އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިމްޕްލިމެންޓިން ޕީޕަލް ފޯކަސްޑް ޖަސްޓިސް ގެ ނަމުގައި ވިލާ ކޮލެޖާއި އީކުއަލް ރައިޓްސް އިނީޝިއޭޓިވް އާއި ގުޅިގެން ދެ ދެވަހުގެ ކޮންފަރެންސެއް ބާއްވައިފި

އިމްޕްލިމެންޓިން ޕީޕަލް ފޯކަސްޑް ޖަސްޓިސް ގެ ނަމުގައި ވިލާ ކޮލެޖާއި އީކުއަލް ރައިޓްސް އިނީޝިއޭޓިވް އާއި ގުޅިގެން ދެ ދެވަހުގެ ކޮންފަރެންސެއް ބާއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 6 ސިކުންތު

ވިލާކޮލެޖްގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އާއި، އަމިއްލަ ޖަމްޢިއްޔާއެއްކަމުގައިވާ އީކުއަލް ރައިޓްސް އިނީޝިއޭޓިވް (ERI) އަދި އިންޑިއާގެ ސިމްބިއޯސިސް ލޯ ސްކޫލް، ނާގުޕޫރު އާއި ގުޅިގެން، މިހިނގާ އޭޕރީލް މަހުގެ 19 އިން 20 އަށް، ދެދުވަހުގެ މުއްދަތަށް އިންޓަރނޭޝަނަލް ކޮންފަރެންސް އޮން "އިމްޕްލިމެންޓިންގ ޕީޕަލް ފޯކަސްޑް އެކްސެސް ޓު ޖަސްޓިސް" ގެ ނަމުގައި އިންޓަރނޭޝަލް ކޮންފަރެންސް ނިމިއްޖެއެވެ. މިކޮންފަރެންސް ސްޕޮންސަރ ކޮށްފައިވަނީ ޔޫ.އެސް އެއިޑް އިންނާއި ނޭޝަނަލް ޑިމޮކްރެޓިކް އިންސްޓިޓިއުޓް (NDI) އިންނެވެ.

މިކޮންފަރެންސްގެ ޗީފް ޕެޓްރޮން އަކީ ވިލާކޮލެޖްގެ ރެކްޓަރ ޑޮކްޓަރ އަޙުމަދު އަންވަރެވެ. އަދިޝަރަފުވެރި މެހުމާނަކީ ދިވެހިރާއްޖޭގެ ބާކައުންސިލްގެ ރައީސް އަލްއުސްތާޛު އިސްމާޢީލް ވިޝާމް އެވެ.

މި ކޮންފަރެންސްގައި ދުނިޔޭގެ 14 ގައުމުން 195 ބައިވެރިން ބައިވެރިވިއެވެ. އަދި މީގެ އިތުރުން، ކޮންފަރެންސް ތީމަށް 45 ބައިވެރިންގެ ރިސާޗް ޕޭޕަރ ޕްރެޒެންޓްކޮށް، 62 އެޑިޓޯރިއަލް އާރޓިކަލްސް  ހުށަހެޅިފައިވެއެވެ.

މިއީ ދިވެހިރާއްޖޭގައި، ޤާނޫނީ ދާއިރާއަށް އަމާޒުކޮށްގެން މިހާތަނަށް ބޭއްވުމުން އެންމެ ބޮޑު އިންޓަރނޭޝަނަލް ކޮންފަރެންސް އެވެ. މިކޮންފަރެންސްގައި ދުނިޔޭގެ ތަފާތު ޤަމުތަކުން، ޤާނޫނީ ދާއިރާއިރާގެ ޕްރޮފެސަރުންނާއި އެކަޑަމީޝަނުންނާއި، ދަރިވަރުންގެ އިތުރުން އެދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތައް ބައިވެރިވެފައިވެއެވެ.

މި ކޮންފަރެންސްގައި އީކުއަލް ރައިޓްސް އިނީޝިއޭޓިވްގެ ކޯ-ފައުންޑަރ އަދި ޗެއަރޕަރސަން ޑރ. މަރިއަމް ޖަބީން އާއި، އިންޑިއާގެ ސިމްބިއޯސިސް ލޯ ސްކޫލް، ނާގުޕޫރު ގެ ޕްރޮފެސަރ ޑރ. ދީޕްތި ޚުބަލްކަރ ކީނޯޓް ސްޕީޗް ދެއްވާފައިވެއެވެ.

ދެދުވަހުގެ މިކޮންފަރެންސްގައި ކޮންފަރެންސް ތީމަށް، ޤާނޫނީ ދާއިރާއާއި ހިޔުމަންރައިޓްސް އަދި ކުޑަކުދިންނާއި އަންހެނުންގެ ޙައްޤުތަކަށް މަސައްކަތް ކުރައްވާ، ދިވެހިރާއްޖޭގެ ތަޖުރިބާކާރު ބޭފުޅުންހިމެނޭ ތިން ޕެނަލް ޑިސްކަޝަން ބޭއްވުނެވެ. މިޕެނެލް ޑިސްކަޝަންތައް ކުރިއަށްގެންދެވުނު މައުޟޫތަކަކީ:

1-     ‘People-Focused’ access to justice in the Maldives’.

2-     “Access to Justice for the Underprivileged”

3-     “Revisiting the Connections between Access to Justice and Rule of Law” 

މި ކޮންފަރެންސަށް ހުށަހެޅުނު ހުރިހާ ޢިލްމީ ދިރާސާތައް ތިންފޮތެއްގައި ޕަބލިޝް ކުރެވޭނެއެވެ. އޭގެތެރެއިން އެއްފޮތް ޕަބްލިޝްކުރެވޭނީ ރާއްޖެއިން ބޭރުގައެވެ. އަނެއް ދެފޮތް ޕަބްލިޝް ކުރެވޭނީ ވިލާކޮލެޖްގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު