އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަސްކޮއި ޓްރެވަލް ސާވިސްގެ ޖުލައި މަހުގެ ޢުމުރާ ދަތުރަށް ޖާގަފުރި އަންނަ ރަމަޟާންމަހަށް ޖާގަ ހުޅުވާލައިފި-

އަސްކޮއި ޓްރެވަލް ސާވިސްގެ ޖުލައި މަހުގެ ޢުމުރާ ދަތުރަށް ޖާގަފުރި އަންނަ ރަމަޟާންމަހަށް ޖާގަ ހުޅުވާލައިފި-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 2 ސިކުންތު

ޢުމްރާއަށް މީހުން ގެންގޮސް ޚިދުމަތް ދިނުމުގައި އެންމެ ފުރިހަމައަށް ޚިދުމަތް ދެމުން އަންނަ ޖަމާޢަތްކަމަށް ޚިދުމަތް ހޯދާ ގިނަ ބައަކު ބުންމުން އަންނަ އަސްކޮއި ޓްރެވަލް ސާވިސްގެ ޖުލައި މަހުގެ ޢުމުރާ ދަތުރަށް ޖާގަފުރި އަންނަ ރަމަޟާންމަހަށް ޖާގަ ހުޅުވާލައިފިއެވެ. 

އެޖަމާޢަތުން މިއަހަރުގެ ރަމަޟާން މަހަށް ދޫކުރި ޖާގަތައްވެސް ވަނީ ކުރިއާލައި ފުރިފައެވެ. އެޖަމާޢަތުން ބުނީ މިއަހަރު އަދި 2 ދަތުރު ރޭވިފައި އެބައޮތްކަމަށާއި އެއީ ރަބީޢުލްއައްވަލް މަހަށާއި ޑިސެމްބަރު މަހަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ 2 ދަތުރު ކަމަށެވެ. 

"އަޅުގަނޑުމެންނާއިއެކު ދާ މީހުންނަށް އަބަދުވެސް މިދަނީ އެންމެ ރަނގަޅު ފެންވަރުގައި ޚިދުމަތްދޭން މަސައްކަތްކުރަމުން. އިރާދަކުރެއްވިއްޔާ ކޮންމެ މީހަކުވެސް އެނބުރި އަންނަނީ އަޅުގަނޑުމެންނާއިއެކު ދަތުރުކުރެވުނީތީ އުފާކުރަމުން. ހިތްހަމަޖެހިގެން ހުރެ." 

"ޑިމާންޑް ބޮޑުވި ނަމަވެސް ކުރިއާލައި ރަޖިސްޓްރީކުރާ ފަރާތްތަކަށް އަޅުގަނޑުމެން ވަރަށް ޚާއްޞަ އަގުތަކެއް ހަމަޖައްސައިދެން. އެއީ އެމީހުންގެ ޖީބަށް ލުއިކޮށްދޭން ބޭނުންވާތީ. ވީމާ ކުޑަޚަރަދަކުން ދަތުރުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް ދަންނަވާލަން އޮތީ ފަހުވަގުތައް މަޑުނުކުރައްވައި އަވަހަށް ރަޖިސްޓްރީކޮށްލައްވާށޭ!" ޖަމާޢަތުގެ އިސްވެރިޔާ ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ. 

ޢުމްރާ ދަތުރުތަކުގައި ޙަރަމްފުޅާއި އެންމެ ކައިރިން ހޮޓާ ހޯދައި މީހުން ބޭތިއްބުމުގައިވެސް އަސްކޮއި ޓްރެވަލް ސާވިސް އިން އަންނަނީ ކާމިޔާބު ހޯދަމުންކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން ކެއުމާއި ދަތުރުފަތުރުކުރުކުރުމުގައިވެސް އަދި އަޅާލުމާއި އެހީތެރިވުމުގައިވެސް އެޖަމާއަތުން ދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ވަރަށް ރަނގަޅުކަން ޖަމާޢަތާއެކު ދަތުރުކުރާ ގިނަ ބައަކު ފާހަގަކުރެއެވެ.

އިތުރު މައުލޫމާތު: 7718064

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް