އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ބަޤަރާ ސޫރަތް ކިޔެވުމުން ފިރިމީހާގެ ސިފައިގަ ގެއަށް ވަދެއިން ޖިންނީގެ ކިބައިން ސަލާމަތްވެވުނު އަނހެނެއްގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ބަޤަރާ ސޫރަތް ކިޔެވުމުން ފިރިމީހާގެ ސިފައިގަ ގެއަށް ވަދެއިން ޖިންނީގެ ކިބައިން ސަލާމަތްވެވުނު އަނހެނެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 55 ސިކުންތު

އެއީ ކާކުކަމެއް އަޅުގަނޑު ނުބުނާނަމެވެ. ބައްޕަގެ ރައްޓެހިކަމުގައި ގެއަށް އައިސް އުޅޭ މީހެކެވެ. ބައެއް ރޭރޭ ވަރަށް އާދައާ ޚިލާފް ކަންތައްތަކެއް ކުރާނެއެވެ. އެކުރަނީ ކޮންކަމެއްކަމެއް އެއިރަކު ނުއެނގެއެވެ. ނަމަވެސް ފަހުން އެނގުނެވެ. އެމީހުން ކުރާކަމަކީ ޖިންނި ގެނެސްގެން ކަންތައްތަކެއް ކުރުމެވެ. ކަންކަން އޮޅުންފިލުވުމެވެ. 

ކޮންމެއަކަސް ޢިމިރުން 18 އަހަރު ފުރުނުތަނާހެން ކައިވެނިކޮށްގެން ގެއިން ނުކުމެއްޖައީމެވެ. އެހިސާބުން އެކަންކަމެއް ނުފެނެއެވެ. އަދި އެކަންކަމަކަށް ނުވެސް ވިސްނަމެވެ. ދެމަފިރިން އެކުގައި އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަނިކޮށް ކައިވެންޏަށް 12 އަހަރުގައި އަޅުގަނޑަށް އުނދަގޫތަކެއްވާން ފަށައިފިއެވެ. އެއިރު 4 ދަރިންވެސް ވަނީ ލިބިފައެވެ. 

އުނދަގޫވަނީ ބަނޑަށެވެ. އެކަމަކު ވަނީ ކޮން އުނދަގުލެއްކަން ބުނެދޭކަސް ނުއެނގެއެވެ. ފިރިމީހާ އަޅުގަނޑު ގެންގޮސް އެތައް ފަހަރެއްގެ މަތިން ޑޮކްޓަރުންނަށްވެސް ދެއްކިއެވެ. އެއްވެސް ޑޮކްޓަރަކަށް އަޅުގަނޑުގެ ބައްޔެއް ނުއެނގުނެވެ.

އެކަމުގެ ކަންބޮޑުވުމުގެ ތެރޭގައި އުޅެމުންދަނިކޮށް އެއްރޭ ނިދަން އޮއްވައި އުނދަގޫވާން ފެށުމުން ތެދުވެގެން ގޮސް ވުޟޫކޮށްލީމެވެ. އެއީ ދަމުނަމާދުކުރުމަށެވެ. ވުޟޫކޮށްލައިގެން ނަމާދުކުރަން ސިޓިންގ ރޫމަށް ދިއައިރު ފިރިމީހާ އިންދައި ފެނުމުން ދިއައީ ސިއްސައިގެންނެވެ. ސަބަބަކީ ފިރިމީހާ އެއިރު ރަށުގައި ނެތުމުންނެވެ. ނިދުމުގެ ކުރިން ފިރިމީހާ އާއި ވީޑިއޯ ކޯލެއްގައި ވާހަކަ ދެއްކީމެވެ. 

ވީމާ މިއީ ގޯހެއްކަން އެނގުމާއިއެކު ވިސްނައިލީމެވެ. ފިލަން އުޅެފިނަމަ އަޅުގަނޑުގެ މައްޗަށް ގަދަވެގަންނާނެކަމަށް ވިސްނުނެވެ. ވީމާ ނިންމީ ކުރިމަތިލާށެވެ! ﷲ އަށް ވަކީލުކޮށްގެން ހުރެ އަޅައިވެސް ނުލާ ކުރިއަށް ހިނގައިގަތުމުން ހެވިފައި އިނެވެ. އޭނާ ހީކުރީ އޭނާ އާއި އެއްބައިވާން ގާތަށް ދަނީ ކަމަށެވެ! 

އަޅުގަނޑު ކުރިއަށް ދިއައީ ޤުރްއާން ކިޔަވަމުންނެވެ! ކުރިއަށް ގޮސް ފޮތް ހަރުގަނޑު ގާތަށް ހުއްޓި ވަޤުތުން ޚަތިމެއް އަތަށް ނެގީމެވެ. ހުޅުވައި ބަޤަރާ ސޫރަތް ކިޔަވަން ފެށީމެވެ. ކިޔަވަން ފަށާއިރަށް ތެދުވެ ބާރުބާރަށް ހިނގައިގަތްކަން އެނގުނެވެ. ދެންވީގޮތެއް ނުއެނގުނެވެ. 

އަޅުގަނޑު ދަމުނަމާދުކުރީ ބަޤަރާ ސޫރަތް ކިޔަވައި ނިންމާފައެވެ. ނިންމާފައި އަޅުގަނޑު ދުޢާކުރީމެވެ. އަޅުގަނޑަށް ފެނުނީ ޝައިޠޯނެއް ކަމަށްވާނަމަ އޭތީގެ ކިބައިންނާއި އެންމެހައި ޝައިޠޯނުންގެ ކިބައިން ސަލާމަތްކަމަށް އެދިގެން ވަރަށް ގިނައިން ދުޢާކުރީމެވެ. 

ކޮންމެއަކަސް އެއިގެ ފަހުން އަޅުގަނޑަކަށް އޭތީގެ އެއްވެސް އުނދަގުލެއް ނުފޯރައެވެ. އަދި ބަނޑަށް ވަމުން އައި އުނދަގޫތަކެއްވެސް ނުވެއެވެ. 

- -ތަސްލީމާ / ކަރާޗީ ، ޕާކިސްތާން

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް