އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދުކުރި ނަމަވެސް ވިސްނުން ގެންގުޅެވޭ ގޮތަކުން އީމާންކަމުން ބޮޑުބައެއް ގެއްލިގެން ހިގައިދާނެ!: މުފްތީ މެންކް

ނަމާދުކުރި ނަމަވެސް ވިސްނުން ގެންގުޅެވޭ ގޮތަކުން އީމާންކަމުން ބޮޑުބައެއް ގެއްލިގެން ހިގައިދާނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

އަހަރެމެން މުސްލިމުން އެންމެ ބޮޑަށް ރައްކައުތެރިވާންޖެހޭނީ ޝައިޠޯނާގެ "ޓްރެޕް" ތަކަށެވެ. ޝައިޠޯނާ އޭތީގެ ޓްރެޕްތައް އަބަދުވެސް ތަރުތީބުކޮށް ގިރިޓީކުރާނެއެވެ. އެމަޅިތަކުގައި ޖެހުމަށް މީސްތަކުން ޝައުޤުވެރިވާނެ ހުރިހާ ކަންކަން ކުރާނެއެވެ.

"ތިމަންނަ މިވެނި ކަމަކަށް އެދި މިހައި ގިނަފަހަރު، މިހައި ގިނަ ދުވަހު ދުޢާކޮށްފީމޭ، އިޖާބައެއް ނުކުރެއްވެވިއޭ، ﷲ ތަޢާލާ އެވަނީ އަހަރެން ދޫކޮށްލައްވަވައިފައެވެ!" މިބާވަތުގެ ވަސްވާސްތައް ހިތަށް ވައްދުވަނީ ސީދާ އިބިލީހެވެ. އެ ވަސްވާސްތައް ޤަބޫލުކުރެވޭ ހިސާބުން އެމީހާގެ އީމާންކަމުން އެވަނީ ވަރަށް ބޮޑުބައެއް އުނިވެގެން ގޮސްފައެވެ. ޝައިޠާނާގެ ކޮޅު އެވަނީ ވަރަށް ބޮޑަށް ގަދަކޮށްފައެވެ.

ތިމާ ކުރި/ކުރާ ދުޢާ ﷲ ތަޢާލާ އިޖާބަ ނުކުރެއްވެވި ކަމަށް އެއްވެސް މީހަކު ޤަބޫލުކޮށްފިނަމަ އެމީހާގެ އީމާންކަމުން ބޮޑު ބައެއް އެވަނީ އުނިވެފައެވެ. އަދި އެމީހާ އެވަނީ ޝައިޠާނާގެ މަޅީގައި ޖެހި ވަރަށް ބޮޑަށް ތާށިވެފައެވެ.

މިއީ އަބަދުހެން ބުނެވޭ ބަހެއްނަމަވެސް ތަކުރާރުކޮށްމިލީ ރަމަޟާންމަހާއި ކުރިމަތިލާންޖެހޭނީ ވީހައި ބޮޑަށް ތަޤްވާވެރިކަމާއިއެކުގައި ކަމަށްވާއިރު އެކަން ޙާޞިލުކުރެވޭނީ އީމާންކަމުގެ ތެރއިން ކަމުގައިވާތީއެވެ.

މިވާހަކަ ވަރަށް ގިނަ ދަރުސްތަކުގައި ބުނަމެވެ. ތަފާތު އިބާރާތުން ކިޔައިދެމެވެ. އެކަން ކުރަންޖެހެނީ ވަރަށް ހެޔޮ ލަފާ މީހުންވެސް ޝައިޠާނާގެ މިމަޅީގައި ޖެހޭލެއް ގިނަކަމުންނެވެ. އެއީ ޝައިޠާނާގެ މަޅިއެއްކަން ނުއެނގި ތިބެ އެ މަޅީގައި ޖެހެވޭ މީހުންގެ ނިސްބަތް އިތުރުވާތީއެވެ.

އަބަދުވެސް ޤަބޫލުކުރަން ޖެހޭނީ ތިމާ ކުރި ދުޢާ އިޖާބަ ކުރައްވާފައިވާ ކަމަށެވެ. އެކަމުގެ އެންމެ ރަނގަޅު ވަގުތު ޖެހުމުން ހިންމަވައި ދެއްވަވާނެ ކަމަށެވެ. އަދި ލަސްވާނަމަ ލަސްވާ ވަރަކަށް ދުޢާކުރުން ގިނަކުރާށެވެ. އިސްތިޣްފާރުކުރުން ގިނަކުރާށެވެ. ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާށެވެ. މުސްލިމަކު އިޚްލާޞްތެރިކަމާއިއެކު ކުރާ އެއްވެސް ދުޢާއެއް ﷲ ތަޢާލާ އިޖާބަ ނުކުރައްވަވައި ދޫކޮށެއް ނުލައްވަވާނެތެވެ.

--މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް