އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއްޖިންސުން ގުޅުންހިންގުން ޢާންމުކުރަން އިނގިރޭސިވިލާތުގަ ސަރުކާރުން ހިންގާ ޖަރީމާތަކާ ދެކޮޅަށް ޔަހޫދީން ނުކުމެ މުޒާހަރާކޮށްފި!

އެއްޖިންސުން ގުޅުންހިންގުން ޢާންމުކުރަން އިނގިރޭސިވިލާތުގަ ސަރުކާރުން ހިންގާ ޖަރީމާތަކާ ދެކޮޅަށް ޔަހޫދީން ނުކުމެ މުޒާހަރާކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

އެއްޖިންސުން ގުޅުންހިންގުމާއި އެއްޖިންސުން ކައިވެނިކުރުން ޢާންމުކުރަން އިނގިރޭސިވިލާތުގައި  ސަރުކާރުން ހިންގާ ޖަރީމާތަކާ ދެކޮޅަށް އިނގިރޭސިވިލާތުގައި ދިރިއުޅޭ ޔަހޫދީން ނުކުމެއްޖެއެވެ. އެމީހުން ބުނަނީ އެކަންކަމަށް ހޭލުންތެރިކުރުވަން ސްކޫލްތަކުން ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމްތަކަށް އެމީހުންގެ ދަރިން ނުފޮނުވާނެ ކަމަށެވެ. އެޕްރޮގްރާމްތަކުގައި ބައިވެރިނުކުރާށެވެ. އެކަންކަން ކިޔަވައިދޭ ސްކޫލްތަކަށް އެމީހުންގެ ދަރިން ނުފޮނުވުމުގެ ޙައްޤު އެމީހުންނަށް ލިބިގެންވާ ކަމަށެވެ. 

އެމީހުން ބުނަނީ ދަރިންނަށް ކިޔަވައިދޭން ބޭނުންވަނީ އެމީހުންގެ ފޮތް، ތައުރާތުގައިވާ ގޮތަށްކަމަށާއި އެ ޙައްޤުން އެމީހުންގެ ދަރިން މަޙްރޫމް ނުކުރެވޭނެ ކަމަށެވެ. ކޮންމެ ބައަކަށްވެސް އެބައަކު ޤަބޫލުކުރާ ފޮތާއި އެއްގޮތަށް އެބައެއްގެ ދީނުގައި ތިބުމުގެ ޙައްޤުލިބިގެންވާ ކަމަށެވެ. 

އެމީހުން ސިފަކުރަނީ މިއީ އެމީހުންގެ ދަރިން އެމީހުންގެ ދީނުން ބޭރުކުރަން އަމާޒުކޮށްގެން އިނގިރޭސި ސަރުކާރުން ހިންގާ ޙީލަތްތެރި ޕްރޮޕަގެންޑާއެއް ކަމަށެވެ. 

އެމީހުން އެދައްކަނީ އެމީހުންގެ ދީނާއި އެމީހުންގެ ދަރިން މިބޮޑު މުންކަރާތްތަކުން ސަލާމަތްކުރުމުގެ ވާހަކައެވެ. އެމީހުން ގެންގުޅޭ ފޮތަކީ އަޞްލެއްވެސް ނޫނެވެ. މުސްލިމުންގެ ފޮތް، ޤުރްއާނަކީ އަޞްލެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅެވެ. ހިތާމައަކީ މުސްލިމުން މުސްލިމުންގެ ފޮތް، އިސްލާމް ދީން ޙިމާޔަތްކުރުމުގައި ފޭލްވަމުން އަންނަކަމެވެ. 

ޚުދު ދިވެހިރާއްޖޭގައިވެސް އިސްލާމް ދީން، ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ މަގުން ދަރިންނަށް އުނގަންނައިދޭން ހުރަސްތައް މިހާރު އެބަހުރިކަން އެއީ ކިތަންމެ ހިތި ނަމަވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. 

އެލްޖީބީޓީގެ ނަޖިސް ޢަމަލުތައް ފެތުރުމާއި ދެކޮޅަށް އެންމެ ގަދައަށް އަޑުއުފުލައި ޙަރަކާތްތެރިވާން ޖެހިފައިވަނީ މުސްލިމުންނަށެވެ. މި ނަޖިސް މުޑުދާރު ވަބާ ދިވެހި މުޖުތަމަޢުގައި ފަތުރަން ވެސް ހަމަ މިފަދަ ޙީލަތްތެރި ޕްރޮގްރާމްތައް ގެންދަނީ ހިންގަމުންނެވެ. އެކަންކަމާއި ދެކޮޅަށް ނުކުމެ ޢަމަލީ ގޮތުން ޙަރަކާތްތެރިވާން މިއަދު މިވަނީ މަޖުބޫރުވެފައެވެ. 

މިލިޔުން ހާމަމިކުރަނީ މިއަދުނޫހަށް އެންމެ ބޮޑަށް އެހީތެރިވެދެއްވާ ދީނީ ޢިލްމުވެރިންގެ އިރުޝާދު ލިބުމުންނެވެ. އެލްޖީބީޓީއަކީ މުސްލިމުންގެ އިތުރުން އެހެން ދީންތަކުގެ މީހުންވެސް ބަލައިގަންނަ ކަންކަން ނޫންކަމާއި އެހެންދީންތަކުގައިވެސް އެއީ ބޮޑު މުންކަރާތްކަން ހާމަކުރުމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް