންނާނެކަމަށެވެ. ހުރިހާ ބާވަތެއްގެ މުދަލަށް ބެލިނަމަވެސް ޢާންމުކޮށް އެންމެ ހެޔޮ އަގުގައި ގަންނަން ލިބެން ހުންނާނީ ރެޑްވޭވްގެ ފިހާރަތަކުން ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް