އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދަށް ދިއުމުންނާ ކުރީ ސަފުން ޖާގަހޯދާ މީހުންނަށް ވަޤުތުން ފައިސާގެ އިނާމު ދޭން ބުނެފިނަމަވެސް މިސްކިތަށް އަރާނީ ލަހުންހެއްޔެވެ؟

ނަމާދަށް ދިއުމުންނާ ކުރީ ސަފުން ޖާގަހޯދާ މީހުންނަށް ވަޤުތުން ފައިސާގެ އިނާމު ދޭން ބުނެފިނަމަވެސް މިސްކިތަށް އަރާނީ ލަހުންހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

ނަމާދުގެ ކުރީސަފަށް އަރައިފިނަމަ 1000 ރިޔާލަ، ދެވަނަ ސަފަށް އަރައިފިނަމަ 800 ރިޔާލަ ތިންވަނަ ސަފަށް އަރައިފިނަމަ 600 ރިޔާލް ދޭނެ ކަމަށް މީހަކު ނިކަން ބުނެބަލާށެވެ! މިސްކިތަށް ޖަމާއަތަށް ނަމާދަށް އަރާ ކޮންމެ މީހަކަށް 500 ރިޔާލް ދޭނެ ކަމަށް ނިކަން ބުނެބަލާށެވެ. އެންމެ ކުރީ ސަފު ހޯދަން ތަޅައިފޮޅައިވެސް ގަންނާނެއެވެ. މިސްކިތް ފުރި ތޮއްޖެހޭނެއެވެ.

ކުރީ ސަފުން ޖާގަހޯދާ މީހުންނަށް މަލާއިކަތްބޭކަލުން ދުޢާ ލިބޭނެކަމަށް އޮތުމުން އެކަން ކަމަކަށް ނުވަނީއެވެ. ﷲ ތަޢާލާގެ ޙަމްރަތުގައި ހުއްޓި ހުންނައިރު އެންމެ ކުރީސަފުގައި ހުރުމުން ދެއްވަވާނެ ރަހްމަތަށް ބޭނުން ކުޑަވަނީއެވެ. އެއީ މިބުނި ފަދަ ގޮތަކަށް އަތަށް ވަޤުތުން ފައިސާ ނުލިބޭތީ ކަމަށްވެދާނެއެވެ!

ބައެއް މީހުންނަށް މިސްކިތަށް އެރެނީ އިމާ މީހާ ނަމާދުފަށަން ތެދުވެތެދުވެ ހުއްޓައެވެ. ތެޅެމުން ފޮޅެމުން ދުއްވައިގަނެވޭތަނާ ހަނދާންވަނީ ކުރީ ސަފުގެ މާތްކަމެވެ. އެކަން ހަނދާންވުމުން ސަފުތައް ފޫއަޅުވަމުން ސުންނަތްކުރަންތިބޭ މީހުންގެ ކުރިކަނޑަމުންގޮސް ކުރީ ސަފުން އެބަ ޖާގަހޯދައެވެ.

މީސްތަކުންނޭވެ! ކުރީ ސަފުން ޖާގަ އެދޭނަމަ ކުރިއާލައި މިސްކިތަށް އަރާށެވެ! އަރައި ހުސްކޮށް ހުރި އެމީހަކު އެންމެ ބޭނުންތަނުގައި އެމީހަކު އިށީންނާށެވެ! އެކަމުގެ ދަރުމަ ލިބިގެންދާނީ އެއިރުންނެވެ.

ޙަދީޘްފުޅުގައި އޮތީ ކުރީ ސަފުގެ ފައިދާ އެނގޭނަމަ މީސްތްކުން ޖާގައަށް ދަހިވެތިވެ ވާދަކުރާވަރުން ގުރުވަތުލާނެ ކަމަށެވެ.

The Prophet ﷺ said,

“If the people knew what [great blessings were] in the call to Prayer and in the first row, the people would compete with one another to call the Adhaan and to be in the first row, and if they found no way to decide [who would be allowed to make the call to Prayer or to be in the first row] except by drawing lots, then they would draw lots.”

(Bukhaari, Muslim)

ނަމަވެސް އެކަމަށް ﷲ ތަޢާލާ ގިނަ ގުނަ ސަވާބު ދެއްވަވާނެ ކަމަށް އަންގަވާފައިވުމުން އަދި ނަރަކައިން ސަލާމަތްވެވި ސުވަރުގެ ލިބޭނީ ނަމާދުކޮށްގެން ކަމަށް އަންގަވާފައި އޮތުމުން އެކަމަށް ސަމާލުކަން އެބަ ދެވޭ ހެއްޔެވެ؟ އެމީހަކަށް ސަމާލުކަން ދެވޭ ވަރާއިމެދު އެމީހަކު އަމިއްލައަށް ވިސްނައިލާށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް