އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީހަކަށް ދިން ރިސިޕީއަކަށް ކާބޯތަކެތި އުފައްދައި ވިޔަފާރިކޮށް ފައިދާ ހޯދާނަމަ ތިބާ ހަދިޔާކުރި ޢިލްމަށް ތިބާ ކައްވަޅުގައި އޮތަސް ހުންނާނީ ފައިދާ ލިބިލިބި!

މީހަކަށް ދިން ރިސިޕީއަކަށް ކާބޯތަކެތި އުފައްދައި ވިޔަފާރިކޮށް ފައިދާ ހޯދާނަމަ ތިބާ ހަދިޔާކުރި ޢިލްމަށް ތިބާ ކައްވަޅުގައި އޮތަސް ހުންނާނީ ފައިދާ ލިބިލިބި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 41 ސިކުންތު

އިންސާނުންގެ ހިތުގައި ދަހިވެތިކަން ބޮޑުވީވަރު ހިތަށް ގެންނަންވެސް އުނދަގުލެވެ. ބިރުގަންނަން ޖެހޭވަރުވެއެވެ. އެކަމުގެ ކުޑކުޑަމިޘާލެއް ބުނެފާނެއެވެ. ތިބާ އެކުވެރިންގެ ބައަކަށް ކެއުމަކަށް ދަޢުވަތުދިނީއެވެ. ތިބާ ކެއްކި ހުރިހާ އެއްޗެއްވެސް ވަރަށް މީރެވެ. އެކަމަކު އެއިގެ ތެރެއިންވެސް ކަޖޫނަޓް ބޯކިބާ ވަރަށް މީރެވެ. 

އެހެންވެ ކަޖޫނަޓް ބޯކިބާ ހެދިގޮތް ބުނެދޭން ނުވަތަ ރިސިޕީއަށް އެދިއްޖެނަމަ ތެދުވެރިކަމާއިއެކު ބުނެދޭނީ ވަރަށް މަދު މީހެކެވެ. ޢާންމު ގޮތެއްގައި ކޮންމެވެސް ވަރަކަށް އޮޅުވައިލާނެއެވެ. އެއީ ތިބާއާއި އެއް ފެންވަރަށް އެހައި މީރުކޮށް ތައްޔާރުކުރިއަ ނުދިއަނުމަށެވެ. 

އެއްވެސް ޙާލެއްގައި މިދައްކަނީ ވިޔަފާރިއަށް ކާބޯތަކެތި އުފައްދާ ތަންތަނުގެ ވާހަކައެއްވެސް ނޫނެވެ. ބައެއް ޢިލްމުވެރިން، ރެސްޓޯރަންޓްތަކުގެ ރިސިޕީއަކީ އެތަނުގެ ވިޔަފާރީގެ ސިއްރެއް ކަމަށް ބުނެއެވެ. އެއީ ރަނގަޅު ވާހަކައަކަށްވެސް ވެދާނެއެވެ. އެކަމަކު އަހުރެންގެ ވިސްނުމުގައި ރެސްޓޯރަންޓުން ކެއުމަށްފަހު މީރުވެގެން ކަސްޓަމަރަކު ރިސިޕީއަށް އެދިއްޖެނަމަ ނުދާންވީ އެއްވެސް ސަބަބެއް ނެތެވެ. 

މިހެން މިބުނަނީ އަހަރެމެންނަށް ޞަދަޤާތްކުރަން އަންގަވާފައިވަނީ އެމީހަކު އެއްޗެއް ދެކެ ލޯބިވާ، ގެންގުޅޭ ހިތްވާ، ހަލާކުނުވާ އެއްޗެތިންނެވެ. ދެން ވިސްނައިލީ ރިސީޕީ ދިނުމުން އެމީހަކު ތިމާ އާއި ވާދަކޮށްފާނެތީއެވެ! ކިތަންމެ ވަރަކަށް ވާދަކުރިޔަސް ކުރިއަރާނީ ﷲ ތަޢާލާ މިންވަރުކުރެއްވެވި ވަރަކަށެވެ. ތަފާތު އައު ރިސިޕީއެއް ހިފައިގެން ނުކުތަސް އެންމެ ކާމިޔާބު ވިޔަފާރިކަމުގައި މިންވަރު ކުރެއްވެވުމަށްވެސް ﷲ ތަޢާލާ ކުޅަދުންވަންތައެވެ. 

އަދިވެސް ކީއްހެއްޔެވެ؟ ތިބާ މީހަކަށް ހަދިޔާކުރި ރިސިޕީއަކަށް ކާއެއްޗެތި ހަދައިގެން ވިއްކައިގެން އޭނާއަށް ފައިދާއެއް ކޮށްފިނަމަ އެކަމުގެ ތިބާގެ ޙިއްޞާއެއް އެބައޮތެވެ. އެކަމަށް ޙައްޤު ޖަޒާ ތިބާއަށް ދެއްވަވާނެތެވެ. 

އޭނާ ޢުމުރު ދުވަހު އެވިޔަފާރިކޮށްގެން ފައިސާ ހޯދިޔަސް އެފައިސާގައިވާ ތިބާގެ ޙިއްޞާއަށް ﷲ ތަޢާލާ ތިބާއަށް ޖަޒާ ދެއްވަވާނެތެވެ. އެއީ އެވިޔަފާރީގެ އަޞްލަކީ ތިބާ އުނގަންނައިދިން ޢިލްމަކަށްވާތީއެވެ. އެހެންވީމާ ތިބާ މަރުވެ ކައްވަޅުގައި އޮތްނަމަވެސް ހުންނާނީ ފައިދާލިބިލިބިއެވެ. 

ރަމަޟާން މަސް ވަރަށް ގާތްވެއްޖެއެވެ. ކުރެވެންހުރި މިންވަރަކުން ޞަދަޤާތްކުރާށެވެ. ގޭގައި ހުރި ބައު ތަކެތިވެސް އުކާނުލައި ފަޤީރަކަށް ޞަދަޤާތް ކުރާށެވެ. އަދި ހަމައެއާއިއެކު ތިބާ އަމިއްލަ ގެއަށް ގަތްފަދަ އެއްޗެއް ގަނެފައި އެހެން މީހަކަށް ހަދިޔާކުރެވޭތޯ ބަލާށެވެ. އެންމެ ބޮޑަށް ފައިދާކުރާނެ ޞަދަޤާތަކީ އެއީއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް