އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަހުޒަމާން އައިސް ވަށާލައި ފިތުނަތައް ޢާންމުވިޔަސް ހިފަހައްޓައި ޘާބިތުވެ ތިބެން ރަސޫލް ޞޢޥ, ޙަދީޘްފުޅު ކުރެއްވެވި 2 ކަންތައް: ޑރ. ޔާސިރު ޤާޟީ

ފަހުޒަމާން އައިސް ވަށާލައި ފިތުނަތައް ޢާންމުވިޔަސް ހިފަހައްޓައި ޘާބިތުވެ ތިބެން ރަސޫލް ޞޢޥ, ޙަދީޘްފުޅު ކުރެއްވެވި 2 ކަންތައް: ޑރ. ޔާސިރު ޤާޟީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 35 ސިކުންތު

ފަހުޒަމާން އައިސް ވަށާލައި ފިތުނަތައް ޢާންމުވެގެން ދިއަ ނަމަވެސް ދެ ކަމެއްކައި ހިފަހައްޓައި ޘާބިތުވެ ތިބެން ރަސޫލް ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. އެއީ ﷲ ތަޢާލާއަށް ބިރުވެތިވެ އީމާންކަމުގައި ޘާބިތުވުމާއި ރިވެތި އަޚްލާޤްގެ މަތީގައި ޘާބިތުވެ ހުރުމެވެ. 

ރަސޫލް ﷺ މީގެ 1400 އަހަރުކުރިން އެ ޙަދީޘްފުޅު ކުރެއްވެވި ފަހުޒަމާން މިއަދު މިވަނީ އަހުރެމެންނާއި ބައްދަލުކޮށްފައެވެ. ފިތުނަތައް އަހުރެމެން ވަށާލައި ބާރަށް ފިއްތާލައިފިއެވެ. މުންކަރާތްތައް ޢާންމުވެ ކުރިން ސިއްރުން ދޮރުތައް ތަޅުލައިގެން ކުރަމުން އައި ކަންކަން މިއަދު ކުރަނީ މަގުމަތީގައެވެ. އެކަންކަން ކުރުމުން ކުރިން އަދަބުދިން ކަންކަން ކުރުމަކީ މިއަދު އެއްވެސް މައްސަލައަކަށް ނުވެއެވެ. 

ކުރިން ވެރިން މަނާކޮށް ހުއްޓުވަން މަސައްކަތްކުރި ކަންކަން ކުރަން މިއަދު ވެރިން ގެންދަނީ ހިތްވަރުދެމުންނެވެ. އެކަންކަން ވީހައި ފަސޭހައިން ކުރަން މަގުފަހިކޮށްދެމުންނެވެ. ވީމާ ޢާންމުވެފައިވާ ފިތުނަތައް ދެން ދާނީ އިތުރަށް ޢާންމުވަމުންނެވެ. އެހެނަސް ﷲ ތަޢާލާއަށް ބިރުވެތިވާ މުސްލިމުން އެކަންކަމާއި ދެކޮޅަށް ތެދުވެ އެމީހަކަށް ކުރެވެން އޮތް ކަމެއްކޮށް އެކަންކަން ހުއްޓުވަން މަސައްކަތްކުރަންވާނެއެވެ. ނޫންނަމަ ޢާންމުވެގެންވާ ކޯފާއެއް އެންމެންގެ މައްޗަށް ފޮނުއްވަވައިފާނެތެވެ. 

ކޮންމެއަކަސް ކޮންމެ މުސްލިމަކުވެސް މަސައްކަތްކުރަންވީ އެމީހެއްގެ އީމާންކަން ވަރުގަދަކޮށް އީމާންކަމުގައި ޘާބިތުވުމަށެވެ. އަދި އެމީހެއްގެ އަޚްލާޤް ރިވެތިކުރުމަށެވެ. އަޚްލާޤް ރިވެތިކުރުން ހިމެނިގެންވަނީވެސް އީމާންކަމުގެ ތެރެއިންނެވެ. 

އަޚްލާޤް ރިވެތިކުރުމަކީ ހަމައެކަނި މީސްތަކުންގެ ކުރިމަތީގައި ރަނގަޅުވުމެއް ނޫނެވެ. އެންމެ މުހިންމީ ތިމާއަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އަޚްލާޤް ރިވެތި މީހަކަށްވުމެވެ. އެކަން ޙާޞިލްކުރެވޭނީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރެވުނު ވަރަކުންނެވެ. 

މިބަޔާންކުރީ ވަރަށް ދިގު ޙަދީޘްފުޅެއްގެ ކުޑަކުޑަ މިންވަރެކެވެ. މިބަޔާންކުރި މިންވަރަށް ޢަމަލުކުރި މީހަކުވެސް އެވަނީ ކާމިޔާބުކޮށްފައެވެ. ފަހުޒަމާންކަމަށް ބުނެ އީމާންކަން ދޫކޮށްލައި ﷲ ތަޢާލާއަށް ނުކިޔަމަންތެރިވުމެއް ނެތެވެ. އަހުރެމެންނަށް އޮތީ އެންމެ ހެޔޮލަފާ، ރަނގަޅު މަރަކުން ނޫނީ މަރިނުވަން މަސައްކަތްކުރުމެވެ. އެކަން ޙާޞިލުކުރެވިގެން ނޫނީ އާޚިރަތެއް ނުލިބޭނެއެވެ. 

ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅެއްގެ ގޮތުގައި މަރުވުމަށް ގަދައަޅައި މަސައްކަތްކުރަމުން ގެންދާށެވެ. އެކަމަށް ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދޭށެވެ. އެކަމަށް އެދި ގިނަގިނައިން ދުޢާކުރާށެވެ. 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް