އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިއޮންޓީ ނެޓްބޯލް އެކަޑަމީގެ މިއަހަރުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު!

ފިއޮންޓީ ނެޓްބޯލް އެކަޑަމީގެ މިއަހަރުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު

ފިއޮންޓީ ނެޓްބޯލް އެކަޑަމީގެ މިއަހަރުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ. މި އެކަޑަމީއަކީ 370 އަށް ވުރެ ގިނަ ކުޅުންތެރިންނާ އެކު ކުރިއަށް ގެންދާ ނެޓްބޯޅަ އެކަޑަމީއެކެވެ. 

މި ޕާޓްނަރޝިޕް މެދުވެރިކޮށް ދިރާގުން ފިއޮންޓީ ނެޓްބޯލް އެކަޑަމީއިން ކޮންމެ އަހަރަކު އިންތިޒާމްކޮށް ކުރިއަށްގެންދާ 'ނެޓްބޯލް ފިއެސްޓާ' ބޭއްވުމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން 12 އަހަރުން ދަށް އަދި 14 އަހަރުން ދަށުގެ ކުދިންގެ އިންޓަރ-ސްކޫލް ނެޓްބޯޅަ މުބާރާތްތައް ބޭއްވުމަށްވެސް އެ އެކަޑަމީއަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.  

"ފިއޮންޓީ ނެޓްބޯލް އެކަޑަމީގެ ޑިޖިޓަލް ޕާޓްނަރަކަށްވެ، ރާއްޖޭގައި ނެޓްބޯޅަ ކުރިއެރުވުމަށް އަމަލީގޮތުން އެއްބާރުލުންދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ އުންމީދަކީ މި ޕާޓްނަރޝިޕް މެދުވެރިކޮށް އައު ހުނަރުވެރި ނެޓްބޯޅަ ކުޅުންތެރިންތަކެއް އުފެދި، މި ކުޅިވަރު އިތުރަށް ކުރިއަރާދިޔުން،" ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވިއެވެ.

"މުޖުތަމައުގެ ކުޅިވަރު ކުރިއެރުވުމަށް ދިރާގުން އަބަދުވެސް ވެދެއްވާ އެހީތެރިކަމަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން. މި ޕާރޓްނަރޝިޕް މެދުވެރިކޮށް ޒުވާން ނެޓްބޯޅަ ކުޅުންތެރިންނަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދިޔުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އުންމީދެއް،" ފިއޮންޓީ ނެޓްބޯލް އެކަޑަމީގެ ފައުންޑަރ، އައިޝަތު ނާޒިމާ ވިދާޅުވިއެވެ.

ދިރާގުން ދަނީ ޒުވާނުން ބާރުވެރިކޮށް އަދި ކުޅިވަރާއި އިޖްތިމާޢީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދެމުންނެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު