އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު
ރާއްޖޭގެ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އަށް ބަނދެފައިވާ މޮނިޓަރިން އެންޑް ރިސާޗް އުޅަނދު ”ތިމާވެށި“ ބޯޓު ހިންދޫންގެ ދީނީ އަޅުކަމާއެކު އިފްތިތާޙުކޮށްފިއެވެ.
އިންޑިއާގައި ކުރިއަށްދިއަ މި ހަފްލާގައި ބޯޓު އިފްތިތާޙުކުރުމުގެ ގޮތުން ކާށްޓެއް ފެޅުމަށްފަހު އޭގެ ފެން އުޅަނދުގައި ޖެއްސުމަށްފަހު، ފެޅި ކާށީގެ ބައެއް އުލަނދުގައި ބާއްވާ މަންޒަރު ފެންްނަ ވީޑިއޯއެއް މިހާރު އަންނަނީ ދައުރުވަމުންނެވެ. މިއީ ހިންދޫ ދީނުގައި، ކަމެއް ފެށުމުގެ ކުރިން އަޅުކަމެއްގެ ގޮތުގައި ކުރާ ކަމެކެވެ. ކާށި ފެޅުމަށްފަހު އެ މީހުންވަނީ އެ މީހުންގެ ދީނީ ބައެއް އަންބާތައްގޮވައި ހަދާފައެވެ.
މިބޯޓު އިފްތިތާޙް ކޮށްފައިވަނީ ގޯއާގެ ޗީފް މިނިސްޓަރު ޑރ ޕްރޮމޯދު ސާވަންތެވެ.
މިބޯޓު ބަނުމުގެ ޕްރޮޖެކްޓް ބިޑް ކާމިޔާބުކޮށް އުޅަނދު ބަނދެފައި ވަނީ އިންޑިއާގެ ގޯއާގެ ވިޖޭ މެރިން ޝިޕްޔާޑްގައެވެ.
Advertisement
23 މެއި 2023