އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިމީހާގެ ހިތުގަ ޖައްސުވާފަ، އަނބިމީހާ ނުރުހޭ ކަންކަން ކޮށްފަ އެއީ އަނބިމިހާދެކެ ލޯބިނުވާތީ ކުރިކަމެއް ނޫންކަމަށް ބުނުމަކީ ހަދާ ބޮޑު ދޮގެއް!

އަނބިމީހާގެ ހިތުގަ ޖައްސުވާފަ، އަނބިމީހާ ނުރުހޭ ކަންކަން ކޮށްފަ އެއީ އަނބިމިހާދެކެ ލޯބިނުވާތީ ކުރިކަމެއް ނޫންކަމަށް ބުނުމަކީ ހަދާ ބޮޑު ދޮގެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު

ބައެއް ފިރިން އަނބިމީހާވެ ދެރަވެ ހިތުގައި ޖެހޭނެ ކަންކަން ކޮށްފައި ނުވަތަ އަނބިމީހާ ނުރުހި ރުޅިގަދަވާނެ ކަންކަން ކޮށްފައި އެކަންކުރީ އަނބިމީހާ ދެކެ ލޯބިނުވާތީ ނޫންކަމަށް ބުނެއެވެ. އެއީ މާބޮޑު ކަންކަން ކަމަށް ނުވިސްނައި ހަމަކޮށްލެވުނީ ކަމަށްވެސް ބުނެއެވެ.  

ބުނަން ހެއްޔެވެ؟ އެހަދަނީ ހަމަ ވަރަށް ބޮޑު ދޮގެކެވެ. އަނބިމީހާދެކެ ލޯބިވާ ފިރިއަކު އެބާވަތުގެ ކަންކަމެއް ނުކުރާނެއެވެ. އަދި ދިރިއުޅުމުގައި ކުރިމަތިވާ ކަމެއްގެ ސަބަބުން އަދަބެއް ދޭންޖެހުނަސް އެކަންވެސް ކުރާނީ ހަމަ ހުރެފައެއް ނޫނެވެ. އެކަމަށް ނަޞީޙަތްދިނުމުންވެސް އިޞްލާޙް ނުކުރިނަމައެވެ.  

ވިސްނާށެވެ! ބައިވެރިޔާއަށް ކުރެވޭ ކުށެއްގެ އަދަބުދޭންވެސް ބޭވަފާތެރިވުމެއް ނެތެވެ. ހިތުގައި ޖެއްސުމެއްވެސް ނެތެވެ. އަނިޔާވެރިވުމެއްވެސް ނެތެވެ. އަޅާ ފިޔަވަޅެއް އަޅަންޖެހޭނީ އެފިޔަވަޅެއް އެޅުމުން ފައިދާކުރާނެ ނަމައެވެ. މިބުނި 3 ކަމުން އެއްވެސް ކަމެއްކޮށްގެން ފައިދާއެއް ނުކުރާނެއެވެ. ކަންކަންވާނީ އިތުރަށް ގޯހެވެ. މިއީ ތަޖުރިބާއިން އެނގޭ ކަންކަމެވެ.  

އަޅާ ފިޔަވަޅަކީ ވާހަކަ ނުދެއްކުން ކަމަށް ހެދުމަކީވެސް ކަންކަން އިތުރަށް ގޯސްވާ ކަމެކެވެ. ވާހަކަ ދެއްކުން ކޮންމެވެސް ވަރަކަށް މަދުކުރެވިދާނެއެވެ. ނަމަވެސް ކުރާ ސުވާލުތަކަށް ޖަވާބުދޭންވާނެއެވެ. ހަމަ އެގޮތަށް ބައިވެރިޔާއަށް ކޮށްދޭ ބައެއް ކަންކަން ކޮށްދިނުން މަޑުޖައްސައިލެވިދާނެއެވެ. ނަމަވެސް އަސާސީ ބޭނުންތައް ފުއްދައިދޭންވާނެއެވެ.  

މިފަދަ ރިވެތި އުޞޫލުތަކުގެ ބޭރުން ކަންކަން ކޮށްފައި އެއީ ލޯބިނުވާތީ ކުރި ކަމެއް ނޫންކަމަށް ބުނުމަކުން އެއީ ޤަބޫލުކުރެވޭނެ ވާހަކައެއް ނޫނެވެ. ވީމާ ދެމަފިރިންގެ މެދުގައި އަބަދުވެސް ކަންކަން ކުރަންވާނީ ތެދުވެރިކަމާއިއެކުގައެވެ. ނޫންނަމަ ދިރިއުޅުމުގެ ކަންކަން އަބަދުވެސް ދާނީ ފަހަތަށް ޖެހެމުންނެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް