އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަތީ ޘާނަވީ ނިންމާ އިމްތިޙާނުތަކުގެ މަތީ އަރުތަވެރީންގެ އިނާމުގެ ޓައިޓަލް ޕާރޓްނަރަކަށް ދިރާގު!

މަތީ ޘާނަވީ ނިންމާ އިމްތިޙާނުތަކުގެ މަތީ އަރުތަވެރީންގެ އިނާމުގެ ޓައިޓަލް ޕާރޓްނަރަކަށް ދިރާގު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު

މަތީ ޘާނަވީ ނިންމާ އިމްތިޙާނުތަކުގެ މަތީ އަރުތަވެރީންގެ އިނާމު 2021-2022ގެ ޓައިޓަލް ޕާރޓްނަރަކަށް ވުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއިއެކު ދިރާގު ސޮއިކޮށްފިއެވެ. 

މިއީ 2021 އަދި 2022ވަނަ އަހަރުގެ މަތީ ޘާނަވީ ނިންމާ އިމްތިޙާނުތަށް ހަދާފައިވާ ދަރިވަރުންގެ ތެރެއިން ޤައުމީ ގަދަ ދިހައެއް ހާސިލްކޮށްފައިވާ ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ޤައުމީ އިނާމު ދިނުމުގެ ހަފްލާއެވެ. މިގޮތުން އޭލެވެލް އިމްތިހާނުގައި ގަދަ 10 ރޭންކިންގ ހާސިލްކުރި ދަރިވަރުންގެ އިތުރުން ވަކިވަކި މާއްދާތަކުން ދުނިޔޭގެ އެންމެ މަތީ ދަރަޖަ ހޯދާފައިވާ ދަރިވަރުންނަށާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އެވޯޑް ލިބޭ ދަރިވަރުންނަށްވެސްވެސް މި ހަފްލާގައި އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. 

"ޒުވާނުން ބާރުވެރިކުރުވުމަކީ ދިރާގުގެ ސީ.އެސް.އާރު ޕްރޮގްރާމްގެ މައިގަނޑު އެއް އަސާސީ ދާއިރާ. އެގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ގުޅިގެން މަތީ ޘާނަވީ ނިންމާ އިމްތިޙާނުތަކުގެ މަތީ އަރުތަވެރީންގެ އިނާމު 2021-2022 ގެ ޕާރޓްނަރަކަށްވެ، މިއަދުގެ ޒުވާނުންގެ ކާމިޔާބީތައް ފާހަގަކުރުމަކީ އަޅިގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް،" ދިރާގުގެ ޗީފް ކޮމަރޝަލް އޮފިސަރ، އަލީ ރިޔާޒް ވިދާޅުވިއެވެ. 

"ތަޢުލީމީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި މުޖުތަމައުގައި ޒުވާނުން ކުރިއެރުވުމަށް ދިރާގުން ދެއްވާ އެއްބާރުލުމާއި ހަރަކާތްތެރި ބައިވެރިވުމަށް ޝުކުރު އަދާކުރަން. އަދި މިފަދަ ހަރަކާތްތައް ބޭއްވުމުގައި އެކުންފުނިން އަބަދުވެސް ވެދެއްވާ އެހީތެރިކަންވެސް އުފަލާއެކު ފާހަގަކުރަން،" މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ، ނައުޝާދު އިބްރާހިމް ވިދާޅުވިއެވެ.    

މިއަހަރުގެ މަތީ ޘާނަވީ ނިންމާ އިމްތިޙާނުތަކުގެ މަތީ އަރުތަވެރީންގެ އިނާމު ދިނުމުގެ ހަފްލާ ބޭއްވުމަށް ހަމޖެހިފައިވަނީ 31 މެއި 2023 ގައި ދަރުބާރުގޭގައެވެ. 

ޑިޖިޓަލް މުސްތަގުބަލުގައި ރާއްޖޭގެ ޒުވާނުން ކުރިއެރުވުމަށް ޓަކައި ޒުވާނުން ބާރުވެރިކުރުވާ އިވެންޓްތަކާއި ޕްރޮޖެކްޓްތަކަށް ދިރާގުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު