އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ- ވަރިވުމުން ސަލާމަތްވާން އަންތބަކު ބޭނުންކުރި މޮޅު އުކުޅަކުން ލޯބި އާބާރެއްގަ ކުރިއަރައި ކައިވެނި ރޫޅުމުން ސަލާމަތްވި ގޮތުގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ- ވަރިވުމުން ސަލާމަތްވާން އަންތބަކު ބޭނުންކުރި މޮޅު އުކުޅަކުން ލޯބި އާބާރެއްގަ ކުރިއަރައި ކައިވެނި ރޫޅުމުން ސަލާމަތްވި ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 11 ސިކުންތު

އަޅުގަނޑުމެންގެ ކައިވެންޏަށް މިހާރު 8 އަަހރުވެއްޖެއެވެ. 3 ދަރިން އެބަތިއްބެވެ. ފިރިމީހށާއަކީ އަމިއްލަ މަސައްކަތުން އުޅޭ މީހެކެވެ. ވީމާ ފުދޭވަރެއްގެ ތަނަވަސްކަމެއްވެސް ވަނީ ލިބިފައެވެ.

ދެމީހުން ކައިވެނިކުރިއިރު 2 މީހުންވެސް އައީ ވަޒީފާއަދާކުރަމުންނެވެ. އަމިއްލަ މަސައްކަތެއް ފަށަން ހިތްވަރުދީ މަގުފަހިކޮށްދިނީ އަޅުގަނޑެވެ. ދެމީހުންގެ އަތުގައި ހުރި ސޭވިންގސް އެއްކޮށްލައިގެންވެސް ނުފުދުނީމާ ލޯނެއް ހޯދަން މޯގޭޖްކުރީ އަޅުގަނޑަށް ބައްޕަގެ ކިބައިން ލިބިފައި އޮތް ބިންކޮޅެކެވެ. 

އެކަމަކު މިއަދު އުޅެނީ ލޯބިވެރިއަކު ހޯދައިގެންނެވެ. ދެމީހުންގެ ނަންމަތީގައި ކުންފުނި އޮންނާތީ ކުންފުނިވެސް އޭނާގެ ނަމަށް ބަދަލުކުރަން ވެސް އެބަ މަސައްކަތްކުރެއެވެ. އެކަން ނުކުރެވިގެން އުޅެނީ އަޅުގަނޑު އެއްބަސްނުވެގެންނެވެ.  

ފިރިމީހާއަށް މި ބަދަލުތައް އައީ ދަރިން ލިބުމުން އަޅުގަނޑު ގޭގައި ހުންނަން ފެށުމުންނެވެ. އޮފީހުގައި އޭނާއާއިއެކު ވަޤުތު ހޭދަކުރާ ސެކެޓްރީ އާއި ދެމީހުން ގުޅުނީއެވެ. ފިރިމީހާއަކީ ގިނަ ގޮތްގޮތުން ރަނގަޅު މީހެކެވެ. އެހެންވެ ވަރިވާން ބޭނުމެއް ނޫނެވެ. މިޙާލަތުގައި ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟ 

ކިޔުންތެރިޔާއެވެ! އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ބުނަން ސީދާ އުނދަގުލެވެ. ނަމަވެސް މައްސަލައެއް ކަމަށް ފާހަގަތިއަކުރަނީ ދެމީހުން އެކުގައި އުޅޭ ވަޤުތު މަދުވުންކަން އެބަ ފާހަގަކުރެވެއެވެ. އެކަމަށް ޙައްލެއް ހޯދޭނެ ގޮތަކަށް ކަންކަން ކުރެވޭތޯ ބަލާށެވެ! ކޮންމެވެސް ގޮތަކުން ފިރިމީހާއާއި އިތުރަށް ގާތްވެވޭނެ މަގެއް ވިސްނާށެވެ.  

ތިރިގައިވާ ވާހަކައަކީވެސް ތިއަފަދަ ޙާލަތުގައި ވަރަށް ޢިބްރަތްތެރި ފިލާވަޅެކެވެ.  

ކައިވެންޏަށް 10 އަހަރުވީފަހުން އަނބިމީހާމަތިން ފޫހިވާންފެށިއެވެ. އަދި އެއްރޭ ގެއަށްގޮސް ދެމަފިރިން އެކުގައިތިބެ ކާން ފަށަމުން އަހަރެން ބުނީމެވެ. "ވަރަށް ބޮޑު ވާހަކައެއް ބުނަން އެބައޮތެވެ." އެކަމަކަށް އަނބިމީހާ އެއްވެސް ސަމާލުކަމެއް ނުދެއެވެ.  

ކައިނިމިގެން އެންމެފަހުން އަހަރެން ބުނީމެވެ. "އަހަރެން ބުނަން ބޭނުންވަނީ އަހަރެން ކަލޭ ވަރިކުރަން ބޭނުންވާހަކައެވެ."  

އަނބިމީހާ ކުރީ ސުވާލެކެވެ. "އެއީ ކީއްވެގެން ހެއްޔެވެ؟"

އަހަރެން ބުނީމެވެ. "އަހަރެމެންގެ މެދަކު އެއްވެސް ރަނގަޅު ގުޅުމެއް ނެތެވެ. އެކަކު އަނެކަމަށް ދޭންޖެހޭ ސަމާލަކަމެއް ނުދެވެއެވެ."

އަނބިމީހާ ބުންޏެވެ. "އެކަން އެނގުނީ ކައިވެންޏަށް 10 އަހަރު ފުރި އަދި ދަރިފުޅަށް 4 އަހަރުވެސްވީފަހުން ހެއްޔެވެ؟"

އަހަރެން ބުނީމެވެ. "އެކަން އެނގެންފެށީ އިތުރު އަންހެނެއްގެ ލޯބި ލިބެން ފެށުމުންނެވެ."

އަނެއް ދުވަހެވެ. ހެދުނުގެ ކޮފީތަށި ގެނެސްދީފައި އަނބމީހާ ބުންޏެވެ. "ވަރިިވާން ތައްޔާރެވެ. ދެ ޝަރުޠެއްގެމަތީންނެވެ. 1 ވަރިކުރުމަށްފަހު އަހަރެންނަށް އެއްވެސް ޚަރަދެއްކޮށްގެން ނުވާނެއެވެ. 2 މަސްދުވަސްވަންދެން ކޮންމެ ދުވަހަކު އޮފީހަށް ދިއުމުގެ ކުރިން އަހރެން އެނދުން އުފުލައިގެން ކޮޓަރީގެ ދޮރާއިހަމައަށް ގެންގޮސްދޭންވާނެއެވެ!"   

ވަރިކުރަން ބޭނުންވެފައިހުރިވަރުން އެކަންކަން ޤަބޫލުކުރީމެވެ. އަދި އަނބިމީހާ ހުރީ މޮޔަވެފައިކަމަށް ބަލައި ލޯބިވެރިޔާ އާއިދެމީހުން ހީނހެދީމެވެ.  

ފުރަތަމަ ދުވަހެވެ. އަނބިމީހާ އުފުލަން ވަރަށް މަރުވިއެވެ. އަދި އުފުލާތަން ފެނިފައި ދަރިފުޅު އަތްޖަހައިހެދިއެވެ. އެތަން ފެނިފައި އަނބިމީހާ ބުންޏެވެ. "ވަރިކުރަން އުޅޭ ވާހަކަ ދަރިފުޅު ގާތު ނުބުނާށެވެ! އޭނާ ވަރަށް ދެރަވާނެއެވެ."  

ދެވަނަ ދުވަސްވީ ވަރަށް އާދައާއި ޚިލާފް ދުވަހަކަށެވެ. އެއީ އަބިމީހާގެ ގައިން ދުވާ މީރުވަސް ފުރަތަމަ ފަހަރަށް އިޙްޞާޞް ކުރެވުނު ދުވަހެވެ. ދެތިން ހަތަރުު ދުވަހެއްގެ ތެރޭގައި އަނބިމީހާ އުފުލުން ބުރަކަމަކަށްވެސް ނުވިއެވެ. މޭގައި އަނބިމީހާ ލެގިލުމުން ވަރަށް ފަސޭހައިން އުފުލެން ފަށައިފިއެވެ.  

ވަކިހިސާބަކުން އަނބިމީހާ އުފުލާފައި ދޫކޮށް ނުލެވެން ފަށައިފިއެވެ. ބައްދައިލެވެން ފަށައިފިއެވެ. އަލުން އުފުލާފައި ގެންގޮސް އެނދުގައި ބޭއްވެން ފަށައިފިއެވެ. އެގޮތަށް ގޮސް 30 ވަނަ ދުވަހު އަނބިމީހާ އުފުލުމަށްފަހު ލޯބިވެރިޔާ ގާތު ބުނީމެވެ. "އަނބިމީހާ ވަރިކުރެވޭކަށް ނެތެވެ. މިހައިތަނަށް އަހަރެންނަށް ލޯބި ނުލިބި އޮތީ އަހަރެންގެ އިހްމާލުންނެވެ. މަސައްކަތަށް އިސްކަންދީ، އަނބިމީހާއަށް ދޭންޖެހޭ ސަމާލުކަން ނުދެވި އޮތުމުންނެވެ. އަނބިމީހާ ކަންކަމަށް ބޭނުންވުމުން ބުރައަކަށްވެފައި އޮތީ އެބުރަ އަހަރެން ނުއުފުލައި ހުރުމުންނެވެ. އަނބިމީހާގެ ދުރަދަން އުފުލަންފެށުމުން މިހާރު އަނބިމީހާ އުފުލުމަކީ އެއްވެސް ބުރަކަމެއް ނޫނެވެ. އެކަންކުރަން ހިތްވެސް ޖެހިއްޖެއެވެ."  

ލޯބިވެރިޔާ އަހަރެންދެކެ ވަރަށް ރުޅިއައެވެ. ނަމަވެސް އަޅައިވެސް ނުލަމެވެ. އަނބިމީހާ ދޫކޮށްލާފައި އެހެން ކައިވެންޏެއް ކުރަން ބޭނުން ނުވާތީއެވެ.

އަހަރެންނަށް މިހާރުވަނީ ވިސްނިފައެވެ. އަނބިންނާއި ދުރުވެވުމަކީ ކުރެވޭނެ އެންމެ ބޮޑު ކުށެވެ. ކިތަންމެ ބުރަކޮށް މަސައްކަތްކުރި ނަމަވެސް އަނބިމީހާ އާއިއެކު ވަގުތު ހޭދަކުރަންޖެހެއެވެ. އަނބިން އެދޭ ކަންކަން ކޮށްދިނުމަކީ ބުރަކަމެއް ކަމަށް ނުދެކެ ކުރަންޖެހެއެވެ. އެކަންކަން ކުރެވޭނަމަ ލޯބީގެ ގޮށަށް ދޫކަމެއް ނުލިބޭނެއެވެ. އަބަދުވެސް ދާނީ ވާންވަމުންނެވެ!

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް