އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަނޑުފެއްތުނީ ޙަސަން ތާޖުއްދީންގެ ދެދަރިންނެވެ! ދެބެންގެ ފިކުރު އަދިވެސް ދިރިއެބަހުއްޓެވެ!

ކަނޑުފެއްތުނީ ޙަސަން ތާޖުއްދީންގެ ދެދަރިންނެވެ! ދެބެންގެ ފިކުރު އަދިވެސް ދިރިއެބަހުއްޓެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 22 ސިކުންތު

"އެންމެ ފަހުން އިންޑިއާއިން ހިފަހައްޓައި ފޮނުވާލި މީހާ އެދައްކަނީ ހަމަ ތެދުވާހަކައެކެވެ. އަޅުގަނޑަކީ ޔޯގާ ހުއްޓުވަން ނުކުތް ޒުވާނަކީމެވެ. ނަމަވެސް ކުށެއް ނުކުރަމެވެ. ޝިރުކުރުން ޢާންމުކޮށް ފެތުރުމާއި ދެކޮޅުހެދީއެވެ. އެއިގެ ދުވަސްކޮޅެއްފަހުން ޢާއިލާ އާއިއެކު އިންޑިއާއަށް ދިއުމުން ހަމަ އެގޮތަށް ހައްޔަރުކުރިއެވެ. އޭނާ އެހާމަކުރާ ކަންކަމަކީ ހަމަ އަޅުގަނޑަށްވެސް ތަޖުރިބާކުރަންޖެހުނު ކަންކަމެވެ." 

މިހިރީ މިއަދު ދިވެހިންނަށް ކުރިމަތިވާ އަނިޔާތަކެވެ. ބިރުދެއްކުންތަކެވެ. މިވާހަކަ އެޒުވާނާ މިއަދުނޫހާއި ޙިއްޞާކުރުމުން މިލިޔުމުގެ ހަނދާންތައް އަލުން އައުކޮށްލަން ބޭނުންވީއެވެ. 

ހޮޅީން ކިޔަސް މަލާބާރީން ކިޔަސް އަދި ކޮންމެ ނަމެއްކިޔަސް އިންޑިއާއިން ފުރަމާލޭގެ މައްޗަށް ގަދަވެގަތުމަށްފަހު އެމީހުންނަށް ރާއްޖެއައުމަށް ދައުވަތުދިން ހަސަން ތާޖުއްދީންގެ ޣައްދާރު ދެދަރިންގެ ފައިގައި ކަޅުހިލަދައި ބަނދެފައި ކަނޑުފެއްތިވާހަކައަކީ ދިވެހިންނަށް އައުވާހަކައެއް ނޫނެވެ. 

އެޚަބަރު ލިބުމުން މުޅި ދިވެހި ޤައުމު އެކަމަށް އުފާކުރިއެވެ. ސުވާލަކީ އެ ދެ ޣައްދާރުން ކަނޑުފެއްތުމުން އެދެ ޣައްދާރުންގެ ފިކުރު ކަނޑުފެއްތުނު ހެއްޔެވެ؟ ރާއްޖެއިން އެ ނުބައި ވިސްނުން ނައްތައިލެވުނު ހެއްޔެވެ؟ 

އެކަން ނުކުރެވޭ ކަމުގެ ހެކިތައް މިއަދު މިދަނީ ދިވެހީންގެ ލޯތަކަށް ފެންނަމުންނެވެ. ތަފާތަކީ ފެންނަ މަންޒަރުގެ ތަފާތެވެ. އެދުވަސްވަރު ފުނޑައި އުޅުނީ ހަށިގަނޑުން ވަރަށް ބުރަ އުފުލައިގެން ކަޅުހިލަދައިގައެވެ. މިއަދު ފުނޑައި އުޅެނީ ވަރަށް ލުއިގޮތަކަށް މިކްސަރުގައެވެ. ކުރަނީ އެއްކަމެކެވެ. ޙާޞިލުވަނީ އެއް ކަމެކެވެ. 

ކިތަންމެ ވަރަކަށް އޮފް އަރުވައި މީރުވަސްދުއްވައި ރީތިހައި ކުލަތައް ލޯތަކަށް ދެއްކި ނަމަވެސް ހިނގަމުން މިދަނީ ހަމަ އެއް އޮއިވަރެކެވެ. ކުރެވެމުން މިދަނީ ހަމައެއް ކަމެކެވެ. ބޮޑުތަކުރުފާނާއި ދޮން ބަންޑާރައިންނާއި އެނޫންވެސް ޤައުމީ އަބްޠާލުން ހިމެނޭ ގޮތުން ޖާނާއި މާލުން ޤުރްބާންވެވަޑައިގެން އަޅުގަނޑުމެންނާއި ހަމައަށް ގެނެސް ދެއްވެވި މިނިވަންކަން އަމިއްލައަށް ދޫކޮށްލެވެނީއެވެ. ވެލާނާގޭ އިބްރާހީމް ނާޞިރު ރާއްޖެއިން ބޭރުކުރެއްވި ވޯރާ އިން އަލުން ރާއްޖޭގައި ވަޒަންވެރިކުރުވައިފިއެވެ. ހާލިހަދައި ބިސްއަޅަން ފުރުޞަތު ދީފިއެވެ. 

އެމީހަކު މާނަކުރާނެ  ގޮތަކަށް މާނަކުރާށެވެ! މިބުނީ ލައްކަ ގިނަ ވާހަކަތަކެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު