އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިލާ ކޮލެޖުގެ ޖަނުވަރީ އިންޓޭކަށް ފޯމު ހުށައަޅަން ޖެހޭ އެންމެ ފަހު ތާރީޚް ލަސްކޮށްފި

ވިލާ ކޮލެޖުގެ ޖަނުވަރީ އިންޓޭކަށް ފޯމު ހުށައަޅަން ޖެހޭ އެންމެ ފަހު ތާރީޚް ލަސްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 36 ސިކުންތު

ވިލާ ކޮލެޖުގެ 2024 ވަނަ އަހަރު ޖަނުވަރީ އިންޓޭކަށް ފޯމު ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީޚް 6 ޖެނުއަރީ 2024 ލަސްކޮށްފިއެވެ.    

މިގޮތުން އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ޓީޗިންގް (އިސްލާމް، ގުރްޢާން، ދިވެހި، އިނގިރޭސި، ސެކަންޑްރީ ބިޒްނަސް ސަބްޖެކްޓްސް، ސެކަންޑަރީ ސައިންސް ސަބްޖެކްޓްސް) އެޑިއުކޭޝަން، ޝަރީޢާ، ލޯ، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، ބިޒްނަސް މެނޭޖްމަންޓް، އޭވިއޭޝަން މެނޭޖްމެންޓް، އިންޓަނޭޝަނަލް ބިޒްނަސް، އިކޮނޮމިކްސް، އެކައުންޓިންގ އެންޑް ފައިނޭންސް، ބޭންކިންގ އެންޑް ފައިނޭންސް، މާކެޓިންގ، ހިއުމަން ރިސޯސް، އިންޖިނިއަރިންގް (މެކޭނިކަލް، އިލެކްޓްރިކަލް، މެކަޓްރޯނިކްސް) ރިސާރޗް، ނަރސިންގ، ސައިކޮލޮޖީ، ޕަބްލިކް ހެލްތް އަދި އިންޓީރިއަ އާކިޓެކްޗާ އެންޑް ޑިޒައިން، ހެލްތް ސާރވިސަސް މެނޭޖްނަންޓް، ޕްރޮޖެކް މެނޭޖްމަންޓް، ހޮސްޕިޓަލިޓީ މެނޭޖްމަންޓް، މާސް ކޮމިއުނިކޭޝަން އަދި ކަލިނަރީ އާރްޓްސް ދާއިރާއިން ޖުމްލަ 190 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވައިލެވިފައެވެ.

މި އިންޓޭކްގައި މާސްޓަރސް ފެންވަރުގެ 21 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އަދި ޕޯސްޓު ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް ފެންވަރުގެ 26 ކޯހަކާއި، ޑިގްރީ ފެންވަރުގެ 45 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 50 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 17 ކޯހަކާއި އަދި ސެޓްފިކެޓް 3 ފެންވަރުގެ 17 ކޯހަކާއި ސެޓްފިކެޓް ލެވެލް 2 ގެ 1 ކޯސް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިފަހަރު މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) ގެ ޤައުމީ ސެޓްފިކެޓް 4  ގެ 1 ކޯހަކާއި ސެޓްފިކެޓް 3 ގެ 10 ކޯހަކަށް ވަނުމުގެ ފުރުސަތުވަނީ ހުޅުވާލާފައި އެވެ. ނޭޝަނަލް ސެޓްފިކެޓް 3 ކޯސްތަކުގެ ތެރޭގައި ހައުސްކީޕިންގ، ރިޒަރވޭޝަން އެންޑް ޓިކެޓިންގ، ވޯޓަރ ސްޕޯޓްސް، ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިންގ، ލައިފްގާޑިންގ، މެނޭޖްމަންޓް، އެއަރޕޯޓް ރެޕްރެޒެންޓޭޓިވް ސާވިސަސް، ކެޝިއަރިންގ، ޓުއާ ގައިޑިންގ، އިލެކްޓްރިކަލް އިންސްޓޯލްމަންޓް އެންޑް މެއިންޓެނަންސް ހިމެނެއެވެ. އަދި ޤައުމީ ސެޓްފިކެޓް 4 ގައި ހިމެނެނީ އިލެކްޓްރިކަލް އިންސްޓޯލްމަންޓް އެންޑް މެއިންޓެނަންސް އެވެ.

މި ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ އިންޖިނިއަރިންގ ޕްރޮގްރާމްތަކަކީ އިނގިރޭސިވިލާތުގެ ޕޯރޓްސްމޯތް ޔުނިވާރސީޓީއިން ވެލިޑޭޓް ކުރެވިފައިވާ ޕްރޮގްރާމްތަކެކެވެ. މި ވެލިޑޭޝަނގެ ދަށުން ވިލާ ކޮލެޖުން ފުރަތަމަ ތިން އަހަރު ނިންމާ ދަރިވަރުންނަށް އެ ޔުނިވަރސިޓީގެ ޑިގްރީގެ ފަހު އަހަރުގައި ކިޔެވުމަށް ބައިވެރިވެވޭނެއެވެ.

ވިލާ ކޮލެޖުން ހިންގާ ބެޗްލަރ އޮފް ކަލިނަރީ މެނޭޖެމަންޓް، ބެޗްލަރ އޮގް މާސް ކޮމިއުނިކޭޝަންސް، ބެޗްލަރ އޮފް އިންޓަރނޭޝަނަލް ހޮސްޕިޓަލިޓޮ މެނޭޖްމަންޓް، މާސްޓަރ އޮފް އިންޓަނޭޝަނަލް ހޮސްޕިޓަލިޓީ މެނޭޖްމަންޓް، މާސްޓަރ އޮފް ކޮމިއުނިކޭޝަން އަކީ މެލޭޝިއާ ގެ ޓެއިލަރސް ޔުނިވަރސިޓީގެ ޕްރޮގްރާމްތަކެކެވެ. ޓެއިލާރސް ޔުނިވަރސިޓީ އަކި ކިއު.އެސް ރޭނކިންގ ގައި މެލޭޝިއާގެ 1 ވަނަ ޕްރައިވެޓް ޔުނިވަރސިޓީ އަދި ދުނިޔޭގެ އެންމެ ރަނގަޅު %1 ޔުނިވަރސިޓީގެ ތެރޭގައި ހިމެނޭ ޔުނިވަރސިޓީއެކެވެ. ޓެއިލާރސް ޔުނިވާސިޓީގެ ޕްރޮގްރާމްތަކުގެ ތެރެގައި ހިމެނޭ ހޮސްޕިޓާލަޓީ ޕްރޮގްރާމްތަކަކީ ކިޔު، އެސް ރޭންކިންގައި 16 ވަނައަށް ރޭންކް ކުރެވިފައެވެ. މިޕްރާމްތަކުގައި ކިޔަވާ ދަރިވަރުންނަށް ކޯހުގެ ބައެއް ވިލާ ކޮލެޖުގައި ފުރިހަމަ ކުރުމަށްފަހު، ބާކީ ބައި ބޭނުންވެއްޖެ ހިނދެއްގައި މެލޭޝިއާގައި ފުރިހަމަ ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވިފައެވެ.

ހަމަ އެއާއެކު، އޭސީސީއޭގެ ނޮލެޖް ލެވެލް، ސްކިލް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލްގެ އިތުރުން، އޭސީސީއޭ ކިޔަވާ ދަރިވަރުންނަށް ޚާއްސަ، އޭސީސީއޭ އެކްސެލެރޭޓް އަދި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރުކްސް ޔުނިވަރސިޓީގެ ބީއެސްސީ (އޮނާސް) އިން އެޕްލައިޑް އެކައުންޓިންގ ކޯހަށް ވަނުމުގެ ފުރުސަތު ވެސް ކުރިއަށް އޮތް  ޖޫން  އިންޓޭކަށް ވަނީ ހުޅުވާލާފައެވެ. އަދި ސަޓިފައިޑް އެކައުންޓިން ޓެކްނިޝަންގެ (ކެޓް) ލެވެލް 2،1 އަދި 3 ވެސް ކިޔަވައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ޗާރޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓްސް (ސީމާ) ގެ ސެޓްފިކެޓް ލެވެލް، އޮޕްރޭޝަންސް ލެވެލް، މެނޭޖްމަންޓް ލެވެލް އަދި  ސްޓްރެޓިޖިކް  ލެވެލް ގެ ކޯހެއްވެސް ވިލާ ކޮލެޖުގައި ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.

 ސެޕްޓެމްބަރ އިންޓޭކުގައި ހުޅުވާލެވޭ ކޯސްތަކުގެ ތެރޭގައި އޮންލައިން އަދި ފޭސް ޓު ފޭސް ކޮށް ކިޔެވޭ ކޯސްތައް ހިމެނެއެވެ.

ޖަނުވަރީ 2024 އަށް ހުޅުވާލެވުނު ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އަދި އިނގިރޭސިވިލާތުގެ މަޝްހޫރު ޔުނިވަރސިޓީ އެއް ކަމަށްވާ، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ މާސްޓަރސް އަދި ފުރަތަމަ ޑިގްރީގެ ކޯސްތައް ހިމެނެއެވެ. އަދި މި ކޯސްތަކަކީ ކޮންމެ ކޯހެއްގެ ވެސް ދާއިރާގެ ޕްރޮފެޝަނަލް ބޮޑީތަކުގެ އިތުރުން، އިންޑަސްޓްރީތައް ޤަބޫލުކުރާ މިންގަނޑުތަކަށް ފެތޭ، ދަރިވަރުން ވަޒީފާގެ މައިދާނަށް އެންމެ ފުރިހަމައަށް ތައްޔާރުކޮށްދެވޭނެ ގޮތަށް ފަރުމާ ކުރެވިގެން ހިންގޭ ކޯސްތަކެކެވެ.

ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކިއު.އައި. ކެމްޕަހުގެ އިތުރުން ވިލާކޮލެޖް ނައިފަރު ކެމްޕަސް، ވިލާކޮލެޖް ގަން ކެމްޕަސް، ވިލާކޮލެޖް މަހިބަދޫ ކެމްޕަސް، ވިލާކޮލެޖް ހިތަދޫ ކެމްޕަސް އަދި ވިލާކޮލެޖް ކުޅުދުއްފުށީ ކެމްޕަސހުގައި ވެސް ކޯސްތައް ފެށުމަށްވަނީ  ހަމަޖެހިފައެވެ. ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް ފޯމު ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީޚަކީ 23 ޑިސެމްބަރ 2023 ވާ  ހޮނިހިރު ދުވަހެވެ. ކޯސްތަކުގެ ކިޔެވުން، ޖެނުވަރީ މަހުގެ ފަހު ހަފްތާ ތެރޭގައި ފެށޭނެއެވެ.

ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެ މަގްސަދުގައި ދަރިވަރުންނަށް މަންތްލީ އިންސްޓޯލްމަންޓްއަށް ފީ ދެއްކޭނެ ގޮތް ވަނީ އިންތިޒާމް ކުރެވިފައެވެ. މީގެ އިތުރުން ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ބެޗެލަރސް ޑިގްރީ ޕްރޮގްރާމްތަކަށް ކިޔެވޭނެއެވެ.

ވިލާ ކޮލެޖުން  ޖަނުވަރީ 2024 ގައި ފެށުމަށް ހަމަޖެހިފައިވާ ހުރިހާ ޕްރޮގްރާމްތަކާއި އެޕްރޮގްރާމްތައް އޮފަރ ކުރެވޭ މޮޑާލިޓީސްތައް ހިމެނޭ ލިސްޓެއް މި ޕްރެސް ރިލީޒް އާއިއެކު އެޓޭޗް ކުރެވިފައިއެވަނީއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު