އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 54 ސިކުންތު
ރެޑްވޭބްގެ ފިހާރަތަކުން ވިޔަފާރިކުރާ ކަސްޓަމަރުންގެ ޖީބަށް ވީހައި ލުއިފަސޭހަ ގޮތްތައް ހަމަޖައްސަވައިދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ރެޑްވޭވް ގްރޫޕްގެ ޗެއާމަން އަހްމަދު ސަލީމް (އެންމެންގެ ރެޑްވޭވް ސަލީމްބެ)ގެ ވަރަށް ބޮޑު ދީލަތި އެހީތެރިކަމެއް އަނެއްކާވެސް ކަސްޓަމަރުންނަށް ފޯރުކޮށްދެއްވައިފިއެވެ.
ކިތަންމެ ކުޑަނަމަވެސް ޕްލާސްޓިކް ކޮތަޅެއް ލިބިގަންނަނަމަ 2 ރުފިޔާ ސަރުކާރަށް އަތުލަން މަޖިލީހުން ފާސްކުރުމުން އެކަމުގެ ތަކްލީފް ބޮޑުވެ ރައްޔިތުންގެ ޝަކުވާތައް ގިނަވެ ކަންބޮޑުވުން އިންތިހާއަށް ދިއަ ވަޤުތު ސަލީމްބެ ކަސްޓަމަރުންނަށް ދެއްވީ ވަރަށް ބޮޑު ލުޔެކެވެ. ރެޑްވޭބުން ދޭ ފޮތިކޮތަޅުން ނަގަންފެށި އެންމެ ރުފިޔާވެސް ކަނޑާލައްވައި އެންމެ ރުފިޔާއެއްވެސް ނުނަންގަވަން ނިންމެވުމުން ގިނަ ބައަކު ދަނީ އެކަން ފާހަގަކޮށް ސަލީމްބެއަށް ޥުކުރުއަދާކުރަމުންނެވެ.
ގުޅުންހުރި ރެޑްވޭވްގެ ބަސް:
ކަސްޓަމަރުންގެ ތަކުލީފުތަކަށް ލުޔެއް ގެނެސްދިނުމުގެ ގޮތުން ރެޑްވޭވްގެ ކޮތަޅުތަކުން ރުފިޔާއެއް ނުނަގާނެ!
އަލަށް ތަންފީޒުކުރެވިގެންދިޔަ ގާނޫނާއި އެކު ގިނަ އާންމުންގެ ކަންބޮޑުވުމަކަށް ވެގެންދިޔަ ޕްލާސްޓިކް ކޮތަޅުން ނަގަމުންދާ 2 ރުފިޔާއަށް، ލުޔެއް ގެނެސްދިނުމުގެ ގޮތުން ރެޑްވޭވް އެކުންފުނިން ކަސްޓަމަރުން ވިޔަފާރިކުރުމުން ދެމުންދާ ފޮތި ކޮތަޅުން އެއްވެސް ފައިސާއެއް ނުނަގާން މިއަދު ވަނީ ނިންމާފައެވެ.
ރެޑްވޭވްގެ ޗެއަރމަން ވިދާޅުވިގޮތުގައި ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާ ނަގަން ފެށުމުން ރެޑްވޭވްގެ ފޮތި ކޮތަޅުތަކަށް އިތުރުވި ޑިމާންޑާއި އެކު އެހަރަދު ފޫބެއްދުމަށް ނަގަން ނިންމާފައިވާ 1 ރުފިޔާ މިއަދުން ފެށިގެން އެކުންފުނިން ނުނަގާނެއެވެ. ރެޑްވޭވް އިން ކަސްޓަމަރުންނަށް ދެމުންދާ ފޮތި ކޮތަޅަކީ ރިޔޫސް ކުރެވިގެންދާ ވަރުގަދަ ކޮތަޅެއްކަމުގައި އެކުންފުނިން ފާހަގަކޮށްފައިވެއެވެ. އަދި މިފަދަ ކޮތަޅު ގެނައުމަކީ ބޮޑު ހަރަދެއް ހިނގާނެ ކަމެއް ކަމުގައިވިޔަސް މިއީ ވަރަށް ގިނަ ކަސްޓަމަރުންގެ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަކަމަށް ވުމާއިއެކު އެކުންފުނިން ނިންމާފައިވަނީ އެކަމަށް ލުޔެއްދޭށެވެ.
ރެޑްވޭވް އިން ހާމަކުރި ގޮތުގައި މީރާގެ ގަވާއިދާއި އެއްގޮތަށް އެކުންފުނިންވެސް ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާ ނެގިކަމުގައިވިޔަސް މިޤަވާއިދުން ކަސްޓަމަރުންނަށް ތަކުލީފު ޖެހިގެން ނުދާގޮތަކަށް ބައްޓަންކުރެވިގެން ދިޔުމަކީ އެކުންފުނީގެ ވަރަށް ގިނަ ކަސްޓަމަރުންގެ އެދުމެކެވެ.
Advertisement
21 އޭޕްރީލް 2023