އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހޭލުންތެރިވާށެވެ! ގިނަބައަކަށް ފަރުވާކުޑަކުރެވޭ އެއްކަމަކީ ކިތަންމެ ގިނަ ހެޔޮ އަމަލުކުރިނަމަވެސް ނަރަކައަށް ވަދެލަން ޖެހިދާނެ ކަމެކެވެ!

ހޭލުންތެރިވާށެވެ! ގިނަބައަކަށް ފަރުވާކުޑަކުރެވޭ އެއްކަމަކީ ކިތަންމެ ގިނަ ހެޔޮ އަމަލުކުރިނަމަވެސް ނަރަކައަށް ވަދެލަން ޖެހިދާނެ ކަމެކެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

އަހަރެމެންގެ ތެރެއިން ގިނަ ބައަކު މިއަދު އުޅެމުންދާ ގޮތުން ދީނުގެ ކަންކަން އޮޅުންފިލުވައިލާނެ ވަޤުތެއް އެމީހުންނަކަށް ނުވެއެވެ. ޙަދީޘްފުޅުތައް ކިޔައިލާނެ ވަޤުތެއް ޤުރްޢާނުގެ މާނައާއި ތަފްސީރު ކިޔައިލާނެ ވަޤުތެއް ނުވެއެވެ. ނަތީޖާއަކަށްވަނީ ކޮންމެހެން އެނގެންޖެހޭ ވަރަށް އާދައިގެ ކަންކަންވެސް ނުއެނގުމެވެ.

ޤިޔާމަތް ދުވަހު ތަފާތު 3 ދަރަޖައެއްގައި ސުވަރު ވައްދަވާނެ މުސްލިމުން ތިބޭނެއެވެ. ފުރަތަމައީ އެއްވެސް ހިސާބެއް ކިތާބެއް ބެއްލެވުމެއް ނެތި ސުވަރުގެ ވައްދަވާނެ މީހުންނެވެ. ދެވަނައީ ހިސާބު ބެއްލެވުމަށްފަހު މީޒާނުގައި ހެޔޮކަމުގެ ކޮޅަށް ބުރަވުމުން ސުވަރުގެ ވައްދަވާނެ މީހުންނެވެ. 3 ވަނައީ އެމީޙުންނަށް ކުރެވިފައިވާ ފާފަތައް ގިނަވުމުން ނަރަކައަށް ވައްދަވައި ޙައްޤު މިންވަރަށް ޢަޛާބު ދެއްވެވުމަށްފަހު ސުވަރުގެ ވައްދަވާނެ މީހުންނެވެ.

ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް އުންމީދުކުރާނީ ނަރަކައަށް ނުވަދެ ސުވަރުގެ ވަނުމަށެވެ. ނަމަވެސް އެއީ ހަމައެކަނި އުންމީދުކުރުމަކުން ޙާޞިލުކުރެވެން އޮތް ކަމެއް ނޫނެވެ. އެކަން ޙާޞިލުކުރެވެން އޮތީ އެކަމަށް ގަދައަޅައި މަސައްކަތްކޮށްގެންނެވެ. ފާފަ ކުރުމުން ދުރުހެލިވުމާއިއެކު ތައުބާވުން ގިނަކޮށް ވީހައި ގިނަ ހެޔޮ ޢަމަލުތައްކޮށްގެންނެވެ.

ވީމާ މިކަމަށްޓަކައި ކުރަން އޮތް އެންމެ މުހިންމު އެއްކަމަކީ އެމީހާގެ އީމާންކަން ފުރިހަމަކުރުމެވެ. ގިނަ ބައެއްގެ އީމާންކަން ފުރިހަމަނުވާ އެއް ސަބަބަކީ އެމީހުންގެ އަޚާ ދެކެ ލޯބިނުވުމެވެ. ތިމާއަށް ލޯބިކުރާ ވަރަށް ތިމާގެ އަޚާއަށް ލޯބިކުރުމުން މެނުވީ އީމާންކަން ފުރިހަމަނުވާނެކަމަށް އޮތް ޙަދީޘް ބަސްފުޅަށް ޢަމަލުކުރުމެވެ.

މިއީ ސުވަރުގޭގެ އެންމެ މަތީ ދަރަޖައަށް ވާޞިލުވެވުމަށްވެސް އޮތް މަގެކެވެ. އަދި ހިސާބު ބެއްލެވުމެއްނެތި ސުވަރުގެ ވައްދަވާނެ މީހުންގެ ތެރޭގައި ވުމަށްވެސް އޮތް މަގެކެވެ.

ކުޑަކަމެއްކަމަށްހީކޮށް ގިނަބައަކަށް އިހުމާލުވެވޭ އެއްކަމަކީ ކިތަންމެ ގިނަ ހެޔޮ އަމަލުކުރިނަމަވެސް ނަރަކައަށް ވަދެލަން ޖެހިދާނެ ކަމެއްކަމަށް މިބުނި ސަބަބަކީ މި ބަޔާންކުރި ޙަދީޘްފުޅަށް ޢަމަލުނުކުރާނަމަ އޭނާގެ އީމާންކަން ފުރިހަމަނުވާތީ އެކަމުގެ ސަބަބުން ނަރަކައިގައި މުއްދަތެއް ހޭދަކުރަންޖެހިދާނެ މީހަކަށްވެދާނެކަމުގެ ބިރު ބޮޑުކަމުންނެވެ. ވީމާ މިޙަދީޘްފުޅަށް ޢަމަލުކުރާށެވެ! މީސްތަކުންނަށް ލޯބިކުރާށެވެ! ހެޔޮއެދޭށެވެ! ތިމާއަށް ހެޔޮއެދޭފަދައިންނެވެ. ތިމާއަށް ކަންކަން ޙާޞިލުވުމަށް އެދޭފަދައިން އެހެން މީހުންނަށްވެސް ނިޢްމަތްތައް ލިބުމަށް އެދޭށެވެ. އެއްވެސް މީހަކަށް ހަސަދަނުލާށެވެ! މި ޙަދީޘްފުޅަށް ޢަމަލުކުރެވުމަކީ އެއީއެވެ!

--ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


25%
ވ.ރަނގަޅު
15%
ރަނގަޅު
10%
އޯކޭ
50%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް