އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިލާ ކޮލެޖުން މާސްޓާ އޮފް ޕަބްލިކް ހެލްތުގެ ދާއިރާއިން ދެ ސްކޮލަޝިޕް ދެނީ

ވިލާ ކޮލެޖުން މާސްޓާ އޮފް ޕަބްލިކް ހެލްތުގެ ދާއިރާއިން ދެ ސްކޮލަޝިޕް ދެނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 2 ސިކުންތު

އައި.އެޗް.އީ ޑެލްފްޓް އިންސްޓިޓިއުޓް ފޯ ވޯޓާ އެޑިއުކޭޝަންގެ 3.އެސް.ވަޓަރ ޕްރޮޖެކްޓާ ގުޅިގެން ވިލާ ކޮލެޖުން މާސްޓާ އޮފް ޕަބްލިކް ހެލްތު ޕްރޮގްރާމަށް ދެ ސްކޮލަޝިޕް ދޭން ނިންމައިފި އެވެ. މި ސްކޮލަޝިޕްތަކަކީ އާންމު ސިއްހަތު ކިޔަވަން ޝައުގުވެރިވާ ފަރުދުންނަށް އަމާޒުކޮށްގެން ދޭ ސްކޮލަޝިޕްތަކެކެވެ. 

މި ސްކޮލަޝިޕް ގައި ބައި ވެރިވުމުގެ ޝަރުތަކަކީ، ވިލާ ކޮލެޖުގެ މާސްޓާ އޮފް ޕަބްލިކް ހެލްތުގައި ބަައިވެރު ވުމުގެ ޝަރުތު ތަކުގެ އިތުރުން، މި ސްކޮލަޝިޕްތައް ލިބޭ ފަރާތްތަކުން ޑިޒަރޓޭޝަން ބިނާކުރަން ޖެހޭނީ 3.އެސް.ވަޓަރ އިން ފޯރުކޮށްދޭ ކަނޑައެޅިފައިވާ ދެ މައުޟޫޢުގެ ތެރެއިން މައުޟޫޢެއްގެ މައްޗަށެވެ. މި މައުލޫ ތަކަކީ: 

މައުޟޫޢު 1: ޖަޒީރާ ރަށްރަށުގެ ފެނުގެ ނިޒާމުގެ ވެރިކަން ހިންގުމުގައި އިޖްތިމާޢީ އިންސާފުގެ ކަންބޮޑުވުންތައް

މައުޟޫޢު 2: ޖަޒީރާ ރަށްރަށުގެ މާހައުލުތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ޚިދުމަތް ދިނުމަށްޓަކައި މުޖުތަމަޢުގެ މެދުގައި އާ ހިދުމަތްތައް ބަލައިގަތުން

ސްކޮލަރޝިޕް ލިބޭ ފަރާތްތަކަށް ޚިޔާރުކުރާ ޑިޒަރޓޭޝަންގެ މައުޟޫޢާ ފައިދާހުރި ގޮތެއްގައި ކުރިމަތިލުމަށްޓަކައި ކަމާބެހޭ ދާއިރާތަކުން ވަރުގަދަ ބިންގަލެއް އޮތްކަން ކަށަވަރުކުރުމަށްޓަކައި ތިރީގައިވާ ދާއިރާތަކުގެ ތެރެއިން އެއް ދާއިރާއަކުން ނުވަތަ އެއަށްވުރެ ގިނަ ދާއިރާއެއްގެ ބެކްގްރައުންޑެއް ލިބިފައިވުން: 

1- ފެން ދިނުމުގެ ނިޒާމު

2- އިޖްތިމާޢީ ޢިލްމުގެ ޢިލްމު ލިބިފައިވުން

3- ޖަޒީރާ ރަށްރަށުގެ ޖަމާއެއް ތަކާ ގުޅިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ނުވަތަ ޢިލްމު ލިބިފައިވުން

4- ފެނުގެ ފެންވަރާއި އާންމު ސިއްހަތާ ގުޅުން ހުރިކަން އެނގުން

5- ފެނުގެ ރައްކާތެރިކަމާއި، ރައްކާތެރިކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ފެން ބޭނުންކުރުމާ ބެހޭ މަޢުލޫމާތު ލިބިފައިވުން 

ވިލާ ކޮލެޖާއި 3.އެސް.ވަޓަރ ގުޅިގެން ކުރިއަށް ގެންދާ މި ގުޅުމަކީ އާންމު ސިއްހަތާއި ފެން މެނޭޖްމަންޓަށް ޝައުގުވެރިވާ ފަރުދުންނަށް ޖަޒީރާ މާހައުލުތަކުގައި ފެނާއި ގުޅުންހުރި މުހިންމު ގޮންޖެހުންތަކާ ކުރިމަތިލާއިރު ކުރިއަރާފައިވާ ދިރާސާތަކެއް ކުރުމުގެ ތަފާތު ފުރުސަތެކެވެ. 

މި ސްކޮލަރޝިޕާއި ބެހޭ އިތުރު މަޢުލޫމާތާއި އެޕްލިކޭޝަންގެ ތަފްޞީލު ހޯއްދެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ވިލާ ކޮލެޖުގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ފޯމު ޑައުންލޯޑްކޮށް، [email protected] އަށް އެޕްލިކޭޝަން އީމެއިލް ކޮށްލެއްވުމަށް އެ ކޮލެޖުން އެދެއެވެ.

 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު