އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބިރުވެތިވާށެވެ! އެހެން މީހަކަށް އަނިޔާވެރިވުމަކީ ހަމައެކަނި ތައުބާވުމަކުން ފުހެވެން ނެތް މާބޮޑު ފާފައެކެވެ!: މުފްތީ މެންކް

ބިރުވެތިވާށެވެ! އެހެން މީހަކަށް އަނިޔާވެރިވުމަކީ ހަމައެކަނި ތައުބާވުމަކުން ފުހެވެން ނެތް މާބޮޑު ފާފައެކެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

ބައެއް ފާރުކޮޅުގައި ބޭހެއް އުނގުޅައިލުމުން ހިކި ފަސޭހަވެއެވެ. އަނެއްބައި ފާރުކޮޅުން ސަލާމަތް ނުވެވި ގުނަވަން ކަނޑާލަންވެސް ޖެހޭނޫންހެއްޔެވެ؟ މިދެއްކެނީ އެއަށްވުރެވެސް ނުބައިކަން މާބޮޑު ކަމެއްގެ ވާހަކައެވެ. ރަނގަޅަށް އަޑުއަހާށެވެ!

ﷲ ތައާލާ އާއި ތިބާ އާއި ދެމެދުގައިވާ ކޮންމެ ފާފައެއްވެސް ތައުބާވުމުން ފުއްސަވައި ދެއްވަވާނެތެވެ. އެއީ މަސްތުވުން، ފާހިޝް ޢަމަލުތައްކުރުން، އަދި ނަމާދު އެޅުންފަދަ ބޮޑެތި ފާފަތައް ކުރެވުން ކަމުގައިވީނަމަވެސްމެއެވެ.

ނަމަވެސް ﷲ ތަޢާލާ ބެހިވޮޑިނުގެން، ފުއްސަވައި ނުދެއްވަވާ ފާފަތަކެއް އެބަހުއްޓެވެ. އެއީ އެހެން މީހެއްގެ ޙައްޤަކަށް ނުވަތަ ޙައްޤުތަކަށް އަރައިގަތުމެވެ. އެފަދަ ކަމެއްކޮށްފިނަމަ އެދެވުނީ އެންމެ ނުރައްކާތެރި ޒޯނަށެވެ. (ސަރަހައްދަށެވެ) އެއީ ރަތް ސަރަހައްދެވެ. އެއިރުން ތިބާކުރި ފާފައަށް ﷲ ތައާލާ ޢަފޫކުރައްވަވާނީ އަނިޔާލިބުނު މީހާ ތިބާއަށް މާފުކުރުމުންނެވެ.

އެނގެން އޮތް އެންމެ ބޮޑުފާފައަކީ ޝިރުކުރުމެވެ. ޝިރުކުރި މީހާވެސް މަރުވުމުގެ ކުރިން ތައުބާވެއްޖެ ނަމަ އެމީހާގެ ތައުބާ ޤަބޫލުފުޅު ކުރައްވަވަތެވެ. އޭނާގެ ފާފަތައް ފުއްސަވައި ދެއްވަވަތެވެ. ނަމަވެސް މީހެއްގެ ޙައްޤަކަށް އަރައިގެންފި މީހާގެ ފާފަ ﷲ ތަޢާލާ ފުއްސަވައި ދެއްވަވާނީ އެމީހާ އެކަމަށް މާފުކުރުމުންނެވެ.

މީސްތަކުންނޭވެ! އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ އެއްކަމަކީ އެއްވެސް މީހަކަށް އަނިޔާވެރިވުމެވެ. ހިތްދަތިކުރުވުމެވެ. އެކަންކަން ކުރުމުން މާފުކުރުމަކީ ގިނަ މީހުންނަށް ކުރަން ފަސޭހަކަމަކަށް ނުވެއެވެ. ވީމާ މީހަކަށް އަނިޔާވެރިވެ ހިތްދަތިކުރުމުގެ އެއްވެސް ޢަމަލެއް ނުކުރާށެވެ. އެކަންވާނީ ހމަ އޭނާގެ ޙައްޤުތަކަށް އަރައިގަތުމެވެ.

އަނިޔާލިބެމުންގޮސް އަމިއްލައަށް މަރުވުމުގެ ވިސްނުން އަންނަ ހިސާބަށް ކަންކަން އެބަދެއެވެ. ނިކަންބުނެބަލާށެވެ. އެމިންވަރަށް މީހަކަށް އަނިޔާ ލިބުމުން ހިތުގެ އަޑިން އެއަނިޔާދިން މީހަކަށް މާފުކުރެވޭނީ ކާކަށް ހެއްޔެވެ؟ ނިކަން ބުނެބަލާށެވެ! އިސްލާމެއްގެ ގޮތުގައި، މުސްލިމެއްގެ ގޮތުގައި ހުރެގެން އެއްވެސް މީހަކު މިފަދަ އަނިޔާއެއް އެއްވެސް މީހަކަށް ދޭނެހެއްޔެވެ؟ އަހަރެން ޤަބޫލުކުރާ ގޮތުގައި ނުދޭނެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް