އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިހަ ޚަތިމް ކުރުމަށްވުރެ ދިހަ ފޮތް ކިޔަވައިގެން ލިބޭ ފައިދާ މާބޮޑުވެދާނެ!

ދިހަ ޚަތިމް ކުރުމަށްވުރެ ދިހަ ފޮތް ކިޔަވައިގެން ލިބޭ ފައިދާ މާބޮޑުވެދާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 34 ސިކުންތު

އަނެއްކާވެސް ޤުރްއާނުގެ މައްސަރު އައިސް ބައްދަލުކުރަނީއެވެ. ގިނަ ބައަކު ޤުރްއާން ކިޔަވާނެއެވެ. އެހެންކަމުން މިހިރީ ހަނދާން އައުކޮށްލުން މުހިންމު ކަންކަމެވެ.

ރަމަޟާން މަހުގައި ނަމަވެސް އަދި އެހެން މަހެއްގައި ނަމަވެސް ކީރިތި ޤްރްއާން ކިޔެވުމުގެ ބޭނުމަކަށްވާން ޖެހޭނީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވާ އެއްޗެއް އެނގުމެވެ. ވީމާ ކިތަންމެ މަދު ޞަފްޙާއެއް ކިޔެވުނުކަމުގައިވީނަމަވެސް މިކިޔެވެނީ ކޮން އެއްޗެއްކަން އެނގޭ ގޮތަށް ކިޔަވާށެވެ.

ތިބާގެ ލޯބިވެރިޔާގެ ސިޓީއެއް ތިބާއަށް ލިބުނީއެވެ. އަވަސް އަރުވާލައިގެން ކިޔާލާފައި ނިންމައިލާނީ ހެއްޔެވެ؟ ނޫންނަމަ ވިސްނުންތެރިކަމާއިއެކު ކިޔައި އަދި ބުނެފައި ހުރި ކަންކަމަށް ޢަމަލުކުރާނީ ހެއްޔެވެ؟ ކީރިތި ޤުރްއާން ކިޔެވުމުގައިވެސް މިވިސްނުން ވިސްނައިގެން ނޫނީ ފައިދާއެއް ޙާޞިލު ނުކުރެވޭނެއެވެ!

ކީރިތި ޤްރްއާން ކިޔެވުމުގައި ދެ ގޮތެއް އެބަ އޮތެވެ. އެތަނުން އެއް ގޮތަކީ މާނަ ނުއެނގުނު ނަމަވެސް ޢަރަބި ބަހުން އޮތް އެއްޗެއް ސާފުކޮށް އެނގޭ ގޮތަށް ކިޔެވުމެވެ. އަވަސް އަރުވާލައިގެން ކިޔަވައިގެން މި ބުނި މަޤްޞަދު ޙާޞިލެއް ނުކުރެވޭނެއެވެ. ދެވަނަ ގޮތަކީ ކިޔެވޭ އާޔަތުގެ މާނަ އެނގޭ ގޮތަށް މާނައާއިއެކު ކިޔުމެވެ. އެންމެ މޮޅު އިތުރުވެގެންވަނީ އެގޮތެވެ.

ކީރިތި ޤްރުއާނުގެ މާނަ ލިޔެވިފައި ނެތް ބަހެއް މިހާރު ވަރަށް މަދުވާނެވެ. ނެތް ކަމަށްވެސް ބުނެވިދާނެއެވެ. ވީމާ އަރަބި ބަސް ނުއެނގުމަކީ ކީރިތި ޤްރުޢާނުގެ މާނަ ނުއެނގުމަށް މިހާރު ދެއްކެން އޮތް ބަހަނާއެއް ނޫނެވެ.

އަހަރެން ޤަބޫލުކުރާ ގޮތް ބުނަން ހެއްޔެވެ؟ އެމީހަކަށް ކިޔެވުނުހައި އަވަހަކަށް ކިޔަވައި ރަމަޟާން މަހު 10 ޚަޠިމް ކުރުމުގެ ފައިދާއަށްވުރެ ބޮޑުވާނީ 10 ފޮތް މާނަ ޢާއިއެކު ކިޔުމެވެ. އެ 10 ފޮތުގައި ﷲ ތަޢާލާ ބަޔާން ކުރައްވަވާފައިވާ އެއްޗެއް އެނގުމެވެ. މި ބަސް މިބުނީ މިވެނި ގޮތަކަށް ކިޔެވީމާ މިތައް ސަވާބު ލިބޭނެ ކަމަށް ބުނުމަކަށް ނޫނެވެ. އެއީ ﷲ ތައާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެނގޭނެ ކަމެއް ނޫނެވެ. ހަމައެކަނި ކީރިތި ޤްރުއާން ކިޔެވުމުގެ ބޭނުމަށް ބަލައިގެންނެވެ.

ކޮންމެ ކަމެއްވެސް ކުރަނީ އެކަމަކުން ލިބެން އޮތް އެންމެ ބޮޑު ފައިދާއެއް ހޯދަން ނޫން ހެއްޔެވެ؟ ވީމާ ކީރިތި ޤްރުއާން ވެސް ކިޔަވަން ވާނީ ހަމަ އެ މަޤްޞަދުގައެވެ. ބޭނުމަކަށް ހަދަން ޖެހޭނީ ހަމައެކަނި ބާރު ސްޕީޑްގައި އަކުރުތައް ކިޔައިލުމެއް ނޫނެވެ. ކިޔެވޭ އެއްޗެއް އެނގުމެވެ.

މިވާހަކަކޮޅު ދައްކަން މިޖެހުނީ ރަމަޟާން މަސް އައުމުން ގިނަ ބައަކަށް ނުއެނގި ތިބެ ނަމަވެސް ކަންތައްތަކެއް ކުރެވޭތީއެވެ. ކުރެވޭ ކަންކަމުން ލިބޭނެ ފައިދާ އިތުރުވާނެ ގޮތް ބުނެދިނުމުގެ ބޭނުމުގައެވެ.

ކީރިތި ޤްރުއާނަކީ މުސްލިމުންނާއި ﷲ ތަޢާލާ ގުޅުވައިދޭ އެންމެ ފުރިހަމަ ވަސީލަތެވެ. އެހެންކަމުން ކީރިތި ޤްރުޢާން ކިޔަވަން ޖެހޭނީ އެބޭނުން ހިފޭ ގޮތަކަށެވެ. ނަމަވެސް ރަމަޟާން މަސް ލައިގަތުމުން ގިނަ ބައަކަށް ހީވެފައި އޮންނަނީ ވީހައި ގިނައިން ކީރިތި ޤްރުއާން ކިޔެވުމުގެ މުބާރާތެއް ފެށުނީ ކަމަށެވެ. އެއްގޮތަކަށްވެސް އެގޮތަށް އެކަން ނުކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް