އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު
ތިބާ ބޭނުންވަނީ ކޮންކަހަލަ އަންތބަކުތޯ ސުވާލުކޮށްފިނަމަ ރީތިކަމާ އިސްކޮޅާ ބަނިޔާދަންކަމާ މިހެންގޮސް ބައިވަރު ސިފަތައް ކިޔާނެއެވެ. އެންމެ ބޮޑަށް ބޭނުންވަނީ ވަފާތެރި އަންތބެއްކަމަށްވެސް ބުނާނެއެވެ.
އަހުރެންގެ ވިސްނުމުގައި މީހުން އެކިޔާ ސިފަތައް އެހައި މުހިންމެއް ނޫނެވެ. އެކަމަކު ވަފާތެރިކަން ވަރަށް މުހިންމެވެ. އެހެންވީމާ ޙަޤީޤީ ވަފާތެރިކަމަކީ ކޮބައިކަމާއިމެދު ވިސްނާލަން އެބަޖެހެއެވެ.
ޙަޤީޤީ ވަފާތެރިކަމުގައި ދެބައެއް ހިމެނެއެވެ. އެއީ ބޭވަފާތެރިނުވުމާއި އެންމެ ދަތިޙާލުގައިވެސް ކެތްތެރިވެ ފިރިމީހާއާއިއެކުގައި ޘާބިތުވެ ހުރުމެވެ. މި 2 ޝަރުޠު ހަމަނުކޮށް ވަފާތެރިއެއް ނުވެވޭނެއެވެ.
މިހެން ބުނަން ޖެހޭ ސަބަބަކީ އަންހެނަކު ހިލޭ ފިރިހެނުން ނުގެންގުޅެފާނެއެވެ. އެކަމަކު ދަތިޙާލުގައި އުޅެންޖެހިއްޖެނަމަ އެބަ ވަކިވެއެވެ. އަހުރެންގެ ވިސްނުމުގައި އެއިރުން އެއީ ވަފާތެރި އަންތބަކަށް ނުވާނެއެވެ. ޙަޤީޤީ ވަފާތެރި އަނތބަކަށް ވެވޭނީ ކުރިން ބުނި ފަދައިން ހިލޭ ފިރިހެނުން ނުގެންގުޅެފައި އަދި ދަތިޙާލުގައިވެސް ކެތްތެރިވެ ޘާބިތުވެ ހުރުމުންނެވެ. އެންމެ ބަރާބަރު އަނބިންނަކީ ހަމަ އެއީއެވެ. އެފަދަ އަނބިން މިހާރު ވަރަށް މަދުވާނެއެވެ. ވީމާ އެފަދަ އަންތބަކު ލިބިއްޖެނަމަ ނަމަނަމަ ވަކިނުވާށެވެ! އެއީ ހެދޭނެ އެންމެ ބޮޑު ގޯހެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން
Advertisement
12 މެއި 2025