އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު
މުދަލު ޒަކާތް ދެއްކުމުން ﷲ ތަޢާލާގެ ޙައްޤު އަދާކުރެވުނީ ކަމަސް ބަލައި ނިންމައިނުލާށެވެ! އެހެނީ މުދަލު ޒަކާތް ދެއްކުމުން އެނިމުނީ ފަރުޟު ކުރެއްވެވި މިންވަރެވެ. ތިބާގެ އިޚްލާޞްތެރިކަމުން ހޭދަކުރަންޖެހޭ ބައި އަދި އޮތީއެވެ.
ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ މުދަލު ޒަކާތް ދެއްކުމުން ތިމާ ﷲ ތަޢާލާގެ މަގުގައި ހޭދަކުރަންޖެހޭ ބައި ހޭދަކޮށް ނިމުނީ ކަމަށެވެ. މިބަސްތަކުރާރު މިކުރީ ބޭނުމަކުއެވެ. އެއީ އެވަރުން އަދި ނުނިމޭކަންވެސް ތަކުރާކުރަންވެގެންނެވެ. ތިބާގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި އޮތްނަމަ، ﷲ ތަޢާލާ އާއި ބޮޑަށް ކުއްތަންވުމަށް އެދޭނަމަ، ﷲ ތަޢާލާގެ އިތުރު ރަޙްމަތަށް ނުވަތަ ނިޢުމަތްތަކަށް އެދޭނަމަ އެވަރުން ފުއްދައިނުލާށެވެ. ޞަދަޤާތް ކުރެވެން އެންމެ ގިނައަކަށް ޞަދަޤާތްކުރާށެވެ.
ﷲ ތަޢާލާގެ މަގުގައި ހޭދަކުރިވަރަކަށް އެމީހަކަށް ނިޢުމަތްތައް އިތުރުކޮށް ދެއްވަވާނެތެވެ. ރަޙްމަތް އިތުރުކުރައްވަވާނެތެވެ. މިއީ އަހުރެން ބުނާ ބަހެއް ނޫނެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅެވެ. ވީމާ ޝައްކުވެސް ނުކުރާށެވެ! ރަމަޟާން މަހަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ދީލަތިވެވޮޑިގަންނަވާ މައްސަރެވެ. އެންމެ ގިނަ ބައެއްގެ ފާފަ ފުއްސަވައިދެއްވަވާ މައްސަރެވެ. އެންމެ ގިނަ ބައަކު ނަރަކައިން ސަލާމަތް ކުރައްވަވައި ސުވަރުގެ ވައްދަވާ މައްސަރެވެ.
ވީމާ އަހުރެމެންގެ ދީލަތިކަންވެސް އިތުރުކުރަންޖެހޭނެއެވެ. ﷲ ތަޢާލާ ދެކެ ލޯބިވުމަކީ ﷲ ތަޢާލާގެ އެންގެވުންތަކަށް ވީހައި ފުރިހަމައަށް ޢަމަލުކުރުމެވެ. ތިމާގެ ޢަމަލުތަކުން ލޯބިވާކަން ދެއްކުމެވެ. އެފަދަ އަޅަކަށް ވެވިއްޖެނަމަ ހުރި އުފާވެރިކަމެއްގެ ބޮޑުކަމާއިއެވެ.
- މުފްތީ މެންކުގެ ދަރުސަކުން
Advertisement
21 މާޗް 2023