އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީހަކު ދެކެ ކިތަންމެ ލޯބިވި ނަމަވެސް، ރުޅި އައި ނަމަވެސް ޙައްޤު ނޫން ބަހެއް ބުނުމަކީ ޒިންމާ އުފުލަންޖެހޭނެ ބޮޑުފާފައެއް- ބިރުވެތިވޭ!

މީހަކު ދެކެ ކިތަންމެ ލޯބިވި ނަމަވެސް، ރުޅި އައި ނަމަވެސް ޙައްޤު ނޫން ބަހެއް ބުނުމަކީ ޒިންމާ އުފުލަންޖެހޭނެ ބޮޑުފާފައެއް- ބިރުވެތިވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 4 ސިކުންތު

"ތިމާގެ ދުލުހުން ޙައްޤު ބަހެއް ނޫނީ ނުބުނާށެވެ! މީހަކު ދެކެ ކިތަންމެ ލޯބިވި ނަމަވެސް، އަދި ރުޅި އައި ނަމަވެސް ހައްޤުމަގުން (ތިމާ) އެއްކިބާކުރާ ކަމެއް ކަމުގައި ނުހަދާށެވެ."

މިއީ ޢިލްމްވެރިއަކު ވިދާޅުވެފައިވާ ވަރަށް ފުރިހަމަ ނަޞޭޙަތުގެ ބަސްކޮޅެކެވެ.

ﷲ ގެ މިވަޙީބަސްފުޅަށް ބަލާށެވެ!

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުން ﷲ އަށްޓަކައި އެކަލާނގެ ޙައްޤުތައް ފުރިހަމައަށް ޤާއިމުކުރާ، އަދުލަށް ހެކިދޭ ބައަކު ކަމުގައިވާށެވެ! އަދި ބައަކު މީހުން ދެކެ ތިއަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިއަ ބައިމީހުން އަދުލުވެރި ނުވުމުގެ މައްޗަށް ބާރުއަޅާ ކަމެއް ކަމުގައި ނުހަދާށެވެ! ތިއަ ބައިމީހުން ޢަދުލުވެރިވާށެވެ! އެ ގޮތް ތަޤްވާވެރިކަމާއި ގާތްކަން ބޮޑެވެ. އަދި ތިއަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން ﷲ އީ، ތިއަބައި މީހުން ކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ އިލާހްއެވެ.!" (އަލްމާއިދަތު: 8

ސޯޝަލް މީޑިއާގައި ގިނަ ބައަކު ފޮރުވި ތިބެ އެމީހުން ނުރުހޭ މީހުންގެ މައްޗަށް ޙައްޤު ނޫން ބަސްތައް ބުނެ ބޮޑެތި އިލްޒާމްތައް ގެންދަނީ އަޅުވަމުންނެވެ. އަދި ތިމާ ނުރުހޭ މީހުންނާއިމެދު ކަނޑައެޅިގެން ދޮގު މައުލޫމާތުތައް ވެސް ގެންދަނީ ފަތުރަމުންނެވެ.

މިއާޔަތުގައި ވެސް "ހަމަކަށަވަރުން ﷲ އީ، ތިއަބައި މީހުން ކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ އިލާހްއެވެ.!" އޮތުމުން ފޭކް އައިޑީތަކުގައި ބަސްތައް ބުނި ނަމަވެސް އެކަން ﷲ ތަޢާލާ ދެނެވޮޑިގެންވާ ކަމާއި އެކަމުގެ ޒިންމާ އުފުލަންޖެހޭނެކަމުގެ ހެއްކަކަށް ފުދެއެވެ.

މީހަކާއިމެދު ފަތުރާ ކޮންމެ ވާހަކައަކީ އެމީހަކާއިމެދު ދެވޭ ހެއްކެކެވެ. އެހެންކަމުން މި އާޔަތުގައިވާ "ތިއަބައިމީހުން ﷲ އަށްޓަކައި އެކަލާނގެ ޙައްޤުތައް ފުރިހަމައަށް ޤާއިމުކުރާ، އަދުލަށް ހެކިދޭ ބައަކު ކަމުގައިވާށެވެ! އަދި ބައަކު މީހުން ދެކެ ތިއަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިއަ ބައިމީހުން އަދުލުވެރި ނުވުމުގެ މައްޗަށް ބާރުއަޅާ ކަމެއް ކަމުގައި ނުހެދުމަށް" އޮތް ބަސްފުޅަށް ކިޔަމަންވުމަކީ ހަމަ ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމެކެވެ.

ދިރިއުޅުމުގައި ވަރަށް ތަފާތު ކަންކަން ކުރިމަތިވާނެއެވެ. ކިތަންމެ ގާތް އެކުވެރިއަކާއިވެސް ރުޅިވާން ޖެހިދާނެއެވެ. މީހަކު ތިބާގެ އަނބިމީހާ ނުވަތަ ފިރިމީހާ ޖަހައިވެސް ގަނެފާނެއެވެ. އެ ޙާލަތުގައި އަނިބިމީހާ/ފިރިީހާ އަދި އެކަންކުރި މީހާދެކެ އިންތިހާއަށް ރުޅިވެސް އާދެވެއެވެ. އެ ހާލަތުގައިވެސް ތިމާގެ ދުލުން ޙައްޤު ނޫން ބަހެއް ބުނެފިނަމަ އެކަން ތިބާ އާއި އަރައިހަމަކުރާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް