އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޯދައިން ލިބެންވާ ފުރިހަމަ ޘަވާބު ހޯދޭނީ ހިތުން ރޯދަހިފައިގެން!

ރޯދައިން ލިބެންވާ ފުރިހަމަ ޘަވާބު ހޯދޭނީ ހިތުން ރޯދަހިފައިގެން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

ފުރަތަމަވެސް ކުޑަކުޑަ މިޘާލެއް ބުނެލާނަމެވެ. ކޮންމެވެސް ކަމެއް ދިމާވެގެން ޓްރެފިކް ބްލޮކްވީއެވެ. ވެެގެންއުޅޭ ގޮތަކާއިމެދު ވިސްނައިވެސް ނުލައި ބައެއް މީހުން އޭނާ އިން ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްފައި މީހަކާއިދިމާއަށް އެއްޗެތިގޮވަން ފަށައިފާނެއެވެ. އެމީހާއަށް އެހުރެވެނީ ބަނޑުން ރޯދަހިފައިގެންނެވެ.

އެފަދަ ޙާލަތެއްގައި ހިތުން ރޯދަހިފައިގެން ހުންނަ މީހާ ދޭނީ ވަރަށް ކުރުކުރު ޖަވާބެކެވެ. "އަހުރެން މިހުރީ ރޯދައަށެވެ." އެހެން ބުނެފައި އޭނާ އަޅައިވެސް ނުލާނެއެވެ. އެއީ އެމީހާއަށް ރައްދުދީ ޒުވާބުކޮށް އޭނާގެ ރޯދައިން ބައެއް އުނިކޮށްލަން ބޭނުންނުވާނެތީއެވެ.

ހިތުން ރޯދަހިފުމުގެ ވާހަކައަކީ އައު ވާހަކައަކަށްވެސް ވެދާނެއެވެ. އެއީ ޢިލްމުވެރިން ޢާންމުކޮށް އެބަސް ބޭނުން ނުކުރައްވާތީއެވެ! އިންސާނުން ކުރާ ކޮންމެ ޢަމަލަކަށްވެސް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވަނީ އޭނާގެ ނިޔަތުގެ މައްޗަށްކަމަށްވުމުން ޢަމަލުތަކުން ރޯދަހިފުމުގެ އިތުރުން އަދި ހިތުން ރޯދަހިފަން އެބަޖެހެއެވެ.

ރޯދަ ހިފުމަށް ނިޔަތް ގަންނަނީ ރޭގަނޑުއެވެ. އެހިސާބުން އެބައި ނިމުނީއެވެ. ދެން އޮތީ ރޯދަ ކުރިއަށް ގެންދިއުމުގެ ބައެވެ. އެބައި ކުރިއަށް ގެންދެވޭނީ ހިތުންނެވެ. އެހެނީ ތިމާ މިހުރީ ރޯދައަށްކަން އަބަދުވެސް ހިތުގައި ނުބާއްވާ މީހަކަށް ރޯދަ ނުހިފޭނެތީއެވެ.

ބައެއް މީހުންނަށް ރޯދައަށް ތިބެ ނުބައި ޢަމަލުތައް ކުރެވެނީ ދުލުން ނުބައި ބަސްތައް ބުނެވެނީ، ވަގުތު ބޭކާރުކުރެވެނީ، މިބަޔާންކުރިފަދައިން ތިމާ މިހުރީ ރޯދައަށްކަން ހިތުގައި ނުއޮންނާނާތީއެވެ! އެކަން ހިތުގައި އޮންނަނަމަ ރޯދައަށް ގެއްލުންވާނެ އެއްވެސް ކަމެއް ނުކުރާނެއެވެ.

މިފަދަ ކަންކަމަށް ބަލައިފިނަމަ އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭނީ ހިތުން ރޯދަހިފުމަށެވެ. ހިތުން ރޯދަހިފައިގެންނޫނީ ރޯދަ ހިފުމުން ލިބެންވާ ފުރިހަމަ ޘަވާބު ނުހޯދޭނެތީއެވެ! ރަމަޟާން މަސް ނިމިގެންދާއިރު ތިމާއަށް ލިބެންޖެހޭ މިންވަރު ކާމިޔާބު ނުކުރެވޭނެތީއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު