އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖުނުބުވެރިކަމުގެ ހިނައިގަތުމަށް އެނގެންޖެހޭ ކަންކަން-

ޖުނުބުވެރިކަމުގެ ހިނައިގަތުމަށް އެނގެންޖެހޭ ކަންކަން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

ޖުނުބުވެރިކަމުގެ ހިނައިގަތުމަށް ވުޟޫ ކުރުމަކީ ސުންނަތެކެވެ. ވާޖިބެއް ނޫނެވެ.

• ހިނައިގަންނަން ކުރާ ވުޟޫ ގައި ނަމާދު ކުރެވޭނެއެވެ.

• ޖުނުބުވެރިކަމުން ހިނައިގަތުމުގައި ދެގޮތެއްވެއެވެ. އެއީ ފުދޭ މިންވަރާއި ފުރިހަމަ މިންވަރެވެ.

ފުދޭ މިންވަރަކީ މުޅިހަަށިގަޑުގައި ފެންޖެއްސުމެވެ. ނޫންނަމަ ހިނައިގަތުމުގެ ނިޔަތުގައި ފެންގަޑަކަށް ފުންމާލުމުންވެސް ފުދޭނެއެވެ.

ފުރިހަމަ މިންވަރަކީ ކުރިމަތިފަރާތާއި އެނޫންވެސް މަނީގެ އަޘަރުކޮށްފައިވާ ހިސާބު ރަގަޅަށް ދޮވެ ސާފުކޮށްލުމަށްފަހުގައި، ފުރިހަމަ ވުޟޫ އެއް ކުރުމެވެ. އެއަށްފަހުގައި ބޮލަށްެފެންއަޅާނީއެވެ. ދެން ކަނާތްފަރާތު ކޮނޑަށް، އެއަށްފަހު ވައަތް ފަރާތު ކޮނޑަށް ފެންއަޅާ މުޅިހަށިގަނޑު އެއްކޮށް ދޮވެލާނީއެވެ. واللهتعالىأعلم.

ދެމަފިރިންގެ ފައިސާއިން ވިޔަފާރިއެއް ފެށުމާއިބެހޭ ސުވާލެއް: 

ދެމަފިރިންގެ މަސައްކަތުން އެއްކުރާ ފައިސާއިން ވިޔަފާރިއެއް ފަށާއިރު ދެމަފިރިންނަށް އެއްވަރަށް ހިއްސާވާގޮތަށް އެގްރިމެންޓެއް ހެދުމަށް އަނބިމީހާއަށް ޝަރުތުކުރެވިދާނެތޯ؟ ކޮށްފިނަމަ، އެއީ ފިރިމީހާއަށް ނުކިޔަމަންތެރިވުންކަމަށް ވާނެތޯ؟

ވިޔަފާރީގެ ރައުސުލްމާލު (ކެޕިޓަލް) ގައި ދެފަރާތުން އެއްވަރަކަށް ފައިސާ ބަހައްޓައިފިނަމަ، ދެފަރާތުގެ ޙިއްސާވެސް އެއްވަރުވާނެއެވެ. އަދި މިގޮތަށް މިކަން ކުރުމަށް އަނބިމީހާ އަށް ޝަރުޠުވެސް ކުރެވިދާނެއެވެ. އަދި އެއީ ފިރިމީހާ އަށް ނުކިޔަމަންތެރި ވުމަކަށް ވެސް ނުވާނެއެވެ.

އެހެންނަމަވެސް، ރައުސުލްމާލުގައި ފިރިމީހާގެ މުދާ ގިނަކަމަށް ވަނީ ނަމަ މިފަދަ ޝަރްޠެއް ކުރުމުގެ އިޚްތިޔާރު އަނބިމީހާ އަކަށް ނެތެވެ.  واللهتعالىأعلم.

- ޑރ. މުޙައްމަދު އިޔާޟް ޢބްދުއްލަޠީފް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް