އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ އަލިފާން ފަރުބަދައެއް ގޮވުމުން މުޅި ޔޫރަޕް ކަންބޮޑުވުމުގަ! ނަރަކައިގެ ބޮޑުމިން ކިތައް ދުނިޔެވަރުވާނެތަ؟ ހުޅުގަނޑުގެ ބޮޑުމިން ވަޒަންކޮށްލެވޭނެތަ؟

އެންމެ އަލިފާން ފަރުބަދައެއް ގޮވުމުން މުޅި ޔޫރަޕް ކަންބޮޑުވުމުގަ! ނަރަކައިގެ ބޮޑުމިން ކިތައް ދުނިޔެވަރުވާނެތަ؟ ހުޅުގަނޑުގެ ބޮޑުމިން ވަޒަންކޮށްލެވޭނެތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

އާދީއްތަ ދުވަހު ޔޫރަޕްގެ އަލިފާން ފަރުބަދައެއް ގޮވުމުން މުޅި ޔޫރަޕް ކަންބޮޑުވުމަކަށް އައިސްފައިވާއިރު ނަރަކައިގެ ސައިޒު މިފަދަ ކިތައް ދުނިޔެވަރުވާނެކަމާއި ނަރަކައިގެ ހުޅުގަނޑު ކިހާބޮޑުވާނެކަން އިންސާނުންގެ ހިތަށް ގެނެވޭނެ ނަމައެވެ. 

ތިމާމެންނަކީ ކިތަންމެ ތަންދޮރު ދަންނަ ބައެއްކަމަށް ހެދިގެން އުޅުނަސް މިކަންކަމަށް ވިސްނައިނުލެވޭ މީހާއަށް ލިބިފައިވާ ޢިލްމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ 

މިހާރު މިފެންނަނީ އެންމެ އަލިފާން ފަރުބަދައެއް ގޮވާތަނާއި އެއިން ނުކުންނަ އަލިފާންކޮޅެވެ. އެއިން ފައިބާ ކިސަޑެވެ. މުޅި ދުނިޔެ އެއްފަހަރާ ގޮވަން މިންވަރުކުރެއްވެވުމަށްވެސް ﷲ ތަޢާލާ ކުޅަދުންވަންތައެވެ. މީސްތަކުންގެ ތެރެއިން ގިނަ ބައަކު މިހައި މިންވަރަށް ﷲ ތަޢާލާއަށް އުރެދެމުންދާއިރުވެސް ސަލާމަތްކަންމަތީގައި މިތިބެވެނީ ﷲ ތަޢާލާގެ ދީލަތިވަންތަކަން ބޮޑުކަމުންނެވެ. 

ވިސްނާށެވެ! ފިކުރުކުރާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! ކަންބޮޑުވާންވީ އަލިފާން ފަރުބަދައެއް ގޮވުމަކުން ނޫނެވެ. ނަރަކައަށް ވަންނަން ޖެހިދާނެ ކަމަށެވެ. އަލިފާން ފަރުބަދައެއް ގޮވައިފިނަމަ ދުރަށް ގޮސް ސަލާމަތްކަން ހޯދިދާނެއެވެ. ނަރަކައަށް ވަންނަން ޖެހިއްޖެނަމަ ސަލާމަތްވާން ދެވޭނެ ތަނެއް ނެތެވެ. ޖެހޭނީ ހަމަ ނަރަކައަށް ވަންނާށެވެ. 

ގުޅުންހުރި ލިޔުން: (އަލިފާން ފަރުބަދަ ގޮވުން) 

https://www.mirror.co.uk/travel/europe/europes-most-active-volcano-erupts-30039895?utm_source=mirror_newsletter&utm_campaign=12at12_newsletter2&utm_medium=email

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް