އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޯދަމަހާ ކުރިމަތިލާން ތިމާގެ ޢަޒުމްތައް ވަރުގަދަކުރަން ޖެހޭނެ!

ރޯދަމަހާ ކުރިމަތިލާން ތިމާގެ ޢަޒުމްތައް ވަރުގަދަކުރަން ޖެހޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 53 ސިކުންތު

ސޫރަތުލް ޙިޖްރިގެ 99 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَاعْبُدْ رَبَّكَ حَتَّى يَأْتِيَكَ الْيَقِينُ) މާނައަކީ: "ޔަގީންކަން އައިސް ޖެހުމަށް ދާންދެން (މަރުވުމަށް ދާންދެން)، ކަލޭގެފާނު ﷲ އަށް އަޅުކަން ކުރުން މަތީ ދެމިހުންނާށެވެ". 

ސޫރަތުލް އަންޢާމްގެ 162 އަދި 163 ގައި މާތް ﷲ ވަޙީ ކުރައްވައެވެ. (قُلْ إِنَّ صَلاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي للهِ رَبِّ الْعَالَمِينَ * لا شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ) މާނައަކީ: "ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭފާނުގެ ނަމާދާއި އެހެނިހެން އަޅުކަމާއި ތިމަންކަލޭފާނުގެ ދިރިހުންނެވުމާއި ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ ޢާލަމްތަކުގެވެރި މާތް ﷲ ގެ ކިބަފުޅަށެވެ. އެކަލާނގެ ކިބައަށް ޝަރީކަކު ނުވެއެވެ. ތިމަން ކަލޭގެފާނަށް އަމުރުކުރެވިގެންވަނީ އެކަންތަކަށެވެ. (ޔަޢުނީ އެކަލާނގެ އެއްކައުވަންތަ ކަމަށް ހެކިވެ، އެކަން ގަބޫލުކުރުމަށެވެ! 

މިމިއްސަރާ ކުރިމަތިލާންވާނީ މީސްތަކުންނަށް ތަބަޢަވުމާއި، ޢާދަކާދަތައް ދޫކޮށްލާފައި، އީމާންކަމާއިއެކު، ދަރުމައާއި ޘަވާބަށްއެދި، ރޭއަޅުކަމާއި ރޯދަ ހިފުމުގެ ވަރުގަދަ ޢަޒުމުގައެވެ. އަދި ނަރަކައިން ސަލާމަތްވެ، ﷲ ގެ މަޣްފިރަތް ޙާޞިލް ކުރުމަށްޓަކައި ޙަރާމްކުރެއްވި އެއްޗެތި އަޑުއެހުމާއި، ޙަރާމްކުރެއްވި ތަންތަނަށް ބެލުމާއި، ޙަރާމްކުރެއްވި ވާހަކަ ދެއްކުމުން އަޅުގަޑުމެންގެ ގުނަވަންތައް ރައްކާތެރިކުރުމަށް ޢަޒުމް ކުރަން ޖެހެއެވެ. 

ރޯދަވެރިޔާގެ އަދަބުތަކަށް ޙުރުމަތް ތެރިކޮށް ހިތަން ޖެހެއެވެ. އެގޮތުން ހާރުކެއުން ލަސްކުރުމާއި ރޯދަވިއްލުން އަވަސްކުރުން، އަދި ހެޔޮޢަމަލުތައް ގިނަކުރުން، އަދި ރޯދައަށް ހުއްޓާ މީހަކު ހަޑިހުތުރުބަހުން މުޚާޠަބްކޮށްފިނަމަ ތިމަންނާ މިހުރީ ރޯދަޔަށޭ ބުނުން ހިމެނިގެންވެއެވެ. އަޅުގަޑުމެންގެ ނަމާދާއި ރޯދަ، އަދި އެނޫންވެސް އެންމެހައި ޢަމަލުތަކުގައި އިޚްލާޞްތެރިވާންޖެހެއެވެ. އެހެނީ އިޚްލާޞްތެރިކަން ނެތިއްޖެނަމަ މާތް ﷲ އެއްވެސް ޢަމަލެއް ގަބޫލެއް ނުކުރައްވާނެއެވެ. މީގެ އިތުރުން ކޮންމެ ހެޔޮޢަމަލެއްވެސް ކުރަންވާނީ މާތް ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްކެވި މާތް ނަމޫނާ ގައި ހިފައިގެންނެވެ. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް