އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު
ބަލިވެގެން ކުޑަކަމުދާހޮޅި ގުޅާފަ އޮންނަ މީހަކުކުރާ..... (ހާނިޔާ) މައްސަލަ ޖެހިފަ އޮންނަ މީހަކު ކުރާ، ހިތުން ކުރިކަމުގަވިޔަސްވެސް އޭނާ ކުރާ ނަމާދު ސައްޙަވާނެ ހެއްޔެވެ؟ މިހެންމިބުނަން މިޖެހުނީ ހޮޅި ގުޅާފައޮންނަކަމުގަ ވަނީވިއްޔާ ވުޝޫ އެައްވެސް ނުކުރެވޭނެ ނޫންތޯ؟ އޭނާ އޮންނާނީވެސް ސާފްތާހިރުކަންމަގައެއްވެސް ނޫނެއްނޫންތޯ؟
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
މިފަދަ ޙާލުގައި އޮންނަމީހާ ކޮންމެ ނަމާދަކަށް ވުޟޫކޮށްގެން ނަމާދު ކުރާނީ އެވެ. واللهأعلم
އިތުރު ސުވާލެއް:
ޣައިރުމުސްލިމަކު މީ ކަލެޔަށްދޭ އިނާމެކޭ ބުނެ ދޭ އެއްޗެއްގައި ހިފަންވާނެތޯއެވެ؟ އެ ބޭނުންކުރަންވާނެ ތޯއެވެ؟ ޖުވާކުޅޭ އުޞޫލުންދޭ އެއްޗެއް ނޫނެވެ. ހަމަ އަހަރެން އަތުން އެކައްޗެއްވެސް އަތުނުލައި އޭނަ އަހަރެންނަށްދޭއެއްޗެކެވެ
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ޣައިރު މުސްލިމުންދޭ ހަދިޔާގައި ހިފުމަކީ އިސްލާމްދީން މަނާކުރާ ކަމެއް ނޫނެވެ. واللهأعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
15 މާޗް 2023